Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާއިން ދޭ މާލީ އެހީ

އިންޑިއާއިން ބުނަނީ މާލީ އެހީއަށް ސަރުކާރުން ޙިޔާނަތްތެރި ނުވާނެކަމުގެ އިތުބާރު އެބައޮތްކަމަށް!

އެ ފައިސާ ބޭނުންކުރަންވީ ކޮން މަޝްރޫއަކަށްކަން ކަނޑައަޅާނީ އެ ޤައުމަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2020 | ހޮނިހިރު 18:28
ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވަނީ

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވަނީ

އިންޑިއާއިން އެކި ބޭނުންތަކުގައި ރާއްޖެއަށް ފޯރުކޮށްދޭ މާލީ އެހީއަށް ސަރުކާރުން ޙިޔާނަތްތެރިނުވާނެކަމުގެ އިތުބާރު އެބައޮތްކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ "މޯލްޑިވްސް ވީކްލީ"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ސަންޖޭ ވިދާޅުވީ، ޤައުމުތަކާ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދޭއިރު، އެ ގުޅުން ބިނާވަނީ އިތުބާރުގެ މައްޗަށް ކަމަށެވެ. އެއާއެކު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ ރާއްޖޭގެ ލީޑަރޝިޕާއި ސަރުކާރަށް ފުރިހަމަ އިތުބާރު އޮތުމުން ކަމަށް ސަންޖޭ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެއިތުރުން، އިންޑިއާއިން ދޭ އެހީތަކަކީ ވަކި ޝަރުތުތަކެއް ކޮށްފައި ވެދޭ އެހީތެރިކަމެއް ނޫންކަން ފާހަގަކުރައްވައި ސަންޖޭ ވިދާޅުވީ، ފައިސާ ދޫކުރުމަށްފަހު، އެ ފައިސާ ބޭނުންކުރަންވީ ކޮން މަޝްރޫއަކަށްކަން ކަނޑައަޅާނީ އެ ޤައުމަކުން ކަމަށެވެ. އަދި އެކަމުގައިވެސް ސަރުކާރަށް އިތުބާރު ކުރައްވާކަމަށް ސަންޖޭ ވިދާޅުވިއެވެ.

ސަންޖޭ ވިދާޅުވީ، ފައިސާގެ މިފަދަ މުއާމަލާތްތަކުގެ ތެރެއިން އުފެދޭ ކޮރަޕްޝަނާއި، ޙިޔާނަތް ފަދަ ކަންކަމާ ގުޅިގެން އަމަލު ކުރާނެ ނިޒާމެއް ރާއްޖޭގައިވެސް ޤާއިމުވެފައިވާ ކަމަށާއި، އެ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އިންޑިއާއިން ވެދޭ އެހީތެރިކަންވެސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެއްވުމަށް ސަންޖޭ ވަނީ އެދިވަޑައިގެންފައެވެ.

އިންޑިއާއިން އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރު، އެ ޤައުމުން ވަނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއް ރާއްޖެއަށް ދިނުމަށް ނިންމާފައެވެ. އަދި ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުގެ މަޝްރޫޢަށް އެހީދިނުމަށްވެސް އިންޑިޔާއިން ވަނީ އެއްބަސްވެފައެވެ.

އިންޑިއާއިން ގެންގުޅޭ "ނެއިބަރ ހުޑް ފަރސްޓް" ޕޮލިސީއަށްވެސް ސަންޖޭ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަންޖޭ ވިދާޅުވީ، އެ ޕޮލިސީގެ ޙަޤީޤީ މާނައަކީ ދުނިޔޭގެ މަޝްރަޙުގައި ކޮންމެ ކަމެއް ހިނގި ނަމަވެސް، އެކަމަށް އަވައްޓެރި ޤައުމުތަކަށް އެހީތެރިވުމަކީ އިންޑިއާއިން އެންމެ އިސްކަމެއްގެ ގޮތުގައި ކުރާނެ އެއްކަންތައް ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އަވައްޓެރި ޤައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ފެނިގެން ގޮސްފައިވާއިރު، އަވައްޓެރި ޤައުމުތަކަށް އެހީވުމަށް އެންމެ ކުރީ ސަފުގައި އިންޑިއާއިން މަސައްކަތް ކުރާނެ ކަންވެސް ފެނިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު