Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
އިމާމް މާލިކުގެ މުއައްޠާ

އެންމެ ފުރަތަމަ ލިޔެވުނު ހަދީޘް ފޮތް، އިމާމް މާލިކުގެ މުއައްޠާ

ޙަދީޘު ފޮތްތަކުގެ ތެރެއިން އިމާމު މާލިކުގެ މުއައްޠާއަކީ އެންމެ ފައިދާހުރި އެންމެ މަތިވެރި ޙަދީޘު ފޮތް

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2020 | އަންގާރަ 07:08
އިމާމް މާލިކުގެ މުއައްޠާ - ޙަދީޘު ފޮތްތަކުގެ ތެރެއިން އިމާމު މާލިކުގެ މުއައްޠާއަކީ އެންމެ ފައިދާހުރި އެންމެ މަތިވެރި ޙަދީޘު ފޮތް

އިމާމް މާލިކުގެ މުއައްޠާ - ޙަދީޘު ފޮތްތަކުގެ ތެރެއިން އިމާމު މާލިކުގެ މުއައްޠާއަކީ އެންމެ ފައިދާހުރި އެންމެ މަތިވެރި ޙަދީޘު ފޮތް

އިމާމު އިބްނި ކަޘީރު ވިދާޅުވެފައި ވެއެވެ. ޙަދީޘު ފޮތްތަކުގެ ތެރެއިން އިމާމު މާލިކުގެ މުއައްޠާއަކީ އެންމެ ފައިދާހުރި އެންމެ މަތިވެރި ޙަދީޘު ފޮތެވެ. އަދި އެޒަމާނުގައި ލިޔެވުނު ފޮތްތަކުގެ ތެރެއިން މީސްތަކުންނަށް އެފޮތަކުން އެންމެ އަސަރު ކުރަނިވި ފޮތް ވެސް މެއެވެ. ފޮތް ލިޔެވުނީ ހިޖުރީ ސަނަތުން 158 ގައެވެ.

ފޮތް ލިއުއްވަން ދިމާވި ޙާދިޘާއަކީ އެދުވަސްވަރު އިސްލާމީ އުއްމަތުގައި ހުންނެވި ރަސްގެފާނު ކަމުގައިވާ ޚަލީފާ އަބޫ ޖަޢުފަރުލް އަލްމަންޞޫރުއާ އިމާމު މާލިކުއާ ދެބޭފުޅުން ޙައްޖު މޫސުމުގައި މައްކާގައި ބައްދަލުވެ ވަޑައިގެން އަބޫ މަންޞޫރު މާލިކުގެފާނުންގެ އަރިހުން ދީނުގެ އެންމެހައި ބައިތަކެއް އެކުލެވޭ، ޢިލްމީ އުޞޫލުތަކަށް ބަހާލެވިފައިވާ ފިޤުހު ފޮތެއް އެކުލަވާލެއްވުމަށް އެދިވަޑައިގަތީއެވެ. އަދި މިފަދައިން ވިދާޅުވިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ. ބައިބަޔަށް އަތުރާލައްވައިގެން ފަސޭހަގޮތަކަށް މީސްތަކުން އުނގެނި ގަތުމަށް ލުއި ފިޤުހު ފޮތެއް އެކުލަވާލެއްވުމަށް ތިމަން މަނިކުފާނަށް ފެނިވަޑައިގަންނަވައެެވެ.

އަދިވެސް އަބޫ މަންޞޫރު ވިދާޅުވެފައި ވެއެވެ. ފޮތް އެކުލަވާލައްވާއިރު ޢަބްދުﷲ އިބްނި ޢުމަރުގެ ހަރުކަށި ފިކުރުފުޅާއި ޢަބްދުﷲ އިބްނި ޢައްބާސްގެ ކިބައިގައި ހުންނަ ދޫދެއްވުމާއި ޢަބްދުﷲ އިބްނި މަސްޢޫދު ގެންގުޅުއްވާ ބީރައްޓެހި ނާދިރު ބަސްފުޅުތަކުން އެއްކިބާވެ ވަޑައިގެންނެވުމާއެކު މެދުމިނު އުޞޫލެއް އިޚްތިޔާރު ކުރެއްވުން ވަރަށް މުހިއްމު ކަމަށް ދެކެވަޑައި ގަންނަވަމެވެ. ހަމައެހެންމެ ތިމަންމެންގެ އިމާމުވެރި ބޭކަލުންނާއި އަޞްޙާބު ބޭކަލުން އެއްބަސްވެ ވަޑައިގެންފައިހުރި ބަސްފުޅުތަަކަށް އިސްކަން ދެއްވާށެވެ. ތިމަންމެންގެ އެދުމަކީ މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން ކަލޭގެފާނުންގެ ޢަމަލުފުޅާއި ކަލޭގެފާނުންގެ ފޮތްތަކުގައި މާތްﷲ ބަރަކާތް ލެއްވުމެވެ. އަދި މީސްތަކުންގެ ގާތުގައި މަޤްބޫލު ޢަމަލަކަށް އެކަން ވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެ ހެޔޮ ޢަމަލެއްގެ ގޮތުގައި ހެދުމަށް ތިމަންމެން މަސައްކަތް ކުރުމާއެކު މީސްތަކުން އެފޮތާ ޚިލާފަށް ނޫޅުމަށް އެއުރެންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕުވާނަމެވެ.

އިމާމު އިބްނި ކަޘީރު ވިދާޅުވެފައި ވެއެވެ. އިމާމު މާލިކުގެ އަރިހުން ޚަލީފާ މަންޞޫލު އެދިވަޑައިގެންފައި ވަނީ މުސްލިމުން އެންމެން އެފޮތުގެ ޒަރީޢާއިން އެއްގޮތަކަށް އުޅުމަށް ބާރުއެޅުއްވުމަށެވެ. އެހެނަސް މާލިކުގެފާނު ޚަލީފާގެ އެބަސްފުޅަކަށް ތާއީދު ނުކުރެއްވިއެވެ. މިއިން ދޭހަކޮށްދެނީ އެކަލޭގެފާނުންގެ ޢިލްމުގެ ތަނަވަސްކަމާއި އެކަލޭގެފާނުން އިންސާފަށް ލޮބުވެތިވެ ވަޑައިގަންނަވާލެއް ބޮޑުކަމެވެ. ޚަލީފާގެ މިދެވަނަ އެދުންފުޅަށް ޖަވާބު ދެއްވަމުން އިމާމު މާލިކު ވިދާޅުވިއެވެ. މީސްތަކުން ވަނީ ތަފާތު ގޮތްގޮތް އިޚްތިޔާރުކޮށްފައެވެ. އަދި އެހެނިހެން ޢިލްމުވެރިންގެ އަރިހުން ތިމަން ކަލޭގެފާނަށް ލިބިވަޑައިގެންފައި ނުވާ ޙަދީޘު ޢިލްމުގެ ކިތަންމެ އެއްޗެއްސެއް އެބައިމީހުންނަށް ވަނީ އެނގިފައެވެ. އެހެންކަމުން ވަކި އެއްގޮތް މީސްތަކުންނަށް ހުށަހެޅުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި ދެކެވަޑައި ނުގަންނަވަމެވެ.

މުއައްޠާއަކީ ވަރަށް ގިނަ މުޙައްދިޘުން ޙަދީޘު ކިޔަވާ ވިދާޅުވާން ފެއްޓެވުމުގައި ބިންގަލެއްގެ ގޮތުގައި ހިިތުދަސް ކުރެއްވި ފޮތެކެވެ. އިމާމު ޝާފިޢީވެސް އެކަލޭގެފާނުންގެ ޢުމުރުފުޅުން 14 އަހަރުފުޅުގައި އެފޮތް ހިތުދަސް ކުރެއްވެވިއެވެ. އެފޮތާމެދު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ﷲގެ ފޮތަށް ފަހަކުން އިމާމު މާލިކުގެ ފޮތަށްވުރެން މަންފާ ކުރަނިވި ފޮތެއް އުފެދިފައި ނެތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އިމާމު ޝާފިޢީގެ މިބަސްފުޅަކީ އިމާމު ބުޚާރީގެ ފޮތް ޞަޙީޙު ބުޚާރީ އުފަންވުމުގެ ކުރީގެ ބަސްފުޅެއް ކަމަށެވެ. އަޅުގަނޑަށް ބުރަވެވެނީ އަދިވެސް އިމާމު ޝާފިޢީގެ ބަސްފުޅު އެއޮތީ ހަމަ އެމާނައިގައި ކަމަށެވެ. ސަބަބަކީ ޞަޙީޙު ބުޚާރީއާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅަކާ އިމާމު ޝާފިޢީގެ މިބަސްފުޅާ ފުށުނާރާތީއެވެ. އެއީ އެބޭކަލުން ވިދާޅުވަނީ ﷲގެ ފޮތަށް ފަހުގައި އެންމެ ޞައްޙަ ފޮތަކީ ޞަޙީޙު ބުޚާރީ ކަމަށެވެ. ބުޚާރީއަކީ ޙަދީޘުގެ މައިދާނުގައި ސަނަދުގެ ގޮތަށް ބަލާއިރު އެންމެ ޞައްޙަ ފޮތެވެ. ނަމަވެސް މުއައްޠާއަކީ ކީރިތި ރަސޫލާގެ ޙަދީޘުތަކާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާއި މަދީނާގެ ޢިލްމުވެރިންގެ ޢަމަލުފުޅުތަކުގެ މައްޗަށް އެކުލަވާލެވުނު އެންމެ މަންފާ ލިބެނި ފޮތެވެ. އިސްލާމީ ދުނިޔެއަށް އުފަންވި ފުރަތަމަ ފިޤުހު ފޮތެވެ. ޙަދީޘު ފޮތެވެ. ސަނަދުގެ ގޮތުން ރަސޫލާއާ އެންމެ ކައިރިން ރިވާކުރެވިފައިވާ ޙަދީޘުތައް އެކުލެވިގެންވާ އެހެން ފޮތެއް އިމާމު މާލިކުގެ މުއްޠާ ފިޔަވައި ނެތެވެ. އިމާމު ބުޚާރީ ވިދާޅުވެފައި ވެއެވެ. އެންމެހައި ސަނަދުތަކުގެ ތެރެއިން އެންމެ ޞައްޙަ ސަނަދަކީ ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ނާފިޢުގެ ކިބައިން މާލިކު ރިވާކުރަށްވާފައިވާ ރިވާޔަތްތަކެވެ. މިބުނެވުނު ރިވާޔަތްތައް ރިވާވެފައި ވަނީ ހަމައެކަނި އިމާމު މާލިކުގެ މުއައްޠާގައެވެ.

އިމާމު މާލިކަކީ މަތިވެރި ވަރަޢަވެރި ތަޤްވާވެރި ތަބުޢުއްތާބިޢީ ބޭކަލެކެވެ. ދުނިޔެ ދެކެމުން މިދާ ފިޤުހީ ހަތަރު މަޛްހަބުގެ ތެރެއިން މާލިކީ މަޛްހަބު ނިސްބަތްވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނަކީ މަދީނާގެ އެންމެ އިސް އިމާމެވެ. ފިޤުހުވެރި މުޙައްދެޘެކެވެ. ނަންފުޅަކީ މާލިކު އިބްނި އަނަސް އިބްނި އަބީ ޢާމިރު އަލް ޙުމައިރީ އަލްމަދަނީއެވެ. މަދީނާގެއެންމެމަޝްހޫރު އެންމެއިތުބާރުހިފޭ އިމާމަކީ އިމާމުމާލިކެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޔަމަނުގެ ރަސްމަތިފުށަށެވެ. އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 93 ގައި މަދީނާއަށެވެ. އަވަހާރަވީ 179 ގައި މަދީނާގައެވެ. ފަސްދާނު ލެވިފައިވަނީ މަދީނާގެ ޖައްނަތުލް ބަޤީޢުގައެވެ. އެކަލޭގެފާނުންގެ އަތްޕުޅު މައްޗަށް ވަރަށް ގިނަ ބޮޑެތި ފިޤުހުވެރިންނާއި މުޙައްދިޘުން ދަރިވަރުވެ ވަޑައިގަތެވެ. އެބޭކަލުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލަކީ އިމާމު ޝާފިޢީއެވެ. އޭގެއިތުން އިމާމު ޢަބްދު ﷲ އިބްނި މުބާރަކާއި އިމާމު ބުޚާރީގެ އެންމެ އިސް އެދުރު ކަމުގައިވާ އިމާމު ޙުމައިދީއާއިި އެނޫންވެސް އެތަކެއް ބޮޑެެތި އިމާމުން މާލިކުގެފާނުންގެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވައެވެ. މާތް ﷲ މިއެންމެހައި ބޭކަލުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި އެބޭކަލުންގެ ބަރަކާތްތެރި ޢިލްމަކީ އަޅަމެންނަށް މަންފާ ކުރަނިވި ޢިލްމެއް ކަމުގައި ލައްވާށިއެވެ. ސީދާ އެބޭކަލުންނަށް ތަބާވުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން!

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

17 އޮކްޓޯބަރު 2025
އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފްސެވެ.

އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ތިމާގެ އަމިއްލަ ނަފްސެވެ.

21 އެޕްރީލު 2022
ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

23 އެޕްރީލު 2021
ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

24 އެޕްރީލު 2020
ހައްޖުން ދޭން ޖެހޭ މެސެޖަކީ އެއްބައިވަންތަކަން: ހަރަމްފުޅުގެ އިމާމް

ހައްޖުން ދޭން ޖެހޭ މެސެޖަކީ އެއްބައިވަންތަކަން: ހަރަމްފުޅުގެ އިމާމް

26 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު