Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުން

ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފި

1 ސެޕްޓެމްބަރު 2020 | އަންގާރަ 13:26

ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް އަމަލު ކުރަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2020 | އަންގާރަ 13:26
ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނުގެ ގާނޫނުގެ ދަށުން ގިނަ ކަންކަން ތަންފީޒު ކުރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނުގެ ގާނޫނުގެ ދަށުން ގިނަ ކަންކަން ތަންފީޒު ކުރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިލްތިމާސް ކޮށްފިއެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގަސްގަހާގެއްސާއި ގަހުގެ ބައިތަކަކީ "ގަސްގަހާގެހި ހިމާޔަތް ކުރުމުގެ ޤާނޫނު" ގެ ދަށުން ބަލިތަކާއި ބަލިޖައްސާ ފަނިފަކުސާ، ސޫފާސޫފި އަދި ޖަރާސީމުތައް ތައާރަފްވުމާއި ފެތުރުމުން ރައްކާތެރިވުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އެތެރެ ކުރާ ތަކެތި ކަމަށެވެ.

Advertisement - newsAdvertisement

ގަހާއި ގަހުގެ ބައިތަށް ރާއްޖެއަށް އެތެރެކުރާ މިންވަރު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ރާއްޖެއަށް މިފަދަ ބާވަތްތައް އިމްޕޯޓް ކުރާ ގިނަ ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ.

މިފަދަ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަތަށް ނުހޯދާ އެތެރެ ކުރުމާއި، ގަހާއި ގަހުގެ ބާވަތްތައް އެތެރެ ކުރައްވާއިރު އެތަކެއްޗާއެކު ގެންނަވަންޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓް ފަދަ މުހިންމު ޑޮކިއުމަންޓްތައް ނެތި އެތެރެކުރަން އުޅުންފަދަ ނޭދެވޭ މައްސަލަތައް މިދުވަސްވަރު އިތުރުވަމުންދާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފައިޓޯސެނިޓަރީ މިންގަނޑުތަކާއި ޚިލާފަށް ރާއްޖެއަށް އެތެރެ ކުރާ ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއި މެދު އަމަލު ކުރުމަށް ގާނޫނުގައި ކަނޑައަޅާފައި ގޮތުގެ މަތިން ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވެސް ގަހުގެ ބޮޑު ޝިޕްމަންޓެއް ނައްތާލަން ޖެހިފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ އުސޫލުން ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެ ކުރުމުގެ މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން، ހޯދަންޖެހޭ ހުއްދަތަކާއި ލިޔެކިއުންތައް ހަމަކުރުމަށް، ވަގުތުދީގެން މަސައްކަތްތައް ރޭވުމަކީ ދިމާވާ މިފަދަ މައްސަލަތައް މަދުކުރެވޭނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާއި، ގަސްކާނާއާއި ދަނޑުވެރިކަމުގައި ބޭނުން ކުރާ ބޭސް އަދި ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް މިދުވަސްވަރު ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާދީފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތްތަކަށް އެދުމަށް ހުށަހަޅުއްވަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެފޯމު ފުރުމަށްފަހު މިނިސްޓްރީގެ އީމެއިލްadmin@fishagri.gov.mvއަށް އީމެއިލް ކުރެއްވުމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުއްދަ ތައްޔާރު ކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާ އިން ހުއްދަ ދެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް 3339220 / 3339242 / 3339209 ، ގަސްކާނާ އަދި ދަނޑުވެރިކަމުގެ ބޭސް އެތެރެކުރުމާއި ބެހޭ މައުލޫމާތު ސާފު ކުރުމަށް 3339242 / 3339209 އަދި ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯދުމަށް 3339212 / 3339220 މި ނަންބަރުތަކަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި ފޯމު ފުރުމުގައި ނުވަތަ ފޯމާއި ގުޅޭ އެހެން ކަންކަމުގައި އިތުރު މައުލޫމާތު ހޯދުމަށް ވެސް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއް 8:00 އިން ފެށިގެން 14:00 އާއި ދެމެދު އެ ޚިދުމަތަކާއި ގުޅޭ ނަންބަރަށް ގުޅުމުން އެ މައުލޫމާތު ސާފު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް