Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ބާސާ ދޫކޮށްލުން

ބާސާ ދޫކޮށްލުމަށް މެސީ ނިންމައިފި

މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2020 | އަންގާރަ 19:30
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ: ބާސާ ދޫކޮށްލަން އޭނާ ބޭނުންވޭ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ: ބާސާ ދޫކޮށްލަން އޭނާ ބޭނުންވޭ

ބާސެލޯނާ ދޫކޮށްލަން އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ނިންމައި، އެކަން މަގުފަހުކޮށްދިނުމަށް މެނޭޖުމަންޓުގައި އެދެފިއެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި މެސީ ވަނީ ކުލަބު ދޫކޮށްލަން ނިންމައި، އެކަން ބާސާގެ މެނޭޖުމަންޓަށް އަންގާފައެވެ. މެސީ ބާސާ ދޫކޮށްލަން ނިންމިކަން އެ ކުލަބުން ވަނީ "އެސޯސިއޭޓެޑް ޕްރެސް" އަށް ކަށަވަރުކޮށްދީފައެވެ. އެއާއެކު ބާސާގެ ބޯޑު މެންބަރުން ކުއްލި ބައްދަލުވުމެއް އަންގާރަ ދުވަހުގެރޭ ބޭއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާގެ މެނޭޖްމަންޓަށް ފޮނުވި ލިޔެކިޔުންތަކުގައި އެދެފައިވަނީ މި ޓްރާންސްފާ ބާޒާރުގައި އެ ކުލަބު ދޫކޮށް ދެވޭ ގޮތަށް އޭނާގެ އެއްބަސްވުން ބަދަލު ކޮށްދިނުމަށެވެ.

ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކްލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

ކުލަބު ދޫކޮށްލަން މެސީ އެދުމާ ގުޅިގެން ބާސާގެ ބޯޑު މެންބަރުން ކުއްލި ބައްދަލުވުމެއް ބޭއްވިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ދޭތެރޭ ބޯޑުން ވަކިގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބާސާ ދޫކޮށްލަން މެސީ ބޭނުންވާކަން ހާމަކުރިއިރު، އަންގާރަ ދުވަހުގެ ވަގުތެއްގައި ބާސާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ވަނީ މެސީގެ ނިންމުމަށް ސަޕޯޓް ދޭނެ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީއެވެ. އަދި ބާސާގެ ރައީސްގެ މަގާމުގައި ބާޓޮމެއޫ ހުރިހާ ދުވަހަކު މެސީއަށް ބާސާގައި ކުރިމަގެއް ނެތް ކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ބުނެއެވެ. އެކަމަކު މީގެ ކުރިން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ބާސާގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ރޮނާލްޑް ކޫމަން ވަނީ އޭނާގެ އުންމީދަކީ ގިނަ އަހަރުތަކެއް ވަންދެން މެސީއާއެކު މަސައްކަތްކުރުން ކަމަށް ބުނެފައެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު