Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް އިމާރަތް ހެދުމުގެ މަސައްކަތް

އެމްއެންޑީއެފް އިމާރަތް ހެދުމުގެ މަސައްކަތް އެސްޖޭ ކުންފުންޏަށް ނުލިބުނީ މިހެންވެ!

އެ ބިޑް އެވޯޑް ކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަނަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޯގަސްޓު 2020 | ހޮނިހިރު 10:57
ފިނޭންސް މިނިސްޓްރީން ވަނީ ޓެންޑަރ ބޯޑުން ބިޑުތައް އެވާރޑް ކުރާ އުސޫލު ބަޔާންކޮށްފައި

ފިނޭންސް މިނިސްޓްރީން ވަނީ ޓެންޑަރ ބޯޑުން ބިޑުތައް އެވާރޑް ކުރާ އުސޫލު ބަޔާންކޮށްފައި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިމާރަތް ހެދުމުގެ މަސައްކަތަށް ހުޅުވާލުމުން އެންމެ ކުޑަ އަގެއް ހުށައެޅި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް އެވާރޑް ނުކުރި ސަބަބު ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރުމުގައި އަމަލު ކުރާނެ އުސޫލާއި ޙަވާލާދީ ފިނޭންސް މިނިސްޓްރީން ބުނީ، މިނިސްޓްރީ އޮފް ޑިފެންސްގެ އިމާރާތް ހެދުމަށް ހުޅުވާލެވުނު ޓެންޑަރގެ މަސައްކަތް ކުންފުންޏަކާ ހަވާލު ކުރިއިރު ބެލިފައިވަނީ އައު އުސޫލަށް ކަމަށެވެ. އެގޮތުން މި ޓެންޑަރގައި އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ނަމަވެސް، އެ ބިޑް އެވޯޑް ކޮށްފައިވަނީ ދެވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.

ކުންފުނިތަކަށް އެއްފަހަރާ ޓެންޑަރތަކުގައި މަސައްކަތް ކުރެވޭނޭވީ ވަކި އަދަދުތަކަކަށް ކަމަށާއި ޖުމްލަ ފައިސާގެ އަދަދަށް ބަލާއިރު، މި އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާއާ ހަމައަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ކުންފުންޏަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑަރތަކުގެ އަދަދަކީ ގިނަ ވެގެން 8 އެވެ. ނަމަވެސް، އެވަގުތު އެ ކުންފުނިން 310 މިލިއަން ރުފިޔާގެ މަޝްރޫޢުގައި ސޮއި ކޮށްފައިވާއިރު، އެއީ ޖުމްލަ 11 ޕްރޮޖެކްޓް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެއާއެކު މި އުސޫލުގެ ދަށުން ދެވަނައަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މި ބިޑް ކާމިޔާބުވީކަމަށް ފިނޭންސުން ބުންޏެވެ.

ސަރުކާރުގެ މި ސިޔާސަތަކީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން 1 އޭޕްރީލް 2020 ގައި ގެޒެޓް ކުރެވި ނޭޝަނަލް ޓެންޑަރ ބޯޑުން އަމަލު ކުރުމަށް ލާޒިމު ކޮށްފައިވާ އުސޫލެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި އުސޫލުގެ ބޭނުމަކީ ނޭޝަނަލް ޓެންޑަރއިން އެވޯޑް ކުރާ މަޝްރޫޢުތައް އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމާއި، ގިނަ ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނީ، މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޖަމްއިއްޔާ މަސީ އަދި މިނޫންވެސް މިކަމާ ގުޅޭ އެހެނިހެން ފަރާތްތަކާވެސް މަޝްވަރާ ކުރެވި ޚިޔާލު ހޯދިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު