Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޯޕަރޭޝަނުގެ ކުރިމަގު

ސްޕޯޓްސް ކޯޕަރޭޝަނަކީ އޮންނަން ޖެހޭ ތަނެއް: މާއްޓޭ

18 އޯގަސްޓު 2020 | އަންގާރަ 08:58

ކޯޕަރޭޝަން އުވާލާ ވާހަކަ އަކީ ވަޒީރުގެ އަމިއްލަ ހިޔާލު ކަމަށް ވިދާޅުވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 18 އޯގަސްޓު 2020 | އަންގާރަ 08:58
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ސްޕޯޓްސް ކޯޕަރޭޝަން އެމްޑީ މައުރޫފް އަޙްމަދު (މާއްޓޭ)

ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ސްޕޯޓްސް ކޯޕަރޭޝަން އެމްޑީ މައުރޫފް އަޙްމަދު (މާއްޓޭ)

މިހާރު އެކުލަވާލާފައިވާ ޤާނޫނަށް އިސްލާހު ގެނެސް، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވިދާޅުވެފައިވީ ނަމަވެސް, އެ ކޯޕަރޭޝަނަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ކޯޕަރޭޝަނެއް ކަމަށާއި، އެ ކޯޕަރޭޝަން ދެމި އޮންނަން ޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަޙްމަދު (މާއްޓޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާއްޓޭ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ވާހަކަ އަޑުއިވޭ ކަމަށާއި، އެހެން ނަމަވެސް އެ ވާހަކަ އަކީ ވަޒީރުގެ އަމިއްލަ ޚިޔާލު ކަމަށެވެ. ޤާނޫނަކުން އުފައްދާފައިވާ ކޯޕަރޭޝަނެއް އުވާލާއިރު، އެކަން ވަޒީރުންގެ މަޖިލީހުން ނިންމަވާނެ ކަމަށާއި، އަދި ޤާނޫނުން އެކަން މަޖިލީހުގެ ތެރެއިންވެސް ނިންމަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ކުންފުނި އުވާލާނެ ކަމަށް ދެކިގެން ނޫން ކަމަށާއި، އެހެންކަމުން ކޯޕަރޭޝަންގެ ބޯޑުން ދުރު މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރަމުންދާ ކަމަށް މާއްޓޭ ވިދާޅުވިއެވެ. ތިން އަހަރު ނުވެފައިވާ ކަމެއް އެއް މަހުން ދެ މަހުން ކޯޕަރޭޝަންގެ ކޮޅަށް ކަންކަން އަނބުރާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއަދާ ހަމަޔަށް އެކަން ކުރަމުން ގޮސްފައިވަނީ ރަސްމީކޮށް ސިޓީ ބިޓީ ބަދަލުކޮށް މަޝްވަރާކޮށްގެން ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ.

މާއްޓޭ އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެވެސް އެދުމުގެ މަތިން މިހާރު ކޯޕަރޭޝަނުން ފަސް އަހަރު ދުވަހުގެ މަގުޗާޓެއް އެކުލަވާލިއިރު، އޭގައި ބޮޑެތި އިންވެސްޓްމަންޓްތަކާއި ފަންނީ ގޮތުން ކުރާނެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ރިކަރަންޓް ޚަރަދުތަކުގެ އިތުރުން އަހަރުން އަހަރަށް ކުރިއަށްގެންދާ މަޝްރޫއުތަކަށް އެދުމަށް ފިނޭސުން އަންގާފައިވާ ކަމަށާއި، އެގޮތުން އިންޑޯ ވޮލީބޯޅަ ކޯޓަކާއި، ފުޓްބޯޅަ ދަނޑަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެދިފައިވާއިރު، ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކޯޕަރޭޝަންގެ ވިސްނުން ހުރީ އަތޮޅުތެރޭގައި ކުޅިވަރުގެ ވަސީލަތް ގާއިމުކޮށްގެން ކަމަށް މާއްޓޭ ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަޙްލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ސްޕޯޓްސް ކޯޕަރޭޝަނެއް އޮންކަން އެނގިނުލައްވާ ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ސްޕޯޓްސް ކައުންސިލާއި ކުޅިވަރު އެސޯސިއޭޝަންތަކުންވެސް އެކަމަށް އެދޭތީ ކަމަށެވެ. އެކަމަކު އުފައްދާފައި އޮތް ކުންފުންޏެއް އުވާލުމުގެ ކުރިން އެކި ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯދާނެ ކަމަށާއި، އެއީ ވަޒީރު އަމިއްލައަށް ނިންމާ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މާއްޓޭ ވިދާޅުވީ ފިނޭސް މިނިސްޓްރީ އާއެކު ވެސް ކުރެވުނު މަޝްވަރާތަކުން ފިނޭސް މިނިސްޓަރުވެސް ޔަގީންކަން ދެއްވާފައި ވަނީ މަސައްކަތްތައް ނުހުއްޓާ ރާވާފައިވާ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމަށާއި، މިހާތަނަށް މަޝްވާކުރެވުނު ހުރިހާ ފަރާތްތަކުން ވެސް ކޯޕަރޭޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ދެން ވާހަކަ ދައްކަން އޮތް ހަމަ އެކަނި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ކޯޕަރޭޝަން ދެމި އޮތުމަށް ރައީސްއާ ވާހަކަ ދައްކަން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމަށް މާއްޓޭ ވިދާޅުވިއެވެ.

މިއަދުވެސް ކުޅިވަރު ވަޒީރަށްވެސް ދަންނަވަން ބޭނުން ވަނީ ވަޒީރުގެ ވިސްނުން ބަދަލުކޮށް ކޯޕަރޭޝަން ބޭއްވުމަށް ކަމަށާއި، ގުޅިގެން މަސައްކަތްކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދޭނެ ޓޫލެއްގެ ގޮތުގައި ކޯޕަރޭޝަން އޮންނާނެ ކަމަށާއި، ޤާނޫނުން ކަންކަން އިންތިޒާމުކޮށްފައި ވަނީވެސް އެގޮތަށް ކަމަށް މާއްޓޭ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުފައްދާފައި ވަނީ ހިތުހުރި ގޮތަކަށް މަސައްކަތް ކުރުމަށް ނޫން ކަމަށާއި، ކޯޕަރޭޝަނުން ކުރަން ލާޒިމްކުރާ ކަންކަން ހުރިއިރު، ކޮންޓްރޯލް ތަކެއްވެސް ކޯޕަރޭޝަނަށް މަތިކޮށްފައިވާ ކަމަށެވެ. އެގޮތުން ކޯޕަރޭޝަން ހިނގަންވާ ގޮތުގެ ޕޮލިސީއެއް އެބައޮތް ކަމަށާއި، ކުންފުނި ހިނގާނީ އެ ޕޮލީސީގެ ދަށުން ކަމަށްވާއިރު، ޕޮލިސީ އެކުލަވާލާނީ ވަޒީރު ކަމަށްވުމުން، ވަޒީރުގެ އަތުގައި އޮތް ބާރެއް ގެއްލިދާނެ ކަމުގެ ބިރު ހީވާން ނުޖެހޭ ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ.

ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކޯޕަރޭޝަނާ ހަވާލު ކުރުމުން ދައުލަތުގެ ފައިސާ ހިތުހުރި ގޮތަކަށް ޚަރަދު ނުކުރާނެ ކަމަށާއި، ކޯޕަރޭޝަންގެ މަސްއޫލިއްޔަތަކަށް ވެގެންދާނީ ރައީސުލްޖުމުހޫރިއްޔާ އެކުލަވާލާފައިވާ ކުޅިވަރުގެ ޕޮލިސީ ކުރިއަށް ގެންދިޔުން ކަމަށް މާއްޓޭ ވިދާޅުވިއެވެ.

ކުޅީވަރުގެ ވަސީލަތް ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމުން އިންވެސްޓްކުރާ ކޮންމެ ތަނަކުން، އެތަނެއް ބެލެހެއްޓޭނެ ފައިސާ އެތަނަކުން ހޯދާނެ ކަމަށާއި، އެހެން ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރަކީ ތަންތަން ބަލައްހައްޓާނެ ފައިސާ ނެތިގެން ތަންތަން ވީރާނާ ވެގެންދާތަން ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބިންތަކަކީ އެހެން ބަޔަކަށް ދެވޭނެ ތަންތަނެއް ނޫން ކަމަށާއި، އެގޮތަށް ބިންތައް ދޫކޮށްލައިފިނަމަ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން މުބާރާތްތައް ބާއްވަން، ނޫނީ އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ހިންގުން އެއީ އުނދަގޫ ކަމަކަށް ވެގެންދާއިރު، ގައުމީ ފެންވަރުގައި ކުޅިވަރު ކުޅެން ޖެހޭ ތަންތަން އޮންނަން ޖެހޭނީ ކުޅިވަރާ ބެހޭ ވުޒާރާގެ ދަށުގައި ކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ވަޒީރުގެ މި ވާހަކައާ ބެހޭ ގޮތުން މާއްޓޭ ވިދާޅުވީ ގާނޫނުގައި އެ ކޯޕަރޭޝަނަށް މަތިކޮށްފައި ވަނީ ކުޅިވަރު ވަސީލަތް ގާއިމުކުރުމަށް ފަހު، ކުޅިވަރު ކުޅުމަށް އެތަންތަން ދިނުމަށް ކަމަށާއި، ބާސްކެޓް އެރީނާއެއް ހެދުމަށް ފަހު އެތަނުގައި މިއުޒިކް ކުޅޭ ތަނެއް ހެދުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ މުސްތަގްބަލާ ގުޅޭ ގިނަ ވާހަކަތަކެއް މާއްޓޭ ހިއްސާ ކުރައްވާފައިވާއިރު، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް