Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެއިންގެ ގައުމީ ޓީމް

ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމަކީ ލިބޭ ފަހުރެއް: ޕީކޭ

ސްޕެއިންގެ ގައުމީ ޓީމަށް ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރިކަމަށް ޕީކޭ ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 11:07
ޖެރާޑް ޕީކޭ

ޖެރާޑް ޕީކޭ

ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ޖެރާޑް ޕީކޭ ބުނެފިއެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި އޮކްޓޯބަރު މަހު އަލްބޭނިއާ އަދި އިސްރާއިލްއާ ދެކޮޅަށް ސްޕެއިންއިން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން އުމުރުން 30 އަހަރުގެ ޕީކޭއަށް ފުރުސަތު ދީފައިވާއިރު އޭނާއަކީ ސްޕެއިންގެ ކެޓަލޯނިއާއަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. އަދި ކެޓަލޯނިއާއިން މިނިވަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއިދުކޮށް މީޑިއާގައި ވާހަކަ ދެއްކުމާ ގުޅިގެން ޕީކޭއާ ދެކޮޅަށް ސްޕެއިންގެ ގައުމީ ޓީމުގެ ސަޕޯޓަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެހެނަސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިޔަސް ޕީކޭ ބުނެފައި ވަނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކޮންމެފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުރި ކަމަށެވެ. އަދި އަންނަ މަހު އަލްބޭނިއާ އާއި އިސްރާއިލްއާ ދެކޮޅަށް ކުޅޭ މެޗުތައް ކާމިޔާބުކޮށް ވޯލްޑްކަޕުން ޖާގަ ކަށަވަރު ކުރަން ބޭނުން ކަމަށާއި ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބުމުން އަންގައިދެނީ އޭނާ ގައުމީ ޓީމުގައި ދައްކާ ކުޅުމާ މެދު ކޯޗުގެ ފުރިހަމަ އިތުބާރާއި ހިތްހަމަޖެހުން އޮތުން ކަމަށް ވެސް ޕީކޭ ބުނެފައިވެއެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ޖޫލިއަން ލޮޕްޓެގީވެސް ވަނީ ޕީކޭއާ ނުލާ ސްޕެއިންގެ ގައުމީ ޓީމު ފުރިހަމަ ނުވާނެ ކަމަށާއި އޭނާއަކީ އަބަދުވެސް ދަނޑުމަތީގައި އެންމެ އިތުބާރު ކުރެވޭ ކުޅުން ދައްކާ ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ. އެހެނަސް ޕީކޭ ކެޓަލޯނިއާގެ މިނިވަންކަމާ ގުޅޭގޮތުން ކުރިން ޓްވީޓްއަށް ލޮޕްޓެގީ އެއްވެސް ބަހެއް ބުނެފައެއްނުވެއެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 91 މެޗު ކުޅެދީފައިވާ ޕީކޭއަކީ ކެޓަލޯނިއާއަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. ސްޕެއިންގެ ސަރުކާރުން ފުރިހަމަ މިނިވަންކަން ހޯދުމަށް ކެޓަލޯނިއާގައި ވޯޓު ނަގަން ހަމަޖެހިފައިވާއިރު ޕީކޭ ވަނީ މިކަމަށް ތާއިދުކޮށް ޓްވީޓެއް ކޮށްފައެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް އޮންނަން ޖެހޭނެ ހައްގެއް ކަމަށާއި އަދި ސްޕެއިންގެ މައި ސަރުކާރުން މި ވޯޓަށް ހުރަސް ނޭޅުމަށް ޕީކޭ ވަނީ ގޮވާލާފައެވެ.

ޕީކޭއަކީ އޭނާ ސޯޝަލް މީޑީއާގައި ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުޅުންތެރިޔަކަށްވާއިރު އޭނާ އަންނަނީ 2009 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ ޑިފެންސްގައި މުހިންމު ރޯލެއް އަދާކުރަމުންނެވެ. އޭނާވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު