Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ސުއަރޭޒް ވިއްކާލުން

ސުއަރޭޒްގެ އެއްބަސްވުން އުވާލާނަމަ ބާސާއިން 14 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ

31 އޯގަސްޓު 2020 | ހޯމަ 07:45

ބާސާއިން އަންނަ ސީޒަން ފެށުމުގެ ކުރިން ސުއަރޭޒް ވިއްކާލުމަށް ދަނީ މަސައްކަތް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޯގަސްޓު 2020 | ހޯމަ 07:45
ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް

ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ އެއްބަސްވުން އުވާލާނަމަ ބާސާއިން 14 މިލިޔާން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން އަންނަ ސީޒަން ފެށުމުގެ ކުރިން ސުއަރޭޒް ވިއްކާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭނާ ވިއްކާލާނަމަ ނުވަތަ އޭނާގެ އެއްބަސްވުން އުވާލާނަމަ، ބާސާއިން ސުއަރޭޒްއަށް 14 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސާއިން އުމުރުން 33 އަހަރުގެ ފޯވާޑް އެހެން ކުލަބަކަށް ވިއްކާލުމަށް އުޅޭ ކަމުގެ އަޑު ފެތުރިފައިވީ ނަމަވެސް، ބާސާގެ ފަރިތަކުރުންތަކުގައި ސުއަރޭޒް ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުއަރޭޒް ވިއްކާލުމަށް ބާސާއިން އަމާޒުހިފާފައިވާ ކަމަށް ރިޕޯޓުތައް ބުނިއިރު، އެ ކްލަބުން ސުއަރޭޒް ވިއްކާލަނީ އޭނާގެ އުމުރު ދޮށިވުމާއި، އިންޓައަށް ކުޅެމުން އަންނަ ލަޓާރޯ މާޓިނޭޒް ގަތުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ބާސާއިން އެ ޓީމުގައި ތިބި ދުވަސްވީ ކުޅުންތެރިން ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން އަލަށް ކޯޗުގެ މަގާމާ ހަވާލުވި ރޮނާލްޑް ކޫމަން ބުނީ އުމުރުން ދޮށިވުމަކީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ މަސައްކަތުގައި ބައިވެރިވާން އެދޭ ކުޅުންތެރިއެއްނަމަ، މަސައްކަތްކުރާނަަމަ ފުރުސަތު ދޭނެ ކަމަށެވެ.

ސުއަރޭޒް ހޯދުމަށް އޭނާގެ ކުރީގެ ކުލަބު އަޔަކްސްގެ އިތުރުން ޔުވެންޓަސް އާއި އިންޓަ މަޔާމީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުއަރޭޒް ހޯދުމަށް އަޔަކްސްއިން 15 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށެވެ. އޭނާ ވަނީ މިހާތަނަށް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ސުއަރޭޒް ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
15 ޖުލައި 2017

ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ

15 ޖުލައި 2017
ސަންޗޭޒްގެ އެއްބަސްވުން އާކުރާނެކަމުގެ އުންމީދު ލިބިއްޖެ: ވެންގާ
06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް