Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީއެސްސީގެ މެމްބަރުންގެ ލިސްޓު

ސީއެސްސީގެ ލިސްޓުގައި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ނަމެއް ނުހިމެނޭ ކަމަށް ކޮމިޓީން ނިންމައިފި

25 އޯގަސްޓު 2020 | އަންގާރަ 10:09

އަންގާރަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ބެލުމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2020 | އަންގާރަ 10:09
އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަން ކުރަން ރުހުންދިނުމަށް ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސް ކުރި ލިސްޓު އެކުލަވާލުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނިފައިނުވާ ކަމަށް އެ މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީއިން ނިންމައިފިއެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލީ 41 ބޭފުޅުންނެވެ. އެބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 13 ބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ. އެއާއެކު އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ލިސްޓް ހޮވުމުގައި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ބެލުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މި މައްސަލަ ފޮނުއްވިއެވެ.

Advertisement - newsAdvertisement

މައްސަލައިގެ ތަފްސީލް ނުދެއްވި ނަމަވެސް ނަޝީދު ފޮނުއްވި މައްސަލަ އަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ކުރީގެ އަނބިކަނބަލުން ސީއެސްސީ އަށް ރުހުން ދޭން ފޮނުވި ލިސްޓްގައި ހިމެނުނު މައްސަލަކަން ވަނީ އެނގިފައެވެ. ނަމަވެސް އެ ނަމަށް ވޯޓަށް އެހިއިރު ސަނީފް އެ ވޯޓްގައި ބައިވެރިވެ ވަޑައިނުގަންނަވާކަން މި މައްސަލައިގެ ކޮމިޓީ ރިޕޯޓުން އެނގެއެވެ. އަދި މި މައްސަލަ ބެލުމަށް ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި ވެސް ސަނީފް ބައިވެރިވެވަޑައެއްނުގަންނަވައެވެ.

މި މައްސަލަ ދިރާސާ ކުރުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމް ވިދާޅުވީ މިކަމުގައި މިފަދަ މައްސަލަތަކުގައި މަސްލަހަތު ހިމެނޭ މެމްބަރުން ކޮމިޓީތަކުން ތަނާޒިލްވާނީތޯ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެވިދާނެ ކަމަށެވެ. މީގެކުރިން ވެސް ކޮމިޓީ މެމްބަރުންގެ މަސްލަހަތު ހިމެނޭ މީހުންގެ ކަންކަން ކޮމިޓީތަކުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި މައްސަލަ އަށް ބަލާއިރު ކުރީގެ އަންހެނުން ނުވަތަ ފިރިމީހާ އެއީ މަސްލަހަތު އޮންނަ މީހުން ކަމަށް ގަވާއިދުގައި ބުނެފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މެމްބަރުން ވާހަކަ ދެއްކެވުމަށްފަހު ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފް ދެ ކަމެއް ފާސްކުރުމަށް ވޯޓަށް އެއްސެވި އެވެ.

މިދެކަންތައް ވަނީ ކޮމިޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެފައެވެ.

މި މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މަގާމަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު ޝޯޓް ލިސްޓު ކުރެވުނު 13 ބޭފުޅުންގެ ލިސްޓުގައި އެއްވެސް މަޖިލިސް މެމްބަރެއްގެ މަސްލަހަތު ހިމެނޭ ނަމެއް ނޯންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ގައިޑްލައިންގައި ބުނާ ހުރިހާ މައުލޫމާތެއް ލިސްޓުގައި ހިމަނާފައިވާނެ: އީސީ

19 އެޕްރީލު 2017
ގައިޑްލައިންގައި ބުނާ ހުރިހާ މައުލޫމާތެއް ލިސްޓުގައި ހިމަނާފައިވާނެ: އީސީ
17 އެޕްރީލު 2017

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ
16 އެޕްރީލު 2017

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން  ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް