Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީޓީގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުން

ޓީޓީގެ އިންތިޚާބު ފަސްކޮށްދިނުމަށް ހިންގާ ކޮމިޓީގެ މެންބަރުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހަޅައިފި

އިންތިޚާބާ ގުޅޭގޮތުން ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެދިފައިވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2020 | އަންގާރަ 14:03
2016 ވަނަ އަހަރު އިންތިޚާބުކުރި ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ: އައު އިންތިޚާބު އަންނަ މަހު ބޭއްވުމަށް ވަނީ ނިންމާފައި

2016 ވަނަ އަހަރު އިންތިޚާބުކުރި ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ: އައު އިންތިޚާބު އަންނަ މަހު ބޭއްވުމަށް ވަނީ ނިންމާފައި

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އެދި ހިންގާ ކޮމިޓީގައި ހިމެނޭ ތިން މެންބަރުން ކަމަށްވާ އިބްރާހީމް ލަތީފާއި، އާއިޝަތު ނިޝާ އަދި އަލީ އާދަމް މަނިކު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ހިންގާ ކޮމިޓީގެ މެންބަރުގެ ފަރާތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސް އިބްރާހީމް އިސްމާއިލަށް ފޮނުއްވާފައިވާ ސިޓީގައި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށް އެދި ހުށައަޅުއްވާފައިވާއިރު، އިންތިޚާބު ފަސްކުރަން ޖެހޭ ސަބަބުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ސްޕޯޓްސް ކޮމިޝަނަށް އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާއަށް ދީފައިވާ ފިނި ޖަވާބާއި، މިހާތަނަށް ޓީޓީ އެސޯސިއޭޝަނުން އިންތިޚާބާ ގުޅިގެން ކުރަމުންދާ އުސޫލުތަކާއި ޚިލާފު ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ހިންގާ ކޮމިޓީގެ އިންތިޚާބާ ގުޅުވައި އެސޯސިއޭޝަނުން ހިންގަމުން ގެންދާ ގަވާއިދާ ޚިލާފު ކަންކަންމުގެ ޝަކުވާ ސްޕޯޓްސް ކޮމިޝަނަށް ތަފްސީލުކޮށް ހުށަހަޅައި، އެއިންތިޚާބަކީ ދެފުށް ފެންނަ، މިނިވަން، ވަކި ފަރާތަކަށް ނުޖެހި ހިންގޭ އިންތިޚާބަކަށް ހެދުމަށްޓަކައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތުގައިވާ ކަންކަން ކޮށްދެއްވުމަށް މި މަހުގެ 15 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް އަރިހުގައި ދަންނަވާފައިވާއިރު، އެސިޓީގައި އެދިފައިވާ ކަންކަމުގެ ޖަވާބު ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ސްޕޯޓްސް މި މަހުގެ 23 ވަނަ ދުވަހު ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅި ޝަކުވާތައް ވަރަށް ތަފްސީލުކޮށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާއިރު، ފާހަގަކޮށްފައި ހުރި ޝަކުވާތަކަކީ، ޖަމުޢިއްޔާއިން ހިންގާ ގަވާއިދާ ޚިލާފަށް އަމަލުކޮށް، އަދި ހިންގާ ކޮމިޓީގައި މަސްލަހަތު ގެއްލި، ދެކޮޅުވެރިކަން އުފެދިގެން ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރުންވެސް ހިމެނޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްގެ ޖަވާބުގެ ސަބަބުތައް ބަޔާންކޮށްފައި ނެތުން.

ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނަންބަރު 141-COS/PRIV/2020/429 ސިޓީގައި ވިދާޅުވެފައިވަނީ 6 އޮގަސްޓް 2020 ތާރީޚުގެ އިއުލާނާއި، ހިންގާ ގަވާއިދަށް ރިއާޔަތްކުރާއިރު، އިންތިޚާބުގެ ކަންކަން ހިންގާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިގޮތަށް ނިންމެވީ، އެ ގަވާއިދުގެ ކޮން މާއްދާއަކަށް ޙަވާލާދެއްވައި ކަމެއް ކޮމިޝަނާގެ ޖަވާބުފުޅުގައި ފާހަގަކުރައްވާފައެއް ނުވެއެވެ. މިއީ ކުޅިވަރުގެ ގައުމީ ޖަމްޢިއްޔާއަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކަކަށް ދެއްވާ ޖަވާބެއްކަމަށްވާއިރު، ޤާނޫނު ނަންބަރު 30/2015، (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން، ތިޔަ މަޖިލީހަށް އެފަދަ ނިންމުންތައް އިސްތިއުނާފްކުރުމަށްޓަކައި ހުށަހެޅުމަށްޓަކައި އެ ނިންމުން ބިނާކުރެއްވި ސަބަބުތައް އެނގުމަކީ ޝަކުވާ ހުށަހެޅި ފަރާތުގެ ޙައިސިއްޔަތުން އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްޤެކެވެ.

ޖަމުޢިއްޔާގެ އިންތިޚާބު ބާއްވަންތިބި ހިންގާކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ ބައެއް މީހުން މި އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރުމާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ކަނޑައެޅިގެން ޤަވާޢިދާ ޚިލާފަށް އިންތިޚާބުގެ ކަންކަން ކުރަމުން ގެންދިއުން.

8 ސެޕްޓެމްބަރު 2020 ތާރީޚުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި މިހާރު ހިންގާ ކޮމިޓީގެ ރައީސް، ނައިބު ރައީސްގެ އިތުރުން އެހެން ބައެއް މެންބަރުންވެސް ބައިވެރިވެއެވެ. މި އިންތިޚާބު އިންތިޒާމުކޮށް، އިންތިޚާބާ ގުޅޭ އެންމެހައި ކަންތައްތައް ބަލަހައްޓައި ނަތީޖާ އިޢުލާނު ކުރަން ތިބި މީހުންނަކީ ކެންޑިޑޭޓުންނަށް ވުމަކީ، އިންތިޚާބު އިންސާފުވެރިނުވާނޭ ސަބަބެކެވެ. އަދި މިއީ އިންތިޚާބުގައި ދެން ވާދަކުރާ ކެންޑިޑޭޓުންގެ ޙައްޤުތަކަށް ހުރަސްއެޅިގެންދާނޭ ކަމެކެވެ. އެގޮތުން ކަނޑައެޅިގެން ޤަވާޢިދާ ޚިލާފަށް ނުވަތަ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށް މިވަގުތުވެސް ހިންގަމުންދާ ބައެއް ކަންކަމުގެ ތެރޭގައި:

(ހ) ހިންގާ ކޮމިޓީން ފާސްކުރުމަކާ ނުލައި، އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކޮށްފައިވުން.

(ށ) ހިންގާ ޤަވާޢިދާއި، އިންތިޚާބާ ބެހޭ ޤަވާޢިދުގައި ބޮޑެތި ޚިލާފުތަކެއް ހުރިކަން

(1) އިންތިޚާބާ ބެހޭ ޤަވައިދުގައި އޮންނަނީ ކުރިމަތިލެވޭނީ އަންހެން 1، ފިރިހެން 1 މެމްބަރުކަމުގެ ޖާގައަށެވެ.އެހެންނަމަވެސް، ހިންގާ ޤަވާއިދުގައި ވަކި ޖިންސެއް ބަޔާން ކޮށްފައެއް ނުވެއެވެ. މިގޮތަށް އޮތުމުން، ހިންގާ ޤަވާއިދުގައި މެންބަރުންނަށް ކުރިމަތިލުމަށް އޮންނަ ޙައްޤުތައް އެޤަވާޢިދާ ޚިލާފަށް އިންތިޚާބާބެހޭ ޤަވާޢިދުން އެވަނީ ހަނިކޮށްފައެވެ

(2) ހިންގާ ޤަވާޢިދުގައި އޮންނަނީ ޖަމްޢިއްޔާގެ ފުރިހަމަ މެމްބަރަކަށް ވެވޭނީ، އެސޯސިއޭޝަން އިން ހިންގާ ރާވާ މުބާރާތެއްގައި ބައިވެރިވެފައިވާ،18 އަހަރު ފުރިފައިވާ، އަހަރީ ފީ ދައްކާފައިވާ މެންބަރުންނަށް ކަމަށެވެ. ނަމަވެސް، އިންތިޚާބާބެހޭ ޤަވާއިދުގައި ބުނެފައިވަނީ، އަހަރީ ފީ ދައްކާފައިވާ 18 އަހަރު ފުރިފައިވާމެންބަރުންނަކީ ޖަމްޢިއްޔާގެ ފުރިހަމަ މެންބަރުން ކަމުގައި ބަލާނެކަމުގައެވެ. އެހެންކަމުން، ފުރިހަމަ މެންބަރަކަށްވުން ލާޒިމުކުރާ އެއް ޝަރުޠުކަމުގައިވާ، އެސޯސިއޭޝަން އިން ހިންގާ ރާވާ މުބާރާތެއްގައި ބައިވެރިވެފައިވުމުގެ ޝަރުޠު އެވަނީ ،ހިންގާ ޤަވާޢިދާ ޚިލާފަށް، އިންތިޚާބާ ބެހޭ ޤަވާއިދުން އުނިކޮށްފައެވެ. މިކަމަކީ، ސީދާ ގޮތުން ވޯޓަށް ނުފޫޒު ފޯރުވޭނޭ ކަމެކެވެ. އަދި މިއީ ވޯޓަރޒް ލިސްޓް އޮޅުވާލުމަށް ކޮށްފައިވާ ކަމެއް ކަމުގައި ދެކެމެވެ.

ހިންގާ ޤަވާއިދާ ޚިލާފަށް މެމްބަރުން އިތުރުކުރުން.

ހިންގާ ޤަވާއިދުގައިވާ ގޮތުން އަލަށް ޖަމްޢިއްޔާއަށް އަލަށް މެމްބަރަކު ވެއްދެނީ ހިންގާ ކޮމެޓީއިން މެންބަރޝިޕް ދިނުމަށް ފާސް ކޮށްގެންނެވެ. އެހެންނަމަވެސް، މިހާރު މިކަން ކުރެވެނީ މިގޮތަކަށް ނޫނެވެ. ޚާއްސަކޮށް އިންތިޚާބާއި ދިމާކޮށް ގިނަ އަދަދެއްގެ މެންބަރުންގެ ސައްހަކަށް ހިންގާ ކޮމިޓީން ކަށަވަރުނުކޮށް މެންބަރުންގެ ގޮތުގައި ވަނީ އެތައް ބަޔަކު ރަޖިސްޓަރީކޮށްދީފައެވެ. މިކަމަކީ، ސީދާ ގޮތުން އިންތިޚާބަށް ނުފޫޒު ފޯރުވޭ ގޮތަށް، ވަކި ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމަށް، ހިންގާ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމެކެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މިކަންކަމާއި އެކު ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން މަޖިލީހަށް ހުށައެޅި ސިޓީގައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވަނީ އެދިފައެވެ.

މި ސިޓީ އާއި، 15 އޮގަސްޓް 2020 ތާރީޚުގައި ކޮމިޝަނާ އޮފް ސްޕޯޓްސް ބަޔާންކޮށްފައިވާ ޝަކުވާތަކާމެ ތިޔަ މަޖިލީހުން ގޮތެއް ނިންމެވުމުގެ ކުރިން، މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވިއްޖެނަމަ، މިސިޓީން ހުށަހަޅާފައިވާ ޝަކުވާތަކުގެ މަޤުޞަދު ޙާސިލުނުވާނެތީ އާއި، އަދި އެގޮތުން ބޭއްވޭ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ދެފުށްފެންނަ އިންތިޚާބަކަށް ނުވާނެތީ، މި މައްސަލަތައް ބައްލަވައި، ތިޔަ މަޖިލީހުން ގޮތެއްކަނޑައެޅުއްވުމާ ހަމައަށް އަންނަނިވި ވަގުތީ ފިޔަވަޅު އަޅުއްވައި ދެއްވުން އެދެމެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުނު ހިންގާ ކޮމިޓީގެ މެންބަރުން ތަމްސީލުކުރައްވާ ޤާނޫނީ ދެ ވަކީލުންނަކީ އަބްދުﷲ ޝާއިރު އާއި މަޙްފޫޒް ސައީދެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ޝާއިރު ވިދާޅުވީ އަންނަ މަހު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ތެޅިފޮޅެގެން އިންތިޚާބު ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، މިހާރު އޮތް ހާލަތާއެކުވެސް އިންތިޚާބު ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ޓީޓީ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އިސްލާހުކުރުމަށްފަހު އިންތިޚާބު ބާއްވާނަމަ، އެ އިންތިޚާބަކީ ދެފުށް ފެންނަ، މިނިވަން އިންތިޚާބަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާއިރު އިތުރަށް ވިދާޅުވީ އިންތިޚާބު ބާއްވާއިރު، ވޯޓާސް ލިސްޓުގައިވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އިދިކޮޅަށް ނުކުންނަ ކެންޑިޑޭޓުންނަށް ދިން ލިސްޓުގައި މެންބަރުންގެ ފުރިހަމަ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ޓީޓީ އެސޯސިއޭޝަނުގައި ތިބީ 56 މެންބަރުން ކަމަށާއި، ކުއްލިއަކަށް އިންތިޚާބާ ގާތްކޮށް މެންބަރުގެ އަދަދު 200ށްވުރެން މައްޗަށް ދިޔަ ސަބަބެއް އެނގިނުލައްވާ ކަމަށެވެ.

އެހެންކަމުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި އެދެފައިވާނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް ކުރާ މަސައްކަތް މެދުކަނޑާލުމަށާއި، އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އިސްލާހުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށްފަހު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ބެލުމުގެ ދަށުން އިންތިޚާބު ބޭއްވުމަށް ކަމަށް ޝާއިރު ވިދާޅުވިއެވެ.

ޝާއިރު ވިދާޅުވީ މީގެ ކުރިން މިގޮތަށް މައްސަލަ ޖެހުމާ ގުޅިގެން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބު އެހެން ބައެއްގެ ބެލުމުގެ ދަށުން ބާއްވާފައިވާ ކަމަށާއި، އޭގެ ތެރތޭގައި ވޮލީބޯޅަ އާއި، ފުޓްބޯޅަ އަދި ބާސްކެޓްބޯޅަ ހިމެނޭ ކަމަށެވެ. އެހެންކަމުން އިތުރު ފަރާތެއްގެ ބެލުމުގެ ދަށުން ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަނިގެ އިންތިޚާބު ފަސްކޮށްދިނުމަށް ހިންގާ ކޮމިޓީގެ މެންބަރުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި އެދުނުއިރު، އިންތިޚާބު މިހާރު ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. މި އިންތިޚާބުގައި ރައީސްގެ މަގާމަށް ތިން ބޭފުޅަކު އަދި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޑިސެމްބަރު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

22 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

20 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

03 އެޕްރީލު 2018
ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި

ވޯލްޑް ކަޕް އޯގަނައިޒިން ކޮމިޓީގެ ޗެއާމަން އިސްތިއުފާ ދެއްވައިިފި

28 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު