Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ އެޕް ބޭނުންކުރުން މަނާކުރުން

ޕަބްޖީ ހިމެނޭ ގޮތަށް ޗައިނާގެ 118 މޯބައިލް އެޕެއް އިންޑިޔާގައި ބޭނުން ކުރުން މަނާކޮށްފި

2 ސެޕްޓެމްބަރު 2020 | ބުދަ 17:19

ޖޫން މަހު އިންޑިޔާއިން ޗައިނާގެ 59 މޯބައިލް އެޕެއް ބޭނުންކުރުން މަނާކުރި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2020 | ބުދަ 17:19
ޕަބްޖީ ހިމެނޭ ގޮތަށް އިންޑިޔާއިން ވަނީ ޗައިނާގެ އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފައި

ޕަބްޖީ ހިމެނޭ ގޮތަށް އިންޑިޔާއިން ވަނީ ޗައިނާގެ އެޕްލިކޭޝަން ބޭނުންކުރުން މަނާކޮށްފައި

މަޝްހޫރު ވީޑިއޯ ގޭމް ޕަބްޖީ ހިމެނޭ ގޮތަށް ޗައިނާގެ 118 މޯބައިލް އެޕްލިކޭޝަނެއް އިންޑިޔާގައި ބޭނުން ކުރުން މަނާކޮށްފިއެވެ.

ޤައުމީ ސަލާމަތަށް ނުރައްކާ ވާކަމަށް ބުނެ އިންޑިޔާ އިން ޗައިނާގެ މޯބައިލް އެޕްލިކޭޝަންތަކެއް އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފައިވާއިރު މީގެކުރިން ވެސް އިންޑިޔާއިން ވަނީ ޗައިނާގެ މޯބައިލް އެޕްތަކެއް އެ ގައުމުގައި ބޭނުން ކުރުން މަނާކޮށްފައެވެ. ޖޫން މަހު އިންޑިޔާ އިން ޗައިނާގެ 59 މޯބައިލް އެޕެއް ބޭނުން ކުރުން މަނާކުރިއިރު އޭގެތެރޭގައި އިންޑިޔާގެ ގިނަ ބަޔަކު ބޭނުން ކުރަމުންދިޔަ ޓިކްޓޮކް ވެސް ހިމެނެއެވެ.

އިންޑިޔާއިން ޗައިނާގެ މޯބައިލް އެޕް އެ ގައުމުގައި ބޭނުން ކުރުން މަނާކުރަމުން މިދަނީ ބޯޑަރުގެ މައްސަލާގައި ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން ވެރިވަމުން އަންނަ ދުވަސްވަރެއްގައެވެ.

ހިމާލިޔަން ބޯޑަރުގެ މައްސަލާގައި ދެ ގައުމުގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް ދެ ގައުމުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހު އިންޑިޔާ ސިފައިންގެ 20 މީހަކު ވަނީ އެ ސަރަހައްދުގައި މަރުވެފައެވެ. އަދި ދާދިފަހުން ވެސް އިންޑިއަން ސްޕެޝަލް ފޯސެސް މެމްބަރުންގެ ތެރެއިން ބަޔަކު ވަނީ މަރުވެފައެވެ. ޗައިނާގެ އަސްކަރިއްޔާގެ ބަޔަކު މަރުވެފައިވާއިރު އެއީ ކިހާ އަދަދެއްގެ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޕަބްޖީ އަކީ ދެކުނު ކޮރެއާއިން އުފައްދާފައިވާ ވީޑިއޯ ގޭމެއް ނަމަވެސް އޭގެ މޯބައިލް އެޕްލިކޭޝަން އުފައްދާފައިވަނީ ޓެންސެންޓުންނެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮރމޭޝަން ޓެކްނޮލޮޖީން ބުނެފައިވަނީ މި ފިޔަވަޅިތަކަކީ އިންޑިޔާގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން މި އެޕްލިކޭޝަންތަކުން އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ މައުލޫމާތު ވަގަށް ނަގަމުންދާ ކަމަށް އިންޑިޔާ އިން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޖޫން 2017

ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

14 ޖޫން 2017
ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
17 އެޕްރީލު 2017

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް