ކ. މާލެ
|
17 އޯގަސްޓް 2020 | ހޯމަ 22:34
ކޮވިޑް-19 އާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް އެމްއާރުސީގެ ވޮލެންޓިއަރަކު ތާޅަފިލިން މައުލޫމާތު ފޯރުކޮށްދެނީ
ކޮވިޑް-19 އާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް އެމްއާރުސީގެ ވޮލެންޓިއަރަކު ތާޅަފިލިން މައުލޫމާތު ފޯރުކޮށްދެނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މިއަދު 139 މީހަކު ބަލިން ރަނގަޅުވެ 124 މީހަކު ޕޮޒިޓިވްވެއްޖެ
 
138 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން
 
ބަންގުލަދޭޝް މީހުންގެ އަދަދު 2000ށް ވުރެ ވަނީ އިތުރުވެފައި
 
ޕޮޒިޓިވްވި މީހުންގެ ތެރޭގައި 100 ދިވެހިން

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޯމަ ދުވަހު 139 މީހަކު ބަލިން ރަނގަޅުވެ، 124 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހު 124 މީހަކު ޕޮޒިޓިވްވެފައިވާއިރު، ގިނައީ ދިވެހިން ކަމަށެވެ. އެގޮތުން 100 ދިވެހިން ހިމެނޭ އިރު، ބަންގުލަދޭޝްގެ 16 މީހަކާއި، އިންޑިއާގެ ތިން މީހެއްގެ ފިލިޕީންސްގެ އެކަކު ހިމެނެއެވެ. މީގެ އިތުރުން ނޭޕާލްގެ 2 މީހަކާއި، ޔޫކްރެއިން އަދި އޮސްޓްރޭލިއާގެ އެކަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 5909ށް އަރާފައެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވި 124 މީހުންގެ ތެރެއިން 6 މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަނެއް 118 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. މިވަގުތު ފަރުވާ ދެމުން ދަނީ 2389 މީހަކަށެވެ. އަދި މީގެ ތެރެއިން 138 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި ދިވެހިންގެ ޖުމްލަ އަދަދަކީ 3224އެވެ. ދެވަނަ އަށް އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ. އެގައުމަށް ނިސްބަތްވާ 2019 މީހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 373 މީހަކާއި، ލަންކާއަށް ނިސްބަތްވާ 60 މީހަކާއި، ނޭޕާލްގެ 60 މީހެއް ހިމެނެއެވެ. އަދި އެންމެ ފުރަތަމަ ރިސޯޓްތަކުން ޕޮޒިޓިވްވި އިޓަލީގެ 11 ފަތުރުވެރިއަކާއި، އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 162 މީހަކު ހިމެނެއެވެ.

އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ހެމެނެނީ އެމެރިކާ، އިންގްލެންޑް، ޖަރުމަން، ކެންޔާ، ސީޝެލްސް، ސައުތު އެފްރިކާ، ތައިލެންޑް، ތުރުކީ، ޔޫއޭއީ، މިސްރު، އިންޑޮނޭޝިއާ، ޕާކިސްތާން، ފިލިޕީންސް، ޔޫކޭ، ޔޫކްރެއިން، އޮސްޓްރޭލިއާ މީހުން ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލީގައި 23 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 17 ދިވެހިންނާއި، 6 ބިދޭސީން ހިމެނެއެވެ.

މިވަގުތު އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތަކަކީ ހއ. ފިއްލަދޫއާއި އިހަވަންދޫ އަދި ހދ. ނާވައިދޫއާއި ނ. މިލަންދޫ، ހދ. ކުރިނބީ، ބ. ކަމަދޫ އަދި ބ. ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިއްމަފުށި، އދ. މާމިގިލި، ވ. ކެޔޮދޫ، ތ. މަޑިފުށި، ސ.ހިތަދޫ އަދި ފ. ނިލަންދޫއެވެ. މީގެ އިތުރުން ފުވައްލުމައް ސިޓީ އަދި އައްޑު ސިޓީގެ ފޭދޫން ވެސް އެކްޓިވް ކެސްތައް ވަނީ ފެނިފައެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އަތޮޅުތަކުން 65 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް