Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފިނޭންސް މިނިސްޓްރީ

ކުޑަކުރި މުސާރަތަކާއި އެކު 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ

25 އޯގަސްޓު 2020 | އަންގާރަ 08:05

ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 އޯގަސްޓު 2020 | އަންގާރަ 08:05
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުގެ ދަށުން މުސާރަތައް ކުޑަކުރެވުމުން ސަރުކާރަށް 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއަށް ވުރެން މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަކޮށްފައެވެ. އަދި ރައްޔިޔުންގެ މަޖިލީހުގެ ހުއްދައާއިއެކު މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ އަދި މިނިވަން މުއްސަސާތަކުގެ މުސާރަތައް ވެސް ކުޑަކޮށްދީފައެވެ.

މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީ މަގާމުތަކުގެ ތެރެއިން އަސާސީ މުސާރަ 20،000 ރުފިޔާ އަށް އަށްވުރެ ދަށްވި ނަމަވެސް އެ މަގާމުތަކުގެ އަސާސީ މުސާރައިން 20 އިންސައްތަ އުނިކޮށްފައިވާ އިރު، އާންމު މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން އެއްވެސް އަދަދެއް އުނިކޮށްފައެއް ނުވެއެވެ.

މުވައްޒަފުންގެ ތެރެއިން 20،001 ރުފިޔާ އާއި 30،000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 20 އިންސައްތަ އުނިކޮށްފައިވާ އިރު، 30،001 ރުފިޔާ އާއި 60،000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 30 އިންސައްތަ ވަނީ އުނިކޮށްފައެވެ. އަދި 60،001 ރުފިޔާ އަށް ވުރެ މަތިން މުސާރަލިބޭ މީހުންގެ މުސާރައިން 35 އިންސައްތަ ވަނީ އުނިކޮށްފައެވެ.

ރައްޔިތުންގެ މަޖީލީހުގެ ހުއްދައާއި އެކު މުސާރަ ކުޑަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 20،00 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން އުނިކޮށްފައި ވަނީ 20 އިންސައްތައެވެ. އަދި 30،001 ރުފިޔާ އާއި 60،000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 30 އިންސައްތަ އުނިކޮށްފައިވާ އިރު، 60،001 ރުފިޔާ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރަ އިން އުނިކޮށްފައި ވަނީ 35 އިންސައްތައެވެ. އެހެންނަމަވެސް މަޖިލީހުން މުސާރަ ކުޑަކުރުމުގެ ހުއްދަ ދީފައިވަނީ ޖުލައި މަހުގެ ނިޔަލަށެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާގޮތުން ކޮވިޑް-19 އާއި ގުޅިގެން ކުޑަކުރި މުސާރަތައް އޮގަސްޓް މަހުން ފެށިގެން އިޔާދަކޮށްފައިވާ އިރު، ސަރުކާރުން ކުޑަ ކުރި މުސާރަތައް ވެސް ޖުލައި މަހުގެ ނިލަށް ކުޑަ ކުރުމަށް ފަހު އިޔާދަކޮށްފައި ވަނީ މަޖިލީހުން ކުޑަ ކުރި މުސާރަތައް ކުޑަކުރުމަށް ދިން މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މުސާރަތައް ކުޑަ ކުރި ނަމަވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މުވައްޒަފުންގެ އިތުރުން، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެމުވައްޒަފުންނާއި ނެޝަނަލް އިރމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއް ނިސްބަތްވާ އިދާރާއަކުން އައްޔަން ކުރުމުގެ ސަބަބުން އެ ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރު މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ކުޑަ ކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް