Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަޝިޔާ އާއި ރާއްޖެ ދަތުރު

ރަޝިޔާ އާއި ރާއްޖެ އާ ދެމެދު ދަތުރުތައް ފަށަނީ

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 09:03

ކޮވިޑް-19 އާ ގުޅިގެން ރަޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާރޗް މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 09:03
ރަޝިޔާގެ ގައުމީ އެއަރލައިން

ރަޝިޔާގެ ގައުމީ އެއަރލައިން

ރަޝިޔާ އާއި ރާއްޖެ އާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ރަޝިޔަން ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ރަޝިޔާގެ ބޮޑު ވަޒީރު މިޝައިލް މިޝްހުޝްޓިން އަލުން ދަތުރުތައް ފެށުމަށް ނިންމަވާފައިވަނީ މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އަދި ރާއްޖެ އަށެވެ. އެގޮތުން ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މިސްރަށް ތިން ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޔޫއޭއީއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ފްލައިޓެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން ރަޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މާރޗް މަހުގެ ފަހުކޮޅެވެ. އޮގަސްޓް މަހުގެ 1 ން ފެށިގެން އިނގިރޭސިވިލާތާއި ޓެންޒޭނިއާ އަދި ތުރުކީ އަށް ދަތުރުކުރަމުންދާއިރު އޮގަސްޓް މަހުގެ 15ން ފެށިގެން ސްވިޒެލެންޑާއި ރަޝިޔާ އާ ދެމެދުވެސް އަންނަނީ ދަތުރުކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެފަހުން މިހާތަނަށް އައިއިރު ރާއްޖެ އައިސްފައިވަނީ 9000 (ނުވަ ހާސް) ފަތުރުވެރިންނެވެ.

ރަޝިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށްވާއިރު ފްލައިޓުތައް އަލުން ފެށުމަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ އެވެ.

އަނެއްކޮޅުން ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދިޔުމާއެކު ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެ އެވެ.

ބޯޑަރާއެކު ގިނަ ރިސޯޓުތަކުގައި މިހާރު އޮޕަރޭޝަންތައް އަލުން ފަށާފައިވާއިރު، އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް ވެސް އަލުން ހުޅުވާލާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ބަލި އެންމެ ބޮޑަށް ފެތުރޭ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަދި ނުހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ މިއަހަރުގެ ޑިސެމްބަރު މަސް ވާންވާއިރަށް އެންމެ ދަށްވެގެން 120،000 ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނާނެކަމަށް ބެލެވޭކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް