Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ގެ ހާލަތު

ފިޔަވަޅުތައް އަޅަނީ އިތުރު ގޮތެއް ނެތިގެން: ޓެގް

23 އޯގަސްޓު 2020 | އާދީއްތަ 19:24

ޓްރަޔަޖްކޮށް ފަރުވާ ދޭން ޖެހިދާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 23 އޯގަސްޓު 2020 | އާދީއްތަ 19:24
އެޗްއީއޯސީން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން

އެޗްއީއޯސީން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ހަރުކަށި ކުރަނީ އެއްވެސް ބަޔަކަށް ދަތިތަކެއް ކުރިމަތި ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، ފިޔަވަޅުތައް އަޅާނީ އިތުރު ގޮތެއް ނެތިގެން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމި ނިންމުމާއި އެކު އާއްމުންގެ ފާޑުކިޔުން ވަނީ އިންތިހާ އަށް އިތުރުވެފައެވެ.

Advertisement - newsAdvertisement

އެ ކަންބޮޑުވުންތަކާއި ގުޅިގެން އާދިއްތަ ދުވަހުގެރޭ ހެލްތް އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރާއްޖޭގެ ކޮވިޑުގެ ހާލަތާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޓެކްނިކަލް އެޑްވައިޒަރީ (ޓެގް) ގެ ލީޑަރު ޑރ އަލީ ލަތީފް ވިދާޅުވީ، ފާއިތުވި ހަފްތާގައި ރިޕޯޓް ކުރެވުނު ކޭސްތަކުގެ އަދަދުތަކަށް ބަލާއިރު ވެސް މި އަދަދު ތަކަކީ ރާއްޖެ ކަހަލަ އާބާދީ ކުޑަ ގައުމަކަށް ބޮޑު އަދަދު ތަކެއް ކަމަށެވެ. ފާއިތުވި ހަފްތާގައި ވެސް 900ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އަދަދުތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ، ދުވާލަކަށް 200 އެއްހާ މީހުން ޕޮޒިޓިވްވާނަމަ ހޮސްޕިޓަލުތަކުގައި މީހުންނަށް ފަރުވާދޭ ވަރަށް އެނދު ހުއްޓަސް އެކަން މެނޭޖް ނުކުރެވޭނެ ކަމަށެވެ.

ޑރ. ލަތީފް ސިފަކުރެއްވި ގޮތުގައި ގިނަ ދުވަސްތަކަކަށް މަސައްކަތް ކުރުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތިބި ވަރުބަލިވެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ބަލި ޖެހޭ މީހުން މަރުވަމުންދަނީ އެމީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ނުދެވޭތީކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މާލެ ގައި ކޭސްތައް ގިނަވެގެންދާނަމަ ޓްރަޔޭޖް ކުރަން ޖެހިދާނެ ކަމަށެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ އަލަށް އެޅި ފިޔަވަޅުތަކަކީ ކޭސްތައް މަދު ކުރަން އެޅި ފިޔަވަޅެއް ކަމަށެެވެ. އެޅި ފިޔަވަޅުތަކާއި އެކު ގިނަ އަދަދެއްގެ ބައެއް ހިތްހަމަ ނުޖެހޭ ކަންތައް ހުރި ކަމަށް ޓެގުން ބުންޏެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ، ފިޔަވަޅުތައް އަޅަމުންދަނީ، ފްލޫ ކްލިނިކް އިން ޕޮޒިޓިވްވާ މީހުންގެ އަދަދަށާއި ކޭސްތަކުގެ އަދަދު ޑަބަލްވެގެންދާ އަދަދާއި އެއްވެސް ކޭސްއަކާއި ޕޮޒިޓިވްނުވާ މީހުންގެ އަދަދާއި، އެޑްމިޓްކުރާ މީހުންގެ އަދަދުގެ އިތުރުން ބެޑް ކެޕޭސިޓީ އަށް ބަލާފައި ކަމަށެވެ.

އަލީ ލަތީފް ވިދާޅުވި ގޮތުގައި ކޭސްތަކުގެ އަދަދު އިތުރުވާނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހޭނެ އެވެ. އެކަމަަކު އަދި މިހާރުގެ ހާލަތުން ލޮކްޑައުން އަކަށް ދާން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކު ލޮކްޑައުން އަކަށް ނުގޮސް ފަރުޖައްސާލެވޭނެ ޔަގީންކަން ޓެގް ޓީމުން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް