Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޮރިޝަސްގެ ފަރަށް އެރި ބޯޓު

މޮރިޝަސްގެ ފަރަށް ބޯޓު އެރިއިރު ފަޅުވެރިން ތިބީ އުފަންދުވަސް ފާހަގަކުރަން!

މި މައްސަލައިގައި ބޯޓުގެ ކެޕްޓަނާއި ފަސްޓް އޮފިސަރު ވަނީ ހައްޔަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2020 | ބުރާސްފަތި 14:15
ވަކަޝިއޯ ބޯޓު މޮރިޝަސްގެ ފަރަށް އަރައި ބޯޓު ދެފަޅިވެފައި؛ އެތައް ހާސް ޓަނުގެ ތެޔޮވަނީ ބޯޓުން ބޭރުބެފައި

ވަކަޝިއޯ ބޯޓު މޮރިޝަސްގެ ފަރަށް އަރައި ބޯޓު ދެފަޅިވެފައި؛ އެތައް ހާސް ޓަނުގެ ތެޔޮވަނީ ބޯޓުން ބޭރުބެފައި

މިދިޔަ މަހުގެ 25 ވަނަ ދުވަހު މޮރިޝަސްގެ ފަރަށް ކާގޯ ބޯޓެއް އަރައި، އެއިން އެތައް ހާސް ޓަނެއްގެ ތެޔޮ ލީކުވަމުންދާއިރު، ބޯޓު ފަރަށް އެރިއިރު އޭގެ ފަޅުވެރިން ތިބީ އުފަންދުވަހެއް ފާހަގަކުރަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ބޯޓުގެ ކެޕްޓަން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. ބޯޓުގެ ކެޕްޓަންއާއި އޭނާގެ ދަށުން ހުންނަ މީހާ އަންގާރަ ދުވަހު ޚާއްސަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާއިރު ތަހުގީގަށް ބޯޓުގެ އިތުރު ފަޅުވެރިންވެސް ހާޒިރު ކުރުމަށް ނިންމާފައިވާކަމަށް މޮރިޝަސްގެ ފުލުހުން ވަނީ ބުނެފައެވެ. ބޯޓުގެ ކެޕްޓަނަކީ އިންޑިއާ މީހެކެވެ.

މިހާތަނަށް މި ހާދިސާއާއި ގުޅިގެން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ބޯޓު ފަރަށް އެރިވަގުތު ބޯޓުގެ ފަޅުވެރިން ތިބީ އުފަންދުވަސް ފާހަގަކުރަން ކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ. މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ބޯޓު ފަރަށް އަރައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބޯޓުން ބައެއް ހަލާކުވެ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފަރުމައްޗަށް ތެޔޮ ދަނީ އެޅެމުންނެވެ. މިއާއެކު މޮރިޝަސްގެ ސަރުކާރުން ވަނީ ތިމާވެށީގެ ނުރައްކަލުގެ ހާލަތެއް އަތުވެއްޖެ ކަމަށް އިއުލާންކޮށްފައެވެ.

ބޯޓުން ބޭރުވަމުންދާ ތެޔޮ ފަރުމަތީގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާއިރު، މިކަމުގެ ސަބަބުން މަހުގެ ދިރުންތަކާއި ކަނޑުގެ އެހެން ދިރުންތަކަށް ގެއްލުން ލިބިފައިވެއެވެ. ސައިންސްވެރިން ބުނެފައިވަނީ މިއީ މިހާތަނަށް ތިމާވެށީގެ ގޮތުން ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށެވެ. މިކަމާއި ގުޅިގެން އެމަރޖެންސީ ކުރޫން ވަނީ ބޯޓުގައި ބާކީ ހުރި ތެޔޮ ފަރުމައްޗަށް ބޭރުވުމުގެ ކުރިން ތެޔޮތައް ނަގާފައެވެ.

މި ބޯޓުގެ ބްލެކް ބޮކްސް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސިންގަޕޫރުން ބުރަޒިލްއަށް ދަތުރުކުރަމުން ދިޔަ އެ ބޯޓު މޮރިޝަސްގެ ފަރާއި އެހާ ކައިރިން ދަތުރުކުރަން ޖެހުނީ ކީއްވެގެން ކަމާއިމެދު އޭގެ ފަޅުވެރިންނާއި ދަނީ ސުވާލު ކުރަމުންނެވެ.

މޮރިޝަސްގެ މެރިޓައިމް އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން، ބޯޓުގައި އުފަންދުވަސް ފާހަގަކުރި މައްސަލައިގައި ފަޅުވެރިންނާއި ދަނީ ސުވާލު ކުރެވެމުންނެވެ. އެގޮތުން ޕާޓީ ބޭއްވި ގަޑިއަކީ ބޯޓު ފަރަށް އެރި ވަގުތު ކަމެއް ސީދާ އަދި ސާފު ނުވާ ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ބޯޓު ފަރަށް އެރި މައްސަލައިގައި ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ 58 އަހަރުގެ ކެޕްޓަން ސުނިލް ކުމާރު ނަންދޭޝްވަރާއި ފަސްޓް އޮފިސަރުގެ މައްޗަށް ވަނީ ނުރައްކާތެރިކަމާއެކު ދުއްވި ކަމުގެ ދައުވާ އުފުލާފައެވެ. އަދި އެ ދެމީހުން ވަނީ ޕޯޓް ލުއިސްގެ ކޯޓަށް ހާޒިރުކޮށްފައެވެ.

ބޯޓުން ތެޔޮ ބޭރުވެ ގެއްލުންތައް ލިބެމުންދާއިރު، އެ ބޯޓާ މެދު ހަދާނެ ގޮތެއް ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ. އެގޮތުން ގްރީން ޕީސް އެފްރިކާގެ ސީނިއާ ކްލައިމެޓް އެންޑް އެނަރޖީ ކެމްޕެއިން މެނޭޖަރ ހެޕީ ޚާމްބުލް ނެރުނު ބަޔާނެގައި ބުނެފައިވަނި ބޯޓު ފައްތާލައިފި ނަމަ އެކަމުގެ ސަބަބުން ބައޯޑައިވާސިޓީއާއި ބޯޓުގައި ހުރި އެކި ބައިތަކުގައި އެކުލެވޭ ވިހާ މާއްދާތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އެކަމުގެ ނުރައްކާ ވެދާނެ ކަމަށެވެ. ބޯޓު ފައްތައިފި ނަމަ އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމަށް ބެލޭ އެއް ސަރަހައްދަކީ ފްރެންޗް ޔޫނިއަންއެވެ.

ފަރަށް އެރި ބޯޓު އޮޕަރޭޓް ކުރާ ކުންފުނި ނަގަޝިކި ޝިޕިން އިން ބުނެފައިވަނީ ބޯޓުގެ ފަޅުވެރިންނާއި އާއިލާތަކަށް އެހީތެރިވާނެ ކަމަށެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ގެއްލުންވަމުންދާތީ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

ސައިންޓިސްޓުން ބުނެފައިވަނީ މިހާތަނަށް ލިބުނު ގެއްލުން އެއްކޮށް ދެނެގަނެވިފައި ނުވާ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން މޮރޮޝަސާއި އެގައުމުގެ އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމަށް އެތައް އަހަރަކަށް ގެއްލުން ލިބިގެންދާނެއެވެ. އަދި އެތަނުން ބޯޓު ނެގުމަށް އެތައް މަސް ދުވަހެއް ހޭދަވާނެކަމަށް ވެސް ސައިންސްވެރިން އަންދާޒާކުރެއެވެ.

އެމްވީ ވަކަށިއޯ ފަރަށް އެރި އިރު އޭގައި 4000 ޓަނުގެ ތެޔޮ ހުއްޓެވެ. މޮރިޝަސްގެ ނެޝަނަލް ކްރައިސިސް ކޮމިޓީއިން ބުނެފައިވަނީ އެ ބޯޓުގެ ކުރީކޮޅުން ބޮޑު ބައެއް ބޯޓާއި ވަކިވެފައިވާ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުން ބޯޓު ދެބުރިވެ ވަކިވެފައިވާއިރު، އޭގައި ހުރި ތެޔޮތައް އިތުރަށް ފަރުމައްޗަށް އެޅިދާނެކަމަށް ބަލާ ޖަޕާންގެ ރެސްކިއު ޓީމުން ވަނީ އެހެން އުޅަނދަކަށް ނަގާފައެވެ.

މި ހަފްތާގެ ކުރީކޮޅު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު ވިދާޅުވީ ވަކަޝިއޯ އޮޕަރޭޓް ކުރާ ކުންފުނިން ބޯޓުގައި ބާކީ ހުރި ތެޔޮތަށް އެހެން އުޅަނދަކަށް ނަގާފައިވާ ކަމަށާއި، އަދިވެސް ބޯޓުގައި 100 އެއްހާ ޓަނުގެ ތެޔޮ އެބަހުރި ކަމަށެވެ.

މޮރިޝަސްގެ ސަރުކާރުން ވަނީ ބޯޓު ފަރަށް އެރުމާއެކު އެތަނުން ބޯޓު ނެގުމަށް ކުރި މަސައްކަތް ރަނގަޅު ނޫން ކަމަށް ބުނެ ފާޑު ކިޔާފައެވެ. ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ބޯޓު އެތަނުން ނެގުމުގެ މަސައްކަތް ފެށުމަށް ބޯޓުގެ ވެރި ފަރާތުން މަސައްކަތް ފަށާފައިވަނީ ތިން ހަފްތާ ފަހުންނެވެ.

މީގެ އިތުރުން ފަރުމައްޗަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތަށާއި، ލިބިފައިވާ ގެއްލުމާއި އަދި އެއްވެސް ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ނަމަ އޭގެ ބަދަލު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މި މައްސަލައިގައި މޮރިޝަސްގެ ސަރުކާރުން އެއްވެސް ވަރަކަށް ޒިންމާ ނަގަން ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ. ސަރުކާރުގެ މި އެދުމާއެކު ބޯޓުގެ ވެރިފަރާތުން ވަނީ އެކަމަސް އިޖާބަދީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދުމަށް އެދިފައެވެ.

އެމްވީ ވަކަޝިއޯ ފަރަށް އުރުމުގެ ސަބަބުން 1000 ޓަނުގެ ތެޔޮ ވަނީ ފަރުމައްޗަށް އެޅިފައެވެ. މީގެ އިތުރުން 1180 ޓަނުގެ ތެޔޮ ކަނޑަށް ވެސް ބޭރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ތެޔޮތައް ޖަމާވި ތަންތަނުގެ ތެރޭގައި މުރަކަ ފަރުތަކާއި، ކަނޑޫފާތަކާއި ހިމާޔަތްކޮށްފައިވާ ޗަކަ ބިންތައް ހިމެނެއެވެ. މި ތަންތަނަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ތަންތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯމަ ދުވަހު ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނޭޕާލުން ބުނެފި

ހޯމަ ދުވަހު ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ނޭޕާލުން ބުނެފި

13 މާރިޗު 2018
ކަތަމަންޑޫއަށް ޖައްސަނިކޮށް ރަންވޭއިން ކައްސާލި ބޯޓުން މަރުވި މީހުންގެ އަދަދު 49 އަށް

ކަތަމަންޑޫއަށް ޖައްސަނިކޮށް ރަންވޭއިން ކައްސާލި ބޯޓުން މަރުވި މީހުންގެ އަދަދު 49 އަށް

12 މާރިޗު 2018
ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުނު ބަންގްލަދޭޝްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި

ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުނު ބަންގްލަދޭޝްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި

12 މާރިޗު 2018
ޓޮރޮންޓޯ އެއަރޕޯޓްގައި ދެ މަތިންދާ ބޯޓެއް ޖެހި އެއް ބޯޓުން މީހުން ބާލަން ޖެހިއްޖެ

ޓޮރޮންޓޯ އެއަރޕޯޓްގައި ދެ މަތިންދާ ބޯޓެއް ޖެހި އެއް ބޯޓުން މީހުން ބާލަން ޖެހިއްޖެ

06 ޖެނުއަރީ 2018
އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން

އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު