Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ރިސެސް އަށް ދިއުން

މަޖިލިސް ޗުއްޓީއަށް ދާނީ ހޯމަ ދުވަހު

ދެވަނަ ދައުރު ނިންމާލުމަށް މަޖިލީހުން ކުރިން ގަސްތުކޮށްފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2020 | ބުދަ 07:54
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ ދައުރު ނިންމާލާނީ 31 އޮގަސްޓް ވާ ހޯމަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިންމާލުމަށް މަޖިލީހުން ކުރިން ގަސްތު ކޮށްފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ބުދަ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޗުއްޓީއަށް ދާން އޮންނަ މަހުގެ އެންމެ ފަހު ހޯމަ ދުވަހު، ޗުއްޓީއަށް ދިއުމަށް މަޖިލީހުގެ ގަވާއިދުން ތަންދޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި އަންނަ ހޯމަ ދުވަހަކީ މި މަހުގެ އެންމެ ފަހު ދުވަސް ކަމުން ޗުއްޓީއަށް ދިއުމަށް ގަސްތު ކުރައްވަނީ އެދުވަހު ކަމަށާއި އެދުވަހު ޗުއްޓީއަށް ނުގޮސް މަޑުކޮށްލައިފިނަމަ 8 ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެހެންކަމުން މި ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާނީ ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހުއެވެ.

މަޖިލިސް ތިން ދައުރަކަށް ބެހިގެންދާއިރު މިހާރު ހިނގަމުން މިދަނީ މިއަހަރުގެ 2 ވަނަ ދައުރެވެ.

2020 ވަނަ އަހަރުގެ ދެވަނަ ދައުރު ނިންމާލުމަށްފަހު ޗުއްޓީއަށް ދިއުމަށް މަސައްކަތް ކުރަމުންދާއިރު، މި ދައުރުގައި ގިނަ މަސައްކަތްތަކެއް މަޖިލީހުން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ގާނޫނެއް ފާސްކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށާއި އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނެސްފައިވެއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށް، އިންތިޚާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހު ގެނެސްފައިވަނީ ވެސް މި ދައުރުގައެވެ.

މީގެއިތުރުން ސަރުކާރުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުމަށް ބޮޑެތި މަސައްކަތްތަކެއް މަޖިލީހުން މި ދައުރުގައި ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ މަޖިލީހުގެ އެދުމުގެ މަތިން ކޮވިޑާއި ގުޅިގެން ވުޒާރާތަކުން ކުރި ހަރަދުތަކުގެ އޮޑިޓު ކޮމްޕްލަޔަންސް ރިޕޯޓުތައް ހަދާ، އެ ރިޕޯޓުތަކުން ފެންމަތިވި މައްސަލަތައް ބެލުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދައުރުތަކާއި އެއްގޮތަށް މި ދައުރުގައި ވެސް ޖުޑިޝަރީ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު