Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

"ފަލަވެލާ ކޮންމެ ފަހަރަކު އެންމެން އަހަރެން މާބަނޑު މީހަކަށް ހަދާ"

މިދެތަރިން ކައިވެނި ކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:39
ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ

ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ

ބޮލީވުޑްގެ ބަލަތާ އަދި މޮޑެލް ބިޕާޝާ ބާސޫ ބަލިވެެއިން ކަމަށް ފެތުރެމުންދާ އަޑު ތަކަކީ ވަރަށް ބޮލަށް އުނދަގޫ ކުރަނިވި ވާހަކަތަކެއް ކަމަށް އޭނާ ބުނެފިއެވެ.

އެކްޓަރ ކަރަން ސިންގް ގްރޯވާ އާ ކައިވެނިކޮށް އެ ކައިވެންޏަށް ހަތަރު އަހަރު ވެފައިވާއިރު މީގެ ކުރިން ވެސް ވަނީ ބިޕާޝާގެ މާބަނޑު ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައެވެ.

ޕިންކް ވިލާއަށް ދިން އިންޓަވިއު އެއްގައި ބިޕާޝާ ބުނެފައިވަނީ ކޮންމެ ފަހަރަކު ވެސް އޭނާ ކުޑަކޮށް ފަލަވެލާ އިރަށް އެންމެން އޭނާ މާބަނޑު ކަމަށް ހަދައިގެން ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި އެއީ އޭނާއަށް ވަރަށް ބޮލަށް އުންދަގޫވާ އަޑުތަކެއް ކަމަށް ވަނީ ބުނެފައެވެ.

އެފަދަ ވާހަކަތަކުން އެންމެ ބޮޑު ނުތަނަވަސް ކަމެއް އަންނަނީ އޭނާ އަށް ކަމަށް ބިޕާޝާ ވަނީ ބުނެފައެވެ.

ދަރިއަކު ހޯދުމާއި ގުޅޭ ގޮތުން ބިޕާޝާ ބުނެފައިވަނީ ދަރިއަކު ދެއްވަން ވަގުތު ޖެހުމުން ދެއްވާނެ ކަމަށެވެ. އަދި އަމިއްލަ ދަރިއަކު ނުލިބުނަސް އެންމެ ރަނގަޅު ކަމަށާއި ކުދިން އެޑޮޕްޓް ކުރުމަށް ވެސް އޭނާ އާއި ކަރަން ވިސްނަމުންދާ ކަމަށެވެ.

އިންޑިއާގައި އަޅާލާނެ މީހަކު ނެތި ހުރިހާ ޚިދުމަތް ތަކުން މަހުރޫމުވެފައި ތިބި އެތައް ކުދިންނެއް ދިރިއުޅެމުންދާ ކަމަށާއި އެ ކުދިންނަށް އަޅާލުން ދެވޭނެ ކަމަށް ވަނީ ބުނެފައެވެ. މުސްތަގުބަލުގައި ކަންތައް ވަމުންދާ ގޮތް ބަލަން ތިބޭނެ ކަމަށް ވަނީ ބުނެފައެވެ.

ބިޕާޝާ އާއި ކަރަން އެކުގައި ދާދިފަހުން ވަނީ ވެބްސީރީޒް "ޑޭންޖަރަސް" އިން ފެނިގެން ގޮސްފައެވެ. މަސައްކަތް ކުރެވެން އޮތް ހުރިހާ ޕްރޮޖެކްޓެއްގައި ވެސް ބިޕާޝާ އާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެެވެ. ބިޕާޝާ އަކީ ކުޅަދާނަ ތަރިއެއް ކަމަށާއި އެކުގައި މަސައްކަތް ކުރާނަމަ އެކުގައި ގިނަ ވަގުތު ހޭދަ ކުރެވޭނެ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ބުނެފައިވަނީ ދެމީހުން ވެސް އަމިއްލަ މަސައްކަތް ތަކުގައި ބުރަކޮށް އުޅެން ޖެހުމުން އެކުގައި ވަގުތު ހޭދަ ނުކުރެވޭ ކަމަށެވެ. އެހެންކަމުން ގިނަ ވަގުތު ބިޕާޝާ އާ އެކު ހޭދަ ކުރަން ބޭނުންވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

10 ޖުލައި 2017
ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

31 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

17 މެއި 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު