Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިބްރޭނާއަށް ޒަވީގެ ތާރީފު

އެންމެ މޮޅު މިޑްފީލްޑަރަކީ ޑިބްރޭނާ: ޒަވީ

31 އޯގަސްޓު 2020 | ހޯމަ 11:24

ޑިބްރޭނާ ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 އޯގަސްޓު 2020 | ހޯމަ 11:24
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ކަމަށް ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު އަދި މިހާރު ގަތަރުގެ އަލް ސާދަށް އިރުޝާދު ދެމުން އަންނަ ޒަވީ ބުނީ ހުރިހާ ގޮތަކުން ބެލިނަމަވެސް، ޑިބްރޭނާ އަކީ މިހާރު ހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށާއި، މެޗުތަކުގައި އޭނާ ތަފާތު ދައްކަމުން އަންނަ ކަމަށެވެ. އަދި ޑިބްރޭނާއާ އެއް ފެންވަރުގެ އިތުރު މިޑްފީލްޑަރެއް މިވަގުތު ނެތް ކަމަށާއި، ޒުވާން އުމުރުގައި ޑިބްރޭނާ ދައްކަމުން އަންނަ މޮޅު ކުޅުން ފާހަގަކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ޒަވީ ވަނީ ޑިބްރޭނާއަށް އިރުޝާދު ދެމުން އަންނަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށްވެސް ތާރީފުކޮށްފައެވެ. ޒަވީ ބުނީ މީގެ ކުރިން އޭނާއަށްވެސް އިރުޝާދު ދިން ގަޑިއޯލާއަކީ މިވަގުތު ހުރި އެންމެ މޮޅު ކޯޗު ކަމަށާއި، ފުޓްބޯޅައަށް ގާޑިއޯލާ ގެނަ ބަދަލަށް ތާރީފު ހައްގު ކަމަށެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ އާއި މިޑްފީލްޑަރު ޑިބްރޭނާއަށް ޒަވީ ތާރީފުކުރިއިރު، ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އަދި އުމުރުން 29 އަހަރުގެ ޑިބްރޭނާ މި ނިމުނު ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީއަށް 13 ލަނޑު ޖަހައިދިނުމުގެ އިތުރުން، 20 ލަނޑު ކާމިޔާބުކުރުމަށް އެހީތެރިވެފައެވެ.

ބެލްޖިއަމްގެ ގެންކްއިން 2008 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ޑިބްރޭނާ މީގެ ކުރިން 2012 ވަނަ އަހަރު ވަނީ ޗެލްސީއަށް ބަދަލުވެފައެވެ. އެކަމަކު ޗެލްސީގައި ޑިބްރޭނާ ހޭދަކުރި ދެ ސީޒަނުގައި އޭނާ ކުޅެދީފައިވަނީ އެންމެ ތިން މެޗެވެ. އެއަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުނަމަނުގެ ވާޑާ ބްރެމަން އާއި ވުލްފްސްބާގަށްވެސް ޑިބްރޭނާ ވަނީ ކުޅެދީފައެވެ.

ޑިބްރޭނާ ސިޓީއަށް ބަދަލުވީ 2015 ވަނަ އަހަރުގައެވެ. އެއަށްފަހު މިހާތަނަށް ސިޓީއަށް ކުޅެދިން 222 މެޗުގައި އޭނާ ވަނީ 57 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް