Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިއާގޯ ބަޔާން ދޫކޮށްލުން

ބަޔާން ދޫކޮށްލަން ތިއާގޯ ބޭނުންވޭ: ރުމެނިގާ

30 އޯގަސްޓު 2020 | އާދީއްތަ 16:31

ތިއާގޯ ގަތުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ ލިވަޕޫލް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޯގަސްޓު 2020 | އާދީއްތަ 16:31
ބަޔާން މިއުނިކް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ

ބަޔާން މިއުނިކް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ

ބަޔާން މިއުނިކް ދޫކޮށްލަން ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ބޭނުންވާ ކަމަށް ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު އުމުރުން 29 އަހަރުގެ ތިއާގޯ ގަތުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ ލިވަޕޫލެވެ. އެކަމަކު މީގެ ކުރިން ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީންވެސް ވަނީ ތިއާގޯއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތިއާގޯ ވިއްކާލަން އެންމެ ފުރަތަމަ ބަޔާނުން ކީ އަގަކީ 40 މިލިޔަން ޔޫރޯއެވެ. އެކަމަކު ތިއާގޯގެ އެއްބަސްވުމުގައި ބާކީ އެންމެ އަހަރެއް އޮތުމާއެކު 40 މިލިޔަން ޔޫރޯ ދައްކަން ލިވަޕޫލުން ދެކޮޅު ހެދުމުން، ބަޔާނުން އެ އަގު 25 މިލޔަން ޔޫރޯއަށް ވަނީ ކުޑަކޮށްފައެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބަޔާންގެ ޗެއާމަން ރުމެނިގާ ވިދާޅުވީ އެ ކުލަބު ދޫކޮށްލަން ތިއާގޯ ބޭނުންވާ ކަމަށާއި، ބަޔާނުން އުންމީދުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތިއާގޯއަށް ހުށަހެޅުމެއް ލިބޭނެ ކަމަށެވެ.

މި ޓްރާންސްފާ ބާޒާރުގައި ތިއާގޯ ބަޔާން ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، 2013 ވަނަ އަހަރު 25 މިލިޔަން ޔޫރޯއަށް ބަޔާނަށް ބަދަލުވި ތިއާގޯ އަންނަނީ އެ ކުލަބުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންގައި މިހާތަނަށް ހޭދަކުރި ހަތް ސީޒަނުގައި ތިއާގޯ ވަނީ 235 މެޗު ކުޅެދީ 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ތިއާގޯ ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ އިތުރުން ލިވަޕޫލުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލީޑްސް ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު ޒުވާން ޑިފެންޑަރު ބެން ވައިޓް އާއި ވަޓްފޯޑްގެ އިސްމާއިލް ސާ ހިމެނެއެވެ. ލިވަޕޫލުން ވަނީ މި ޓްރާންސްފާ ބާޒާރުގައި އޮލިމްޕިއާކޯސްގެ ޑިފެންޑަރު ކޮސްޓަސް ޓިމިސްކަސްގެ ސޮއި ހޯދާފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް