Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ ސްޕޯޓްސް ކްލަބް

ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިކްޓްރީގެ ޗެއާމަން އިންތިހާބު ކުރަން ވަނީ ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 15 ޑިސެމްބަރު 2018 | ހޮނިހިރު 15:02
މި ސީޒަން ފެށުމުގެ ގޮތުން ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން

މި ސީޒަން ފެށުމުގެ ގޮތުން ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ބޯޑުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އިންތިހާބު މި މަހު 22 ގައި ބޭއްވުމަށް އެ ކްލަބުން ނިންމައިފިއެވެ.

ވިކްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކްލަބުގެ އާންމު ޖަލްސާއެއް މި މަހު 22 ވާ ހޮނިހިރު ދުވަހު ގަލޮޅު މަދުރަސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ކްލަބުގައި ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

އެގޮތުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 3 ޖަހަންދެން ހުޅުވާލާފައިވާ ކަމަށާއި، އެ މުއްދަތުގައި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން އެ ކްލަބުގެ އީމެއިލް victory@famaldives.com އަށް ނުވަތަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ހުންނަ އެ ކްލަބުގެ އޮފީހަށް ސިޓީ ފޮނުވުމަށް އެދޭ ކަމަށެވެ.

ވިކްޓްރީގެ ބޯޑުން ހުސްވެފައިވަނީ ޗެއާމަންގެ މަގާމާއި، ވައިސް ޗެއާމަން (ފައިނޭންސް އެންޑް މާކެޓިން) ގެ މަގާމާއި، ވައިސް ޗެއާމަން (ސްޕޯޓްސް އެންޑް ޓެކްނިކަލް) ގެ މަގާމެވެ. އަދި 10 ބޯޑު ޑިރެކްޓަރުންނަށް މީހުން އަލުން އިންތިހާބުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މާލީ ގޮތުން މި އަހަރު އަޑިއަޅާލާފައިވާ ވިކްޓްރީއަށް މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ލިބިފައިވަނީ 10 ޕޮއިންޓެވެ. އެޓީމު ލީގު ނިންމާލީ ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

މިފަހަރު ލީގުގައި އެޓީމު 16 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ދެ މެޗަށް އެޓީމު ހާޒިރުވެފައި ނުވެއެވެ.

މި ސީޒަން ފެށިއިރު، ވިކްޓްރީގެ ޗެއާމަން އަކީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. ވައިސް ޗެއާމަން އަކީ ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ. މި ދެ ބޭފުޅުން މަގާމަށް އިންތިހާބުވީ މި އަހަރުގެ މާޗު މަހުއެވެ. އެހެންނަމަވެސް ޓީމަށް ފައިދާތަކެއް ހޯދައި ނުދެވި ދެބޭފުޅުންވެސް ވަނީ މިދިޔަ އޮކްޓޫބަރު މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު