Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީގައި ދަތުގެ ހިދުމަތް ދޭން ފަށައިފި

މާފުށި ހެލްތު ސެންޓަރުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފި

މާފުށިގައި ހުޅުވި ދަތުގެ ފަރުވާދޭ ޔުނިޓްއަކީ، އަތޮޅުތެރޭގެ ސިއްޙީމަރުކަޒެއްގައި ހުޅުވުނު އެންމެ ފުރަތަމަ ދަތުގެ ފަރުވާ ދޭ ޔުނިޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2020 | ބުދަ 04:57
މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ހިދުމަތް ދިނުމަށްޓަކައި ޑެންޓަރ ރޫމް ތައްޔާރުކޮށްފައި

މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ހިދުމަތް ދިނުމަށްޓަކައި ޑެންޓަރ ރޫމް ތައްޔާރުކޮށްފައި

ކ. މާފުށި ހެލްތު ސެންޓަރގައި ދަތުގެ ފަރުވާގެ ޚިދުމަތް ފަށައިފިއެވެ.

ވާރޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރުގައި އަލަށް ޤާއިމުކޮށްފައިވާ ޑެންޓަލް ޔުނިޓް ހުޅުވައިދެއްވާ ދަތުގެ ފަރުވާ ދިނުން އިފްތިތާޙްކޮށްދެއްވީ ޝަރަފްވެރި މެހްމާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޝެއިޚް އިމްރާން އަބުދުﷲއެވެ.

ކ. މާފުށިގައި ހުޅުވި ދަތުގެ ފަރުވާދޭ ޔުނިޓްއަކީ، އަތޮޅުތެރޭގެ ސިއްޙީމަރުކަޒެއްގައި ހުޅުވުނު އެންމެ ފުރަތަމަ ދަތުގެ ފަރުވާ ދޭ ޔުނިޓެވެ. މިޔުނިޓާއިއެކު އަތޮޅުތެރޭގެ ސިއްޚީ ޚިދުމަތްދޭ 17 ތަނަކުން ދަތުގެ ފަރުވާގެ ޚިދުމަތް ލިބިގެންދާނެއެވެ.

އޭގެތެރޭގައި، ހއ. ހދ. ށ. ނ. ރ. ބ. ޅ. މ. ފ. ދ. ތ. ލ. ގއ. ގދ. ޏ. ސ ހިމެނެއެވެ. އަދި އަތޮޅުތެރޭގައި ދެމުންދާ ސިއްޚީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ 5 ހޮސްޕިޓަލް އޮޕްޓިމައިޒޭޝަންގެ ތެރެއިން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ޒަމާނީ ފެންވަރެއްގައި ތަރައްޤީ ކުރެވިގެންދާނެއެވެ.

ކ. މާފުށީގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށިގެން ދިއުމުން ރަށާއި ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި، ޚާއްސަކޮށް ކ. މާފުށީގެ ޖަލުގެ ގައިދީންނާއި، މިހިސާބު ރަށްރަށުގެ ފަތުރުވެރިންނަށް މިޚިދުމަތް ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކެއްކަމަށްވާއިރު، މިފަދަ ޚިދުމަތްތައް ފެށުމާއިއެކު ދަތުގެ ބަލިތަކުން ރައްކާތެރިވުމަށާއި، ބަލީގެ ކުރީކޮޅުގައި ބަލިޖެހިފައިވާކަން ދެނެގަނެ، ރާއްޖޭގައި އިތުރުވަމުންދާ އަނގައިގެ ކެންސަރުފަދަ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް މަގުފަހި ވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
22 އެޕްރީލު 2017

މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް

22 އެޕްރީލު 2017
މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް
15 އެޕްރީލު 2017

މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި

15 އެޕްރީލު 2017
މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި
09 އެޕްރީލު 2017

ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު

09 އެޕްރީލު 2017
ކުޑަ ކުއްޖާ މަރުވި މައްސަލަ ބަލާނަން: ހެލްތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު