Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުތަކުގެ މައްސަލަ

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ހެލްތް މިނިސްޓްރީން ވަނީ ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައި: އޮޑިޓަރ ޖެނެރަލް

18 އޯގަސްޓު 2020 | އަންގާރަ 12:07

ދުބާއީގެ އެގްޒެކިއުޓާރސް ކުންފުންނާއެކު ސޮއި ކުރީ 2 އޭޕްރީލް ގައި، 14 ދުވަހުގެ ތެރޭގައި ގެންނަ ގޮތަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އޯގަސްޓު 2020 | އަންގާރަ 12:07
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: ކޮވިޑް-19 އާ ގުޅޭ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވޭ

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: ކޮވިޑް-19 އާ ގުޅޭ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވޭ

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ވަނީ ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައި ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ވެންޓިލޭޓަރުތައް ހޯދުމަށް ޑަބްލިޔުއެޗްއޯއާ ހެލްތް މިނިސްޓްރީއާ ދެމެދު ހިނގާފައިވާ މުއާމަލާތުގެ ހަމައެކަނި ލިޔުމަކީ މިއަހަރުގެ މާރޗް 31 ގައި ޑަބްލިޔުއެޗްއޯގެ މުވައްޒަފެއް ފޮނުވާފައިވާ އީމެއިލެއް އެކަނި ކަމަށެވެ.

Advertisement - newsAdvertisement

ޑަބްލިޔުއެޗްއޯގެ އެ މުވައްޒަފު ވެސް، ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ނަމެއް އެ އީމެއިލްގައި ހިމަނާފައި ނެތް ކަމަށާއި އެއީމެއިލްގައި އޮތީ، މީހެއްގެ ނަމެއް ކަމަށާއި އޭނާއާ ގުޅައިގެން ވެންޓިލޭޓަރު ލިބޭ ގޮތެއް ހޯދިދާނެ ކަމަށެވެ. ނަމަވެސް އެއީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާ ގުޅުން އޮތް ބޭފުޅެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ކުންފުނި ހޯދައި އެކުންފުންޏާ ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރުމުގެ މަރުހަލާ ކުރިއަށް ދިޔަ ގޮތް ހޯދޭނީ އިތުރަށް މި މައްސަލަ ތަހުގީގު ކޮށްގެން ކަމަށް ޒިޔާތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، ޑަބްލިޔުއެޗްއޯއާ އެ ބުނާ މުއާމަލާތް ކުރުމުގެ ކުރިން، 30 މާރޗުގައި ހެލްތް މިނިސްޓްރީން ވެންޓިލޭޓަރު ގަތުމަށް ފިނޭންސް މިނިސްޓަރުގެ ފަރާތުންގެ "ސިންގަލް ސޯސް"ގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ފޮނުވާފައިވާ އެ ސިޓީގައި، "މިތަކެތި ހޯދުމަށް މިނިސްޓްރީން ކުރި މަސައްކަތުން، ވެންޓިލޭޓަރު ސަޕްލައިކުރާ ދުބާއީ ކުންފުންޏަކުން ވަނީ އަގު ހޯދިފައި" ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން، އެ އިދާރާއިން އެމަޖެންސީ ޕްރެޕެއަރޑްނަސްގެ ދަށުން ތަކެތި ސަޕްލައި ކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް (ޑަބްލިޔުއެޗްއޯއިން) ބުނެފައިވާ ކުންފުންޏެއް ކަމަށް ވެސް ހެލްތް މިނިސްޓްރީގެ އެ ސީޓީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ޒިޔަތު ވިދާޅުވީ، ހެލްތް މިނިސްޓްރީން ފިނޭސް މިނިސްޓަރުގެ "ސިންގަލް ސޯސް" ހުއްދައަށް އެދުނުއިރު، ޑަބްލިޔުއެޗްއޯއާ އެކު ކޮށްފައިވާ އެއްވެސް މުއާމަލާތެއް ނެތް ކަމަށާއި އަދި ފިނޭންސް މިނިސްޓްރީއަށް ފޮނުވި އެ ސިޓީއާއެކު އެއްވެސް ޑޮކިއުމެންޓެއް ވެސް ހިމަނާފައި ނުވާ ކަމަށެވެ.

ޒިޔާތު ވިދާޅުވީ، މި މައްސަލާގައި ފުރަތަމަ ކަމަކަށް ފާހަގަކުރެވެނީ، ފިނޭންސް މިނިސްޓްރީއަށް "ސިންގަލް ސޯސް" ހުއްދައަކަށް ހެލްތް މިނިސްޓްރީން ހުށެހެޅިއިރު ވެސް، ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް ހުރި ކަމަށެވެ. އެގޮތުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހާއެކު އޮންލައިންކޮށް ވާހަކަ ދެކެވުނު ކަމަށާއި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ އެމީހުން އެއްވެސް ވަރަކަށް މުއާމަލާތް ކުރި ބައެއް ނޫން ކަމަށާއި، އަދި ހެލްތް މިނިސްޓްރީ އަށް ފޯރުކޮށްދިން މީހާގެ ނަމަކީ އެފަދަ ބައެއް ކަންކަމުގައި އެމީހުން މުއާމަލާތް ކުރާ މީހަކަށްވާތީ، ހެލްތް މިނިސްޓްރީގެ މައުލޫމާތަށް އެ މީހާގެ ނަން ފޯރުކޮށްދިނީ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔާތު ވިދާޅުވީ، ޑަބްލިޔުއެޗްއޯގެ ބައިވެރިވުން މިކަމުގައި އެއްވެސް ވަރަކަށް ނެތް ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ ބަހަކަށް އޮތީވެސް، ބިޑު ކޮމެޓީ މަޝްވަރާކޮށް، އަދި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ވެންޓިލޭޓަރު ގަތުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށާއި އެހެންކަމުން ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމެއް ވެސް ނެތް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ތަކެތި ހޯދަން ހަވާލު ކުރާ ކުންފުނީގެ މާލީ ގާބިލްކަމާއި ފަންނީ ގާބިލްކަށް ބެލުމަކީ ބިޑު ކޮމެޓީގެ ޒިންމާއެއް ކަމަށާއި އެކަން އެއްވެސް ވަރަކަށް ކޮށްފައި ނުވާކަމަށް ޒިޔަތު ވިދާޅުވި އެވެ. އެހެންކަމުން ބިޑު ކޮމެޓީގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި މާލީ ޒިންމާދާރު ވެރިޔާގެ އިހުމާލު ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން އިތުރަށް މިކަންކަން ތަހުގީގު އިދާރާތަކުން ތަހުގީގުކޮށް، ބަލަންޖެހޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ނބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފައެވެ.

މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވާއިރު، އެޑްވާންސަށް 30.9 މިލިއަން ރުފިޔާވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް