Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެސްސީގެ މެމްބަރުންގެ ލިސްޓު

ސީއެސްސީ ލިސްޓުގައި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ނަމެއް ނޯންނާނެ: ކޮމިޓީ މުގައްރިރު

އަންގާރަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ބެލުމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2020 | އަންގާރަ 06:21
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަން

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މަގާމަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު ޝޯޓް ލިސްޓު ކުރެވުނު 13 ބޭފުޅުންގެ ލިސްޓުގައި އެއްވެސް މަޖިލިސް މެމްބަރެއްގެ މަސްލަހަތު ހިމެނޭ ނަމެއް ނޯންނާނެ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ސީއެސްސީއިން ހުސްވެފައިވާ 4 މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު ޝޯޓް ލިސްޓު ކުރެވުނު 13 ބޭފުޅުންގެ ލިސްޓުގައި މަޖިލިސް މެމްބަރެއްގެ މަސްލަހަތު އޮތް ނަމެއް ހިމެނޭ ކަމަށް ބެލެވޭތީ، އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޓީން ތަޅުމަށް ފޮނުވީ އިންޓަރވިއު ކުރެވުނު ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު 13 ބޭފުޅުން ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގަ މަސްލަހަތު އޮތް އެއްވެސް މެމްބަރަކު އެ މެމްބަރަކާއި ގުޅުން ހުރި ފަރާތެއްގެ އިންޓަރވިއުގައި ބައިވެރިވެ ވޯޓު ދެއްވާފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލަ ބެއްލެވުމަށް ރޮޒެއިނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އަދި ވަކި މެމްބަރަކަށް ވޯޓު ނުދެއްވިގެން އެއްވެސް ނަމެއް ތަޅުމަށް ފޮނުވުމަށް ނިންމިފައި ނުވާނެ ކަމަށާއި ކޮމިޓީގެ މެމްބަރުން މަސައްކަތް ކުރައްވާފައިވަނީ ވަރަށް އިންސާފުވެރިކަމާއި އެކު ކަމަށް ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ ސީއެސްސީގެ މެމްބަރު ކަމަށް ގާބިލު ނޫން އެއްވެސް ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާފައިނުވާނެ ކަމަށެވެ.

ސީއެސްސީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެންމެ ފުރަތަމަ އެކުލަވާލީ 15 ބޭފުޅުންގެ ލިސްޓެކެވެ. އެހެންނަމަވެސް، މި މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބެލުމަށްފަހު އެ ލިސްޓު 13 އަށް މަދު ކުރެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
ސީއެސްސީން ޓްރަސްޓް ފަންޑެއް ގާއިމުކޮށްފި

ސީއެސްސީން ޓްރަސްޓް ފަންޑެއް ގާއިމުކޮށްފި

23 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު