Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދޫއަށް ބިދޭސީން އެތެރެވުން

އިހަވަންދޫ އަށް ބިދޭސީން އެތެރެ ކުރުމަށް އަމަލު ކުރާނެ ގޮތުގެ ޚާއްސަ އުސޫލެއް އެކުލަވާލައިފި

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:00

ކައުންސިލްގެ ހުއްދައާ ނުލާ ބިދޭސީން ރަށަށް ނޭރުވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:00
ހއ. އިހަވަންދޫ، ހުރިހާ ފަރާތްތަކުން ވެސް އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ކައުންސިލުން އެދިފައިވޭ

ހއ. އިހަވަންދޫ، ހުރިހާ ފަރާތްތަކުން ވެސް އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ކައުންސިލުން އެދިފައިވޭ

ހއ. އިހަވަންދޫއަށް ބިދޭސީން އެތެރެ ކުރުމަށް އަމަލު ކުރާނެ ގޮތުގެ ޚާއްސަ އުސޫލެއް އެކުލަވާލައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ ރަށުގެ އިޖުތިމާއީ ހަމަޖެހުން ހިފެހެއްޓުމަށާއި އިގުތިސާދީ ފުއްދުންތެރިކަން ގާއިމު ކުރުމަށާއި އާއްމު އިޖުތިމާއީ މައްސަލަތައް ކުޑަކުރުމަށް، ރަށުގެ ވެއްޓަކީ ބެލެހެއްޓެނިވި ތަނެއްގެ ގޮތުގައި ހެދުމަކީ މުހިއްމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށް ފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ރަށުގެ އާއްމު މަސްލަހަތާއި ގުޅުން ހުރި މައްސަލަތަކަށް އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމަށް ބިދޭސީން ރަށަށް އެތެރެ ކުރުމާއި އަދި ރަށުގައި ގެންގުޅޭ ބިދޭސީންނާއި މެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމާއި ޚިލާފުވާ ފަރާތްތަށް، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމާއި ގުޅޭ ޤާނޫނު" ގެ 143 ވަނަ މާއްދާގެ ދަށުން ކައުންސިލުން ކުރި އަމުރަކާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅާ ޖޫރިމަނާ ކުރުމަށް ކައުންސިލްގެ 03 ވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާ އިން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ރަށަށް ބިދޭސީން އެތެރެ ކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހު ނޫނީ ރަށަށް ބިދޭސީން އެތެރެ ނުކުރެވޭނެ ކަމަށާއި، ބިދޭސީން ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއިން ލިބޭނެ ކަމަށެވެ. ކައުންސިލްގެ ހުއްދަނެތި ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ އުޅަނދުފަހަރުގެ ވެރިފަރާތް އަދި ކެޕްޓަން އުސޫލުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބިދޭސީން ރަށުގައި އުޅުމުގެ ހުއްދަ ދެވިފައިވާކަން އަންގާދޭ ކާޑެއް ހައްދަން ޖެހޭކަން ފާހަގަކޮށް ކައުންސިލުން ބުނީ ރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ކާޑު ހެއްދުމަށް ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރުމުން ކާޑު ލިބޭނެ ކަމަށެވެ. އަދި މިކާޑަކީ ކޮންމެ 6 މަހަކުން މުއްދަތު ހަމަވާ ގޮތަށް ހައްދައިދޭ ކާޑެއް ކަމަށާއި، މިކާޑު ހެއްދުމުގެ ފީއެއްގެ ގޮތުގައި 150 ރުފިޔާ ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާއި އަދި ގަވާއިދާ ޚިލާފަށް ރަށަށް އައިސްފައިވާ ބިދޭސީން ދެނެގަނެ އެ ފަރާތްތަށް ފޮނުވާލުމުގެ މަސައްކަތް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ.

ކައުންސިލުން ބުނީ އުސޫލާ ހިލާފުވާނަމަ އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނަމަ -/1000 ރުފިޔާއިން، ދެވަނަ ފަހަރަށް ނަމަ -/2500 ރުފިޔާއިން އަދި ތިންވަނަ ފަހަރަށް ނުވަތަ އިތުރުވާ ކޮންމެ ފަހަރަކު -/5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ސެޕްޓެމްބަރު 06 ވާ އާދިއްތަ ދުވަހުން ފެށިގެން މި އުސޫލާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް