Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާފިއުގެ ވަގުތު އިތުރުކުރަނީ!

ކާފިއުގެ ވަގުތު އިތުރުކުރުމުގެ އިޝާރާތެއް ޓެގް ޓީމުން ދީފި

މިހާރު ހުރި ހިސާބުތައް ހުރީ ކަންބޮޑުވާ ހިސާބެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2020 | އަންގާރަ 19:30
ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީދު

ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީދު

ކޮވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހާލަތަށް ބަލާފައި ހަރުކަށި ކުރުމުގެ ގޮތުން ކާފިއުގެ ވަގުތު އިތުރުކުރުމުގެ އިޝާރާތެއް ޓެކްނިކަލް އެޑްވައިޒަރީ ގްރޫއްޕު (ޓެގް) އިން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފިޔަވަޅުތައް އަޅަމުން ދަނީ ކޮންމެ ހަފްތާއަކު ވެސް ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން އެންމެ ފަހުން އެޅި ފިޔަވަޅަކީ ކާފިއު އިއުލާން ކުރުން ކަމަށާއި، އެހެންކަމުން ހިސާބުތަކަށް ބަލާ އިތުރަށް ގޯސް ވެއްޖެނަމަ ކާފިއު ގަޑި ނުވަތަ މަގުމައްޗަށް މީހުން ނުކުމެ އުޅުން މަނާ ގަޑިތައް މިއަށްވުރެ އިތުރުކުރަން ޖެހިދާނެ ކަމަށެވެ. މީގެ އިތުރުން އަދި އޮފީސްތައް ބަންދުކުރުން ކަހަލަ އިތުރު ފިޔަވަޅުތައް ގެނެވޭނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެ ހަފްތާއަކު ވެސް ހިސާބު ހަދާ އެކުލަވާލާ ސްކޯއެއް އިންނާނެ ކަމަށެވެ. އަދި މީގައި ބަލާ އެކިއެކި ޕެރަމީޓާރސްތަކެއް ހުންނަ ކަމަށާއި، އޭގެ ތެރޭގައި އެކިއެކި ކޮމްޕޯނަންޓްސް ތަކަށް ސްކޯ ދީފައި އޭގެ ޖުމްލަ ހިސާބު ކޮންމެ ހަފްތާއަކު ހަދާނެ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ ބަލަމުންދާނީ ޓޯޓަލް ސްކޯއަކަށް އެކަނި ނޫން ކަމަށާއި، މީގެ ތެރޭގައި ވަރަށް ކަންބޮޑުވުން ހުރި ސްކޯއެއް ހުރެއްޖެނަމަ، އެގެ ތެރޭގައި މަރުވާ މީހުންގެ އަދަދަށް ބަލާ އިރު، އެ އަދަދު މައްޗަށް ގޮސްފިއްޔާ ނުވަތަ ބެޑް ކެޕޭސިޓީ މައްޗަށް ގޮސްފިއްޔާ ވެސް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ ލޮކްޑައުންއަކީ އެންމެ ފަހުގެ ނިންމުމެއްގެ ގޮތަށް ނިންމާނެ ނިންމުމެއް ކަމަށާއި، މަސައްކަތް ކުރަނީ ލޮކްޑައުންއަކަށް ނުގޮސް ވޭތޯ ކަމަށެވެ. އަދި ލޮކްޑައުންއަކާއި އެކި ދިމާވާ ވަރަށް ބޮޑު ދަތިތަކެއް ހުންނަ ކަމަށާއި، އޭގެ ތެރޭގައި އިގްތިސާދީ ގޮތުން ދިމާވާ ދަތިތަކާއި، އަދި ކޮވިޑް ނޫން މީހުންނަށް ފަރުވާ ދިނުމުގައި ދިމާވާ ދަތިތައް ހުންނަ ކަމަށެވެ. އެހެންކަމުން އެންމެ ފަހުގެ ނިންމުމެއްގެ ގޮތުން ލޮކްޑައުން ކޮންސިޑަރ ކުރާނެ ކަމަށާއި، އަދަދުތަކަށް ބަލާ އިރު ސްކޯ މިހާރު މިހުރީ ވަރަށް ކަންބޮޑުވާ ހިސާބެއްގައި ކަމަށެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
04 މާރިޗު 2017

ފ އަތޮޅު ޑީލާއެކު ގިނަ ރައްޔިތުންތަކެއް އެއްފަސްކުރާނެ ކަމުގެ އިޝާރާތެއް

04 މާރިޗު 2017
ފ އަތޮޅު ޑީލާއެކު ގިނަ ރައްޔިތުންތަކެއް އެއްފަސްކުރާނެ ކަމުގެ އިޝާރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު