Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ވަހީދު ފުލުހަށް ހާޒިރުކުރުން

ހިތްތައް ކެކިއެރުމުން މަގުމައްޗަށް ނުކުންނާނެ، ކުރިއަށް އޮތްތަނުގައި ބޮޑު މަންޒަރު ދައްކާނަން: ވަހީދު

30 އޯގަސްޓު 2020 | އާދީއްތަ 13:07

ސަރުކާރު ޒިންމާދާރު ކުރުމަށް ބަސް ބުނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2020 | އާދީއްތަ 13:07
ހުކުރު ދުވަހު ބޭއްވި އިހުތިޖާޖުގެ ތެރެއިން

ހުކުރު ދުވަހު ބޭއްވި އިހުތިޖާޖުގެ ތެރެއިން

ރައްޔިތުންގެ ހިތްތައް ކެކިއެރުމުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ބޮޑު މަންޒަރު ސަރުކާރަށް ދައްކާނެކަމުގެ އިންޒާރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުން ރައީސް ވަހީދު ފުލުހުން އޮފީހަށް ހާޒިރު ކުރުމާއި ގުޅިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކާ ހިލާފު ވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ފުލުހުން ސުވާލު ކުރި ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ކުރިއަށްދާން ނިންމީ ގާނޫނީ ވަކީލެއް ކަނޑައެޅުމަށްފަހު ކަމަށްވާތީ އެއްވެސް ޖަވާބެއް ދީފައިނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ރައްޔިތުންގެ ހިތްތައް ކެކިއެރުމުންނާއި، ރައްޔިތުންގެ ހިތްހަމަ ނުޖެހުމުން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ. އެއީ އެހެން ބަޔަކު ހިތްވަރު ދީގެން ރައްޔިތުން ކުރާ ކަމެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް ބަސް ބުނަން ޖެހޭ ކަމަށާއި، ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން އިހުތިޖާޖު ކުރާނެ ކަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް ގައުމެއްގައި ކަން ހިނގާ އުސޫލު ކަމަށް ވަހީދު ވިދާޅުވިއެވެ.

ރާއްޖެ މީގެ 20 އަހަރުގެ ފަހަތަށް ދިޔައީތޯ ސުވާލު ކުރައްވައި ވަހީދު ވިދާޅުވީ އެމަނިކުފާނު މީގެ 20 އަހަރު ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރު ކުރީ ވެސް މިފަދަ މައްސަލައެއްގައި ކަމަށެވެ. އެގޮތުން މިއީ އަދައިގެން ކަމެއް ނޫން ކަމަށާއި، ގައުމަށް ޑިމޮކްރަސީ ގެނައުމަށް ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީތޯ ވެސް ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ސަރުކާރު ނާގާބިލްވެ އެކަންތައް ފޫ ބެއްދުމަށް ރައްޔިތުންގެ ނަޒަރު އެހެން ދިމާލަކަށް ގެންދިއުމަށް ކަމަށެވެ. އަދި މައްސަލައެއްވާނަމަ ޝަރީއަތަށް ދިއުމަށް ވެސް ވަހީދު ވަނީ ގޮވާލައްވާފައެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ބޭ އަދަބީ ބަހުން އެއްޗެހި ގޮވާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މިއަދު ގައުމު ދާ މިސްރާބާ މެދު މެމްބަރުން ވިސްނަން ޖެހޭ ކަމަށާއި، ޒިންމާދާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުންނަކީ ރައްޔިތުންގެ މުސާރަ ނަންގަވާ ބޭފުޅުންނަށްވާތީ ޒިންމާދާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ވެސް ޒިންމާއެއްގެ ގޮތުގައި ވަހީދު ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ވަރުގަދަ ރައްދެއް ދެއްވައި ވަހީދު ވިދާޅުވީ ހިތްޕުޅާ ވެވަޑައިނުގެންނެވި ނަމަވެސް މިއަދު ހުންނެވީ އިދިކޮޅު ސިޔާސީ ޕާޓީއާ ގުޅިގެން ކަމަށެވެ. އެހެންކަމުން އެ ޕާޓީން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވެ، ބަސް ބުނާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް ސޯލިހު އަކީ މިއަށްވުރެ ފުދޭ މީހަކަށް ވާން ޖެހޭ ކަމަށާއި، ހިތްވަރު ހުރި މީހަކަށް ވާންޖެހޭ ކަމަށެވެ. އެންމެ ފަހަރަކު އަގައިން ބުނެގެން ފުލުސް އޮފީހަށް ދަމަން ފެށުމުން ރައީސް ސޯލިހުގެ ގޮތެއް ފޮތެއް ނެތްކަން ހާމަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ހުކުރު ދުވަހު ސަރުކާރާ ދެކޮޅަށް އެއްވި އެއްވުމަކީ ކުޑަ މަންޒަރެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މާބޮޑެތި މަންޒަރުތައް ދައްކާނެ ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ވަހީދު ވަނީ ސިފަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް