Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފާނުގެ ހާދިސާ

އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް އަދި އެއާޕޯޓް ފަޔަރ ޓީމުން ވަނީ ހަރަކާތްތެރިވެފައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2020 | ހުކުރު 18:50
ކެފޭ ޓިއޯލޯގައި އަލިފާން ރޯވެ ޖެހިގެން ހުރި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިމާރާތާއި އަދި އެހެން ބައެއް އޮފީސްތަކަށް ވެސް ގެއްލުންވެފައިވޭ

ކެފޭ ޓިއޯލޯގައި އަލިފާން ރޯވެ ޖެހިގެން ހުރި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިމާރާތާއި އަދި އެހެން ބައެއް އޮފީސްތަކަށް ވެސް ގެއްލުންވެފައިވޭ

މާލޭގައި ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 9:45 އެހާކަންހާ އިރު އެވެ.

Advertisement - newsAdvertisement

އަލިފާން އެންމެ ފުރަތަމަ ރޯވެފައިވަނީ ކެފޭ ޓިއޯލޯގައި އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް، ސްޓޭޓް ބޭންކު އޮފް އިންޑިއާ އިމާރާތާއި، އުރީދޫ އޮފީހާއި އަދި ބައެއް އެހެން ކުންފުނިތަކުގެ އޮފީސް ހިންގާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގައި އަލިފާން ރޯވި އެވެ.

އާޓީފިޝަލް ބީޗު ކުރިމައްޗަށް ވާ ގޮތަށް ހުރި މި އިމާރާތްތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުގެ އިތުރުން އެއާޕޯޓްގެ ފަޔަރ ޓީމް ވެސް ވަނީ ހަރަކާތްތެރި ވެފަ އެވެ.

އެސަރަހައްދުގައި ހުރި އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތައް އެ އިމާރާތްތަކުން ނެރުމުގެ މަސައްކަތް އެމްއެންޑީއެފް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން ނިންވާލާފައިވަނީ ރޭ 12:34 އެހާ އިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް އަލިފާން އެންމެ ފުރަތަމަ ރޯވި ކެފޭ ވަނީ އަނދާ ހުލިވެފަ އެވެ. އަދި އަލިފާނުގެ އަސަރުކުރި އެހެން އިމާރަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.

އިމާރާތްތަކުން ނެރުނު މީހުން އުފުލުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލުން ހަރަކާތްތެރިވެފައިވާއިރު، ބޭނުން ޖެހިއްޖެ ހާލަތެއްގައި ކަލާފާނު ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކަނޑުއޮތްގިރީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

06 މާރިޗު 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު