Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަކީދޫ ބަނދަރުގެ މައްސަލަ

ރަކީދޫ ބަނދަރުގެ މައްސަލާގައި ކޮމިޓީގައި މަޝްވަރާކޮށްފި

މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 19:36
ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫއޫގެ ތެރެއިން

ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫއޫގެ ތެރެއިން

ވ. ރަކީދޫ ބަނދަރުގެ މަޝްރޫއުއާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

ރަކީދޫ ބަނދަރުގެ މައްސަލަ ފެށުނު ހިސާބަކީ، އެ ރަށުގެ ބަނދަރު މިހާރު ހަދަމުންދާ ތަން ނޫން އެހެން ތަނެއްގައި ހަދާނަމަ ގިނަ ފަސް ލިބޭނެ ކަމަށް ބުނެ ޕެޓިޝަނެއް ހުށައެޅި ހިސާބުންނެވެ. އެކަމާއި ގުޅިގެން 100 ވަރަކަށް މީހުން ސޮއިކޮށް ޕްލޭނިން މިނިސްޓްރީގެ އިތުރުން ކަމާއިބެހޭ އިދާރާތަކަށް ޕެޓިޝަނެއް ފޮނުވިއެވެ. އެހެން ނަމަވެސް މިނިސްޓްރީން ލިބިފައިހުރި ބަޖެޓުން އެހެން ސަރަހައްދެއްގައި ބަނދަރު ނެހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

އެހެން ސަރަހައްދެއްގައި ބަނދަރު ނެހެދޭނެޔޭ ބުނުމުން އެ ރަށު ރައްޔިތުންތަކެއް މިނިސްޓްރީ އަށް ގޮސް އެމީހުން ޝަކުވާތައް ޕްލޭނިން މިނިސްޓަރާއި ހިއްސާކުރިއެވެ. އެ ޝަކުވާތަކާއި ގުޅިގެން މިނިސްޓްރީން، ރަކީދޫ ކައުންސިލްގެ ހިމެނޭ ގޮތަށް ކޮންފަރެންސް ކޯލް މެދުވެރިކޮށް ބައްދަލުވުމެއް ބޭއްވިއެވެ. އެ ދާއިރާގެ މަޖިލީސް މެމްބަރުވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ކުރިޔަށް ދިޔަ ބައްދަލުވުމުގައި މިނިސްޓްރީން ދެ ހުށައެޅުމެއް ކައުންސިލާ ހިއްސާކުރިއެވެ.

އެއީ އައްދަށު ތޮށި ނުޖަހާ އަދި އައްދަށު ތޮށި ޖަހާފައި ބަނދަރުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށެވެ. އެ ހުށައެޅުމުގެ ތެރެއިން ރަށު ރައްޔިތުން ބޭނުންވީ އައްދަށު ތޮށި ޖަހައިގެން ބަނދަރުގެ މަސައްކަތް ކުރިޔަށް ގެން ދިޔުމަށެވެ. އޭގެ ސަބަބެއް ކަމަށް ރައްޔިތުން ބުނީ، އައްދަށު ތޮށި ނުޖަހާ އޮތީއްޔާ ވެލިއަރާ އަވަސް މުއްދަތެއްގައި ބަނދަރު ތިލަވާނެތީ އެވެ. އަދި އެފަދަ ކުދި އާބާދީތަކަށް މިހެން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ދަތިވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށްވެސް ރައްޔިތުން ބުންޏެވެ.

އެ ހުރިހާ ދަތިތަކެއް އިހުސާސް ކުރެވޭނީ ރަށުގައި ދިރިއުޅޭ މަދު އަަދަދެއްގެ ރައްޔިތުންނަށް ކަމަށްވެސް ރައްޔިތުން ބުނެއެވެ. އެ ދެ ހުށައެޅުންވެސް ކައުންސިލުން ވަނީ ރަށު ރައްޔިތުންނަށް ހިއްސާ ކޮށްފައެވެ. އެ ދެ ހުށައެޅުމުގެ ތެރެއިން ރައްޔިތުން ހިޔާރުކުރީ މިނިސްޓްރީން ފުރަތަމަ ނިންމާފައި އޮތް ގޮތަށް، އައްދަށު ތޮއްޓާއެކު ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށެވެ.

ރައްޔިތުން ބޭނުންވި ގޮތަށް ބަނދަރު މަޝްރޫއު ކުރިޔަށް ގެންދަން މިނިސްޓްރީން ހުއްދަ ދިނެވެ. ހުއްދަ ދޫކުރުމާއި އެކު ރަށުގެ މަދު ބަޔަކު ވަނީ ކުރިން، ބަނދަރު އެހެންތަނަަކަށް ބަދަލު ކުރުމަށް ހުށައެޅި ޕެޓިޝަންގެ ލިޔުން ބަދަލުކުރުމަށް ފަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށައަޅާފައެވެ. އެ ލިޔުމުގައި ވަނީ އައްދަށު ތޮށި ނުޖަހާ ބަނދަރު ހެދުމަށް ބޭނުންވާ ކަމަށެވެ. މި ހުށައެޅުމާއި އެކު މަސައްކަތް މަޑުޖައްސާލަން އެލްޖީއޭއިން ޕްލޭނިން މިނިސްޓްރީން އެދުނެވެ.

ރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެލްޖީއޭ އާއި ޕްލޭނިން މިނިސްޓްރީގެ ޓީމެއް ވަނީ ޖުލައި މަހު ރަކީދޫ އަށް ގޮސް ރަށު ރައްޔިތުންގެ ހިޔާލު ހޯދާފައެވެ. އެ މަޝްވަރާތައް ނިމިގެން ދިޔައީ އައްދަށު ތޮށި ޖަހައިގެން ބަނދަރު ހެދުމަށެވެ. އަދި އެކަމަށް ތާއިދުކޮށް މާލޭގައި ދިރިއުޅޭ ރަކީދޫގެ 100 އެއްހާ ރައްޔިތުން ވަނީ ޕެޓިޝަން ހުށައަޅާފައެވެ.

އެއަށް ފަހު ނިމިގެން ދިޔައީ ރަކީދޫގެ ބަނދަރު ކުރިޔަށް ގެންދާނީ ރައްޔިތުން އަދި ކައުންސިލުން ބޭނުންވާ ގޮތަށް ކަމަށެވެ. އެ ނިންމުމާއިއެކު ބަނދަރު ހެދުމުގެ މަޝްއޫރު ފެއްޓުމުގެ ހުއްދަ ތިންވަނަ ފަހަރަށް ޕްލޭނިން މިނިސްޓްރީން ދިނެވެ.

އެހެން އެކަން އޮއްވާ އެ ރަށުގެ ބައެއް ރައްޔިތުން ބޭނުންވާ ގޮތަށް އަދި ލޯކަލް ޓޫރިޒަމް ފައިދާވެސް ލިބޭނެ ގޮތް ކަމަށް ބުނެ އެންވަޔަރަމެންޓް ކޮމިޓީއަށް އަނެއްކާވެސް ޕެޓިޝަން ހުށައެޅިއެވެ. އެ ޕެޓިޝަން ގައި ވަނީ ވ. އަތޮޅުގެ ބައެއް ރަށްރަށް ހިމެނޭ ގޮތަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބަނދަރު ހަދާ ތަރައްގީގެ ގިނަ މަސައްކަތްތަކެއް މި ސަރުކާރާ، ކުރީ ސަރުކާރުތަކުން ނިންމާފައިވީ ނަމަވެސް މީގެ ކުރީގެ ހުރިހާ ސަރުކާރުތަކުން ވަނީ ރަކީދޫގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލާފައި ކަމަށް ބުނެފައެވެ.

ރަކީދޫ އަށް މީހުން ލަފާފުރަން އޮންނަ ތަނަކީ ރީތީ ވެލިގަނޑެއް އޮތް އަދި މޫދުގެ ދިރުންތައްވެސް އާލާވެފައިވާ ސަރަހައްދަކަށް ވާތީއާ އެތަނަކީ މިހާރުވެސް މަޑިއަށް ކާންދޭ ތަނަކަށް ވާތީވެ އެތަން ހަލާކު ނުވާނެ ގޮތަށް ބަނދަރު ހަދައިދޭން ޕެޓިޝަނުގައި އެދިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން ކޮމިޓީ އަށް ވަނީ އެލްޖީއޭ، ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިސްބޭފުޅުން ހާޒިރުކޮށް މެމްބަރުން ވަނީ ސުވާލުތައް ކުރިމަތި ކޮށްފައެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ، މިހާރު އައްދަށު ތޮށި ޖަހައިގެން މަސައްކަތް ކުރިޔަށްދާނަމަ އެ ސަރަހައްދުގެ ބީޗް ނޯއްނާނެ ކަމަށެވެ.

އެ ކޮމިޓީގައި ރަކީދޫ ރައްޔިތުން ހުށައެޅި ޕެޓިޝަނާއި ހަވާލާދީ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ގިނަ ރައްޔިތުންތަކެއް ބޭނުންވަނީ ލޯކަލް ޓޫރިޒަމް އަށް ފައިދާވާ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބައިވެރިވެ ވަޑައިގެންނެވި މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގް ވިދާޅުވީ، ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދަނީ އީޕީއޭއިން ހުއްދަޔާ އެކު ކަމަށެވެ. އެކަމަކު ރަކީދޫގެ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޑިޒައިންތައް ހެދިގެން މިހާރު ކޯޓޭޝަންތައްވެސް ލިބިފައިވާ ކަމަށް ޝާނާ ވިދާޅުވިއެވެ. ޝާނާ ވިދާޅުވީ، ރައްޔިތުންގެ ނިންމުން ބައްދަލު ކުރަން ބޭނުންވާނަމަ ކައުންސިލުން ޕްލޭނިން މިނިސްޓްރީ އަށް ރަސްމީ ސިފައެއްގައި ސިޓީއެއް މެދުވެރިކޮށް އަންގަން ޖެހޭނެ ކަމަށެވެ. ރަކީދޫ ބަނދަރުގައި މިހާރު ކުރިޔަށް ދަނީ ކޮނުމުގެ މަސައްކަތެވެ.

ކޮމިޓީގައި ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ، ގިނަ ރައްޔިތުން ބޭނުންވަނީ ޕްލޭނިން މިނިސްޓްރީން އިން ފުރަތަމަ ނިންމި ޕްލޭނާއި އެއްގޮތަށް ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. އަދި ކައުންސިލުންވެސް އަބަދުވެސް މަސައްކަތް ކުރަމުން އައިސްފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ސާމީ ވިދާޅުވީ، ބަނދަރު މައްސަލާގައި މިވީހާ ތަނަށް ދެކެވުނު ވާހަކަތަކަށް ބަލާއިރު މި ކަމުގައި އަމިއްލަ ބައެއްގެ މަސްލަހަތުތަކެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން މަޖިލީހަށް ޕެޓިޝަން ހުށައެޅި ސުހައިލްގެ ފަރާތުން މިދިޔަ ހަފްތާ ތެރޭގައި ކައުންސިލަށް ސިޓީއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސިޓީގައި ސުހައިލް ބުނެފައިވަނީ މިހާރު ބަނދަރު ހަދާ ތަނުގައި ބަނދަރު ތަރައްގީކޮށްފި ނަމަ އޭނާގެ ބޯޓު ބޭލުމުގައި އެތައް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި، އެކަމުގައި ލިބޭ ގެއްލުމުގެ މާލީ ޒިންމާ އެލްޖީއޭ އަދި ރަކީދޫ ކައުންސިލުން ނަގަން ޖެހޭނެ ކަމަށެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު