Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންނާ ސުވާލުކުރުން

މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިނިސްޓަރ މަހުލޫފް ހާޒިރުކުރަނީ

23 އޯގަސްޓު 2020 | އާދީއްތަ 13:29

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް، މިނިސްޓަރު މަހްލޫފްއާ ދެ ސުވާލެއް ކުރެއްވުމަށް ހުށަހަޅޫއްވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޯގަސްޓު 2020 | އާދީއްތަ 13:29
މިނިސްޓަރ އިބްރާހީމް އަމީރު އަދި މިނިސްޓަރ އަހުމަދު މަހްލޫފް

މިނިސްޓަރ އިބްރާހީމް އަމީރު އަދި މިނިސްޓަރ އަހުމަދު މަހްލޫފް

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް އާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައި ވަނީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

Advertisement - newsAdvertisement

ހުސައިން ޝަހީމް ވަނީ، މަހްލޫފްއާ ދެ ސުވާލެއް ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. ފުރަތަމަ ސުވާލެއްގެ ގޮތުގައި ވަނީ، ކުޅިވަރު ޤާނޫނާއި އަދި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ކުޅިވަރު ޤައުމީ ޖަމްޢިއްޔާތަކާ އެއްވެސް ހައިސިއްޔަތަކުން ގުޅުންބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެތޯ؟ އެވެ. އަދި ޤާނޫނާ ޚިލާފަށް އޮޕަރޭޓުކުރާ އެއްވެސް ކުޅިވަރު ޤައުމީ ޖަމްޢިއްޔާއަކަށް ދައުލަތުގެ ކުޅިވަރު ބިންތަކާއި އަދި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީ، ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރެވިފައިވާނެތޯ؟ އެވެ.

ހުސައިން ޝަހީމް ކުރައްވާ ދެވަނަ ދުވާލުގައި ވަނީ، 2 ޖުލައި 2020 ގައި ތާވަލްކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެފްއޭއެމްގެ އިންތިޚާބު ފަސްކުރުމަށް އެފްއޭއެމްއިން އެންގިކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންކަމަށްވާނަމަ އެފްއޭއެމް އިން އެ އިންތިޚާބު އެ ބޭއްވީ ވަޒީރުންގެ އެންގުމާ ޚިލާފަށްކަމަށް ޤަބޫލުކުރަންތޯ؟ އެންގުމާ ޚިލާފަށްކަމަށް ނޫންނަމަ އެއީ ކީއްވެތޯ؟ އެންގުމާ ޚިލާފަށްނަމަ އެ އިންތިޚާބު ޤަބޫލުކުރަންތޯ؟ އެވެ.

އޭގެއިތުރުން ފިނޭންސް މިނިސްޓަރު އަމީރުއާ ލިޔުން ޖަވާބު ހޯދުމަށް ސުވާލުކުރައްވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް އެވެ. އަމީރު އާ މީކާއީލް ކުރައްވާ ސުވާލުގައި ވަނީ، 2017 ވަނަ އަހަރު ދައުލަތުން ސޮވެރިންގ ގެރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓްވެފައިވޭތޯ؟ އިސްވެ ދެންނެވުނު ލޯނު ޑީފޯލްޓްވެފައިވާނަމަ ދައުލަތުން މި ލޯނަށްވާ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވޭތޯ އަދި މި އިންތިޒާމު ހަމަޖެހިފައިވާނަމަ ފައިސ ދެއްކުމަށް ހަމަޖެހިފައިވާ މުއްދަތަކީ ކޮބައިތޯ؟ އެވެ.

އޭގެއިތުރުން ދައުލަތުގެ ފަރާތުން 2017 ވަނަ އަހަރު ދައުލަތުން ސޮވެރިންގ ގެރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށް އެކްސްޓެންޝަނަކަށް އެދިފައި ވާނެތޯ؟ އާއި، އެދިފައިވާނަމަ މި އެކްސްޓެންޝަން ހަމަޖައްސަނީ ޖީ-20 ޑެޓް މޮރެޓޯރިއަމްގެ ދަށުންތޯ؟ އަދި، މި ލޯނު ދެއްކުމަށް އެކްސްޓެންޝަނެއް ދޭނަމަ މި ކަމުގެ ސަބަބުން ދައުލަތުގެ މާލީ އިންތިޒާމަށް ކުރާނެ އަސަރުތަކަކީ ކޮބައިތޯ؟ އެވެ.

މީކާއީލްގެ މި ސުވާލަށް ފިނޭންސް މިނިސްޓަރު ލިޔުމުން ދެއްވާ ޖަވާބު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު ފިނޭންސް މިނިސްޓްރީ މިމަހުގެ 6 ވަނަ ދުވަހު ވަނީ ސޮވެރިންގ ގްރެންޓީއާ ގުޅޭ ނޫސްބަޔާނެއް ނެރުއްވާފަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ސަން ސިޔާމުގެ ކުންފުނިން މިހާރު ވަނީ އެފައިސާ ޗައިނާގެ އެގްޒިމް ބޭންކަށް ދައްކާފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަން ސިޔާމްގެ، އޭއެސްއެޗް ކުންފުންޏަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނަކަށް ދައުލަތުން، ސޮވެރިން ގެރެންޓީ ދީފައިވާއިރު، މި ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުމުން އެ ފައިސާ މި އޮގަސްޓް މަހުގެ ތެރޭގައި ދެއްކުމަށް ދިވެހި ސަރުކާރަށް ޗައިނާގެ އެގްޒިމް ބޭންކުން އަންގާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް