Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެސްޓްހައުސް ވިޔަފާރިތައް ފެށުން

ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށޭނީ ކައުންސިލުން އެކަމަށް އެއްބަސްވެގެން: މިނިސްޓްރީ

ހުއްދަތައް ދޫކުރާނީ ރަށްރަށުގެ ކައުންސިލްތަކާއި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2020 | ބުދަ 12:05
މިވަގުތު ގެސްޓްހައުސްތައް ހުޅުވާލާނީ ގްރޭޓަރ މާލޭ އޭރިއާ ސަރަޙައްދު ފިޔަވައި އެހެނިހެން ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތައް ހުޅުވުމަށް

މިވަގުތު ގެސްޓްހައުސްތައް ހުޅުވާލާނީ ގްރޭޓަރ މާލޭ އޭރިއާ ސަރަޙައްދު ފިޔަވައި އެހެނިހެން ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތައް ހުޅުވުމަށް

ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށޭނީ ކައުންސިލުން އެކަމަށް އެއްބަސްވެގެން ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނެފިއެވެ.

ބުދަ ދުވަހު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރި އަކީ ފަތުުރުވެރިކަމުގެ ސިނާއަތުގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށާއި، އެހެން ނަމަވެސް، އޮކްޓޯބަރ 15 ގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަކީ ވެސް ބޮޑު "ޗެލެންޖެއް" ކަމަށެވެ. އަދި މިވަގުތު ގެސްޓްހައުސްތައް ހުޅުވާލާނީ ގްރޭޓަރ މާލޭ އޭރިއާ ސަރަޙައްދު ފިޔަވައި އެހެނިހެން ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތައް ހުޅުވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޙާލަތު ރަނގަޅުވަމުންދާނަމަ، ފިޔަވަޅުތަކަށް ލުއި ދެއްވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަލުން ގެސްޓްހައުސް ހުޅުވާލުމަށް ނިންމާފައިވަނީ ގިނަ ޝަރުތުތަކާއެކު ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެކު އަލުން ވިޔަފާރިތައް ހުޅުވާލާއިރު، މުޅި ދުނިޔެއިން ވެސް ނަމޫނާ ނަގާނެ ގޮތަކަށް މި ކަން ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު، ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަމާއި، އެ ގެސްޓްހައުސްއަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ.

އެކަމުގެ ތަފްސީލުތައް ހިއްސާ ކުރައްވައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްއަދު ރިޒާ ވިދާޅުވީ، އެ ރަށެއްގައި ގެސްޓްހައުސް ވިޔަފާރި ފެށޭނީ ކައުންސިލުން އެކަމަށް އެއްބަސްވެގެން ކަމަށެވެ. އަދި ރައްޔިތުންނާ މަޝްވަރާކޮށް ކައުންސިލުން މިނިސްޓްރީއަށް އެކަން ލިއުމުން އަންގަން ޖެހޭނެ ކަަމަށް އަސްއަދު ވިދާޅުވިއެވެ.

އަސްއަދު އިތުރަށް ވިދާޅުވީ، ގެސްޓްހައުސް ހުޅުވާ ރަށްރަށުގައިވެސް އައިސޮލޭޝަން އަދި ކަރަންޓީން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތްކަން ކައުންސިލުން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އަދި ރަށްރަށުގެ ޓާސްކްފޯސް އިތުރަށް ވަރުގަދަކޮށް، ޓާސްކްފޯސްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަލާމަތްތައް ހުންނަ މީހުންގެ ސާމްޕަލްތައް ނެގުމާއި، އެކަންކަމަށް ބޭނުންވާ ވަސީލަތްތައް ހުރިކަންވެސް އެ ރަށެއްގެ ކައުންސިލުން ކަށަވަރު ކުރަން ޖެހެއެވެ.

އޭގެ އިތުރުން، ގެސްޓްހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، ގެސްޓްހައުސްގައި ހުއްޓައި މީހަކު "ސިމްޕްޓޮމެޓިކް" ވެއްޖެނަމަ އޭނާ އެކަހެރި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގެސްޓްހައުސް ވިޔަފާރިތަކުގައި މަސައްކަތްކުރާ ސްޓާފުންނާއި، ތަނުގެ ސަލާމަތީ ފިޔަވަޅުތައް ހަމަޖައްސައި، އެކަމާ ގުޅޭ އިޤުރާރެއްގައި އެ ތަނަކުން ސޮއި ކުރަން ޖެހެއެވެ.

މިނިސްޓްރީން ބުނީ، ރިސޯޓުތަކާއި ސަފާރީތަކާ އެއްގޮތަށް ގެސްޓްހައުސްގައި މަސައްކަތް ކުރާ މުވައްޒަފުން މާސްކް އެޅުން ލާޒިމު ކަމަށާއި، "ޓްރޭސް އެކީ" އެޕްލިކޭޝަން ބޭނުން ކުރުންވެސް ލާޒިމު ކަމަށެވެ.

އޭގެ އިތުރުން، ރަށު ތެރޭގައި ގެސްޓުންނަށް އުޅެވޭނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ފަތުރުވެރިންނަށްވެސް ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރައާއި، ޓްރާންސްޕޯޓް ޚިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، އާންމުންގެ ގެއަކަށް އެއްވެސް ފަތުރުވެރިއަކު ވަނުން މަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޒާން އިތުރަށް ވިދާޅުވީ، ރަށެއްގައި ހުއްޓައި ފަތުރުވެރިއަކު ޕޮޒިޓިވްވެއްޖެ ނަމަ، ނުވަތަ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، އޭނާ ވަގުތުން އައިސޮލޭޓްވާން ޖެހޭނެ ކަމަށެވެ. އަދި ރަށުގައި ހުންނަ ފެސިލިޓީއަށް އަންގައި، ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ލިބެންދެން އެ ފަތުރުވެރިއަކު ހުންނަންޖެހޭނީ އައިސޮލޭޝަންގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ގެސްޓްހައުސް ވިޔަފާރިތައް އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަލުން ފެށުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އެގޮތުން ހުއްދަތައް ދޫކުރާނީ ރަށްރަށުގެ ކައުންސިލްތަކާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި، ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިރުޝާދާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
19 މާރިޗު 2017

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު