Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީން އިތުރުފުޅު ހެއްދެވުން

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީން އިތުރުފުޅު ހެއްދެވި މައްސަލަ މަޖިލީހުން ބަލަނީ

19 އޯގަސްޓު 2020 | ބުދަ 08:02

މަޖިލީހުގައި އަމީން ވަނީ ދުބާއީ ކުންފުނިން އަގު ހޯދައި، ވެންޓިލޭޓަރު ގަންނަން ނިންމީ ޑަބްލިޔުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އޯގަސްޓު 2020 | ބުދަ 08:02
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މާތުރު

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މާތުރު

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބޮޑެތި އޮޅުވާލުންތަކާއި، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވާ ވާހަކަ ދައްކަވާފައިވާތީ، ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި އެދިވަޑައިގަންނަވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ އާއި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައިވާ މައުލޫމާތު ދިމާނުވާ ކަމަށެވެ. އެހެންކަމުން އަމީން އިތުރުފުޅު ހައްދަވާފައިވާކަން ބެލެވޭތީ އެ މައްސަލަ މަޖިޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބެލުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ހެލްތް މިނިސްޓަރު އަމީން ވަނީ، 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާރސް ޖެނަރެލް ޓްރޭޑިންއާ ހަވާލުކުރީ، ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ ރެޕްރެޒެންޓިވް އާއި ދުބާއީގެ ކަންޓްރީ ރެޕްރެޒެންޓެޓެވިވްއާ ވާހަކަ ދައްކައިގެން، އަގު ބައްލަވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތި ދެއްވާފަ އެވެ. ނަމަވެސް ހެލްތް މިނިސްޓްރީގެ، ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަރަށް ސާފުކޮށް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން އަކީ ވެންޓިލޭޓަރު ގެންނަ ކުންފުންޏެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ހެލްތު މިިނިސްޓްރީ އަށް މައުލޫމާތު ދީފައި ނުވާކަން ވަނީ ހާމަވެފައެވެ.

މީގެއިތުރުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާއި އެޑިޓް އޮފީހުގެ އިސްވެރިން އަންގާރަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވަނީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ ވަރަށް ގިނަ ތަފްސީލީ މައުލޫމާތު ހިއްސާ ކޮށްދެއްވާފަ އެވެ. އެގޮތުން، ވެންޓިލޭޓަރުތައް ގަތުމަށް ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ބައްދަލުވުމަށް އައިއިރު ވެސް އޮތީ، ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަށް ހަވާލުކުރުމަށް ނިންމާފައިކަން އެނގެންކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓްރީއަށް "ސިންގަލް ސޯސް" ހުއްދައަށް އެދި، ހުށަހެޅިއިރުވެސް، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާކަން، އޮޑިޓް ރިޕޯޓުން އެނގެއެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ، ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ހޮވީ ހެލްތް މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މަޝްވަރާ ކުރައްވައިގެން ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި ޑަބްލިއުއެޗްއޯއާ އެކު ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށްވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފައެވެ.

މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވާއިރު، އެޑްވާންސަށް 30.9 މިލިއަން ރުފިޔާވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް