Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުވެނައިލް ޖަސްޓިސް

ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު ޖުވެނައިލް ޖަސްޓިސްގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް

އެންމެ ފުޅާ ދާއިރާގައި އެ މަސައްކަތް ކުރުމަށް ހުރަސްތަކެއް އެބަހުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2020 | ހޮނިހިރު 12:53
ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ބެލެނިވެރިންނަށް ކައުންސިލިންގ ދިނުމަށް ބޭއްވި ޝެޝަންގެ ތެރެއިން

ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ބެލެނިވެރިންނަށް ކައުންސިލިންގ ދިނުމަށް ބޭއްވި ޝެޝަންގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ނޮވެމްބަރު މަހު އަމަލު ކުރަން ފެށުމާއެކު ޖުވެނައިލް ޖަސްޓިސްގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ރާއްޖެޓިވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ޖުވެނައިލް ޖަސްޓިސް އޮފިސަރ އާއިޝަތު ނިޝާނާ ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ކުޑަކުދިންގެ ގާނޫނުގެ ދަށުން އެންމެ ފުޅާ ދާއިރާގައި އެ މަސައްކަތް ކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރަށްރަށުގައި ދިރިއުޅޭ ކުޑަކުދިންނާއި ސީދާ އެ އިދާރާގެ ޓީމުތަކުން ބައްދަލު ކުރުމުގައާއި އެފަދަ ކުދިން ދެނެގަތުމަށް ކުރާ މަސައްކަތުގައި ހުރަސްތަކެއް ހުރި ކަމަށެވެ. އެގޮތުން ތަފާތު އެކި ކުށްތައްކުރާ ކުދިންނަށް ކައުންސިލިންގ ދިނުމާއި އެވެއާނެސް ޕްރޮގްރާމްތައް ހިންގުން އަދި ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށްވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނިޝާނާ ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކު އެ އިދާރާ "ޖުވެނައިލް ޖަސްޓިސް ޔުނިޓް" އިން "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓް"އަށް ބަދަލުވެ މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް ގިނަ ކަންތައްތަކެއް އެ ފަރާތަށް ގާނޫނުން ލާޒިމު ކުރާ ކަމަށެވެ. އެގޮތުން ރަށްރަށުގައި އެ ޑިޕާޓްމަންޓުގެ ގޮފިތައް ގާއިމުކުރެވި، ކުށްތަކަށް ހުށަހެޅޭ ކުދިން ބަހައްޓާނެ ފެސިލިޓީތައް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

ކުޑަކުދިން މަގުން ކައްސާލައިގެންދަނީ އާއިލާގެ ފަރާތުން އެކުދިންނަށް ދިމާވާ ނޭދެވޭ ކަންތައްތަކެއްގެ ސަބަބުންކަން ފާހަގަކުރައްވާ ނިޝާނާ ވިދާޅުވީ ކުޑަކުދިން ހަރުދަނާ ބައެއްގެ ގޮތުގައި ހެދުމަށް އާއިލާތަކާއި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން އާއިލާތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަކީ ވަރަށް އިސްދައުރެއް އަދާކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ފުރާވަރުގެ ކުދިން މަގުން ކައްސާލައި ތަފާތު އެކި ކުށްތަކަށް އަރައިގަތުމެވެ. އެގޮތުން ފާއިތުވި 2019 ވަނަ އަހަރު ކުޑަކުދިންގެ ބޮޑު ޕަސެންޓެއް ވަކި ހިސާބަކުން ސްކޫލު ކިޔެވުން ހުއްޓާލުމަށްފަހު އެކި ކުށްތަކަށް އަރައިގަނެފައިވާކަން ޖޭޖޭޔޫގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖޭޖޭޔޫއިން ފާހަގަކުރާ ގޮތުގައި އެފަރާތުގެ ބެލުމުގެ ދަށުން އެނބުރި މުޖުތަމައުއަށް އަންނަ ކުދިން އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ދާން މެދުވެރިވަނީ އެކުދިންނަށް ރަނގަޅު ފުރުސަތުތައް ލިބެން ނެތުމެވެ. އެގޮތުން ވަޒީފާއެއް ނުލިބުމާއި އާއިލާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ނުލިބުމަކީ ވެސް ކުދިން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބެއްކަމަށް އެ އިދާރާ އިން ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި

30 ޖެނުއަރީ 2018
 ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި
20 ޑިސެމްބަރު 2017

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އޮތީ އެއްކޮށް ފެއިލްވެފައި: އިންތި

20 ޑިސެމްބަރު 2017
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އޮތީ އެއްކޮށް ފެއިލްވެފައި: އިންތި
02 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި

02 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި
01 ސެޕްޓެމްބަރު 2017

މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ

01 ސެޕްޓެމްބަރު 2017
މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ
10 ޖުލައި 2017

ބާރީ ޖުވެނައިލް ކޯޓަށް، ޝަކީލް ފެމެލީ ކޯޓަށް ބަދަލުކޮށްފި

10 ޖުލައި 2017
ބާރީ ޖުވެނައިލް ކޯޓަށް، ޝަކީލް ފެމެލީ ކޯޓަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު