Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަކީ އެކްސްޕޯޓް

ލަކީ އެކްސްޕޯޓްސް އާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމުން އެ މައްސަލަ އާބިޓްރޭޝަނަށް

ނިއު ދިއްލީ ހައިކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކު ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޯގަސްޓު 2020 | ހޯމަ 15:55
ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ލަކީ އެކްސްޕޯޓްސް އާއެކު އެއްބަސްވެ އެއްބަސްވުން ހަވާލުކުރަނީ

ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ލަކީ އެކްސްޕޯޓްސް އާއެކު އެއްބަސްވެ އެއްބަސްވުން ހަވާލުކުރަނީ

ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމަށް ލަކީ އެކްސްޕޯޓްސް އާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލު ކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ ލަކީ އެކްސްޕޯޓްސް އިން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ލަކީ އެކްސްޕޯޓްސް އާއި ސަރުކާރާ ދެމެދު އެއްބަސްވެފައިވަނީ 18 ޖޫން 2017 ގައެވެ. އެއްބަސްވުން އުވާލުމުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައިވަނީ މިއަހަރުގެ މަރޗް މަހުގެ 13 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ ލަކީ އެކްސްޕޯޓްސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށެވެ. އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މިމައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމާއި އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ޅ ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށާއި ތ ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އެމް/އެސް ލަކީ އެކްސްޕޯޓް- ޓްރިވެނި ޖޮއިންޓް ވެންޗަރ (ލަކީ އެކްސްޕޯޓް) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި މިނިސްޓްރީ އޮފް ޕްލޭނިންގ އާ ދެމެދު 18 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމާއި ލަކީ އެކްސްޕޯޓްސް އިން ޚިލާފުވުމުން އެ އެއްބަސްވުން ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ. އަދި މި މައްސަލާގައި ލަކީ އެކްސްޕޯޓްސް ގެ ފަރާތުން ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483،451 ޑޮލަރު ހޯދުމަށް ބޭންކް ގެރެންޓީ ދޫކުރި ބޭންކު ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކުގައި ސަރުކާރުން އެދުމުން އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިއާގެ ނިއު ދިއްލީގެ ހައިކޯޓަށް ލަކީ އެކްސްޕޯޓްސްގެ ފަރާތުން ވަނީ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލާގައި މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ނިއު ދިއްލީ ހައިކޯޓުން ވަނީ އެއްބަސްވުމުގެ ދަށުން ބޭންކު ގެރެންޓީގެ ގޮތުގައި ބަހައްޓާފައި ހުރި ފައިސާ ދޫނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައެވެ.

އޭޖީ އޮފީހުން ބުނީ މި އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށް ނިއު ދިއްލީގެ ހައިކޯޓުން ފުރުސަތު ދެއްވާފައިވާތީ އެކޯޓަށް ސަރުކާރުން ހުށަހަޅާ ވަގުތީ އަމުރުގެ ޖަވާބު މި އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ޅ. ނައިފަރުގެ ފެނާ ނަރުދަމާގެ މަޝްރޫޢާ ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ 3 ފަހަރެއްގެ މަތިން އިތުރަށް ވަގުތު ދީފައިވާ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރި މުއްދަތަށްވުރެ އިތުރަށް 279 ދުވަސް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް ކަނޑައަޅާ މަސައްކަތް ކުރިން ޙަވާލުކުރި އިންޑިއާގެ ލަކީ ހިޔާ އެކްސްޕޯޓް ކުންފުންޏާ އެކުވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައިވެ އެވެ. މަސައްކަތް ލަސްވަމުންދާތީ ރަސްމީކޮށް 22 ފަހަރެއްގެ މަތިން ލިޔެކިޔުން މެދުވެރިކޮށްނާއި، އެކި ބައްދަލުވުންތަކުގައި އެކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށްފައިވާކަން މިނިސްޓަރ އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު