Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެސްސީގެ މެމްބަރުންގެ ލިސްޓު

ސީއެސްސީގެ މެމްބަރުންގެ ލިސްޓު: މެމްބަރެއްގެ މަސްލަހަތު އޮތް ކަމަށް ފެންނާތީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށް

އަންގާރަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ބެލުމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2020 | އަންގާރަ 05:38
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މަގާމަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު ޝޯޓްލިސްޓު ކުރެވުނު 13 ބޭފުޅުންގެ ލިސްޓުގައި މަޖިލިސް މެމްބަރެއްގެ މަސްލަހަތު އޮތް ބޭފުޅެއް ހިމެނޭ ކަމަށް ބެލެވޭތީ، އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ބެލުމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ ސީއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ދިރާސާ ކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ލިސްޓުގައި އެ ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ބެލެވޭ ބޭފުޅެއް ހިމެނޭކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ބޮޑުވެގެންދާނީ ދެފުށް ފެންނަ ގޮތަށް ވަކި އަތަކަށް ބުރަ ނުވެ، އަމިއްލަ މަސްލަހަތަށް ނުބަލާ، ރާއްޖޭގެ މުއައްސަސާތައް ބިނާކުރުމަށް މަޖިލީހުން މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެ މުއައްސަސާތަކުގެ މަގާމުތަކަށް ގާބިލު ބޭފުޅުން ކަނޑައެޅުމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް ވައުދު ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ސީއެސްސީގެ ލިސްޓުގެ މައްސަލައިގައި އެ ބާވަތުގެ ފުށުއެރުމެއް އުޅޭކަމަށް ފެނިވަޑައިގަންނަވާތީ ވީހާވެސް އަވަހަކަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސީއެސްސީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެންމެ ފުރަތަމަ އެކުލަވާލީ 15 ބޭފުޅުންގެ ލިސްޓެކެވެ. އެހެންނަމަވެސް، މި މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބެލުމަށްފަހު އެ ލިސްޓު 13 އަށް މަދުކުރެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު