Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޑީއެފްސީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 222.9 މިލިއަން ރުފިޔާ ދޫކޮށްފި

18 އޯގަސްޓު 2020 | އަންގާރަ 07:12

ވިޔަފާރިތަކުގެ ކެޓަގަރީ އިން ޖުމްލަ 1046 ފަރާތަކަށް 209.9 މިލިއަން ރުފިޔާ ވަނީ ދީފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 އޯގަސްޓު 2020 | އަންގާރަ 07:12
ކުދި ވިޔަފާރިތައް

ކުދި ވިޔަފާރިތައް

ކޮވިޑާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ވިޔަފާރި ކުރާފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 1,479 ފަރާތަކަށް 222.9 މިލިއަން ރުފިޔާ އެސްއެމްއީ ޑިވޮލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަނުން ދީފިއެވެ.

މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ކުދި އަދި މެދުފަންތީގެ ކެޓަގަރީ އިން ލޯނު ދޫކުރުމަށް މިހާރުވެސް ސެންކްޝަން (އެޕްރޫވް ނުވަތަ ރަސްމީ ހުއްދަ ދީފައި) ކޮށްފައިވާ 1,229 ވިޔަފާރިއެއް އެބަހިމެނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ 517 ފަރާތެއް ޖުމްލަ ހިމެނެއެވެ.

ނަމަވެސް، ލޯނުގެ ގޮތުގައި ދޫކޮށްފައިވާ އަދަދުތައް މާލީ ވުޒާރާއިން އާންމުކޮށްފައިވާއިރު އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ވިޔަފާރިތަކުގެ ކެޓަގަރީ އިން ޖުމްލަ 1046 ފަރާތަކަށް 209.9 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ސެލްފް އެމްޕްލޯއިޑް 433 ފަރާތަކަށް ޖުމްލަ 13 މިލިއަން ރުފިޔާއާއި އެކު މުޅި ޖުމްލަ 222.9 މިލިއަން ރުފިޔާ ލޯންގެ ގޮތުގައި މިހާތަނަށް އެސްޑީއެފްސީން ވަނީ ދޫކޮށްފައެވެ.

ސެންކްޝަން ކޮށްފައިވާ ލިސްޓުގެ ތެރެއިން ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ލޯނު ދޫނުކުރެވި ވަނީ 267 ފަރާތަކަށެވެ.

އެސްޑީއެފްސީން ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައިވާއިރު މީގެ ކުރިން އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ. ލޯނާއި ލޯނުގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ އިތުރަށް، އެ މުއްދަތުގެ ތެރޭގައި ލޯނުގެ އިންޓްރެސްޓް ރޭޓަކީ %4 ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ނިންމުމަކީ ކޮވިޑް-19 އާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ނިންމި ނިންމުމެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ގިނަ އަދަދަކަށް ފައިސާ ހިމަނާފައެވެ. އެގޮތުން 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެސްޑީއެފްސީއަށް 450 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް