Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ޖަޕާން: ކަނޑުތައް ސާފުކުރާ ސާމާނު

ޖަޕާނުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް 43 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

17 އޯގަސްޓު 2020 | ހޯމަ 11:38

އެތަކެތި ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އޯގަސްޓު 2020 | ހޯމަ 11:38
ޖަޕާން ސަރުކާރުން ހަދިޔާ ކުރި ތަކެއްޗާ ޑިފެންސް މިނިސްޓަރ މާރިޔާ ހަވާލުވެލައްވަނީ: މިއީ 43 މިލިއަން ރުފިޔާގެ ތަކެތި

ޖަޕާން ސަރުކާރުން ހަދިޔާ ކުރި ތަކެއްޗާ ޑިފެންސް މިނިސްޓަރ މާރިޔާ ހަވާލުވެލައްވަނީ: މިއީ 43 މިލިއަން ރުފިޔާގެ ތަކެތި

ޖަޕާން ސަރުކާރުން ދިވެހި ރާއްޖޭގެ ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް 43 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާ ކޮށްފި އެވެ.

ހުޅުމާލެ ކޮސްޓްގާޑު ސަރަހައްދުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެތަކެތި ދިވެހިރާއްޖެއާ ހަވާލު ކޮށްދެއްވާފައިވަނީ، ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. މި ތަކެއްޗާ ރާއްޖެއިން ހަވާލުވެވަޑައި ގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

Advertisement - newsAdvertisement

އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ޖަޕާނު ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ (43 މިލިއަން ރުފިޔާ) ސާމާނު ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު، މިއީ ރާއްޖެ އާއި ޖަޕާނާއި ދެމެދު 2018 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދިޔާ ކުރަން ނިންމާފައިވާ ތަކެތި ކަމަށް ޖަޕާނު ސަރުކާރުން ބުނެއެވެ.

އެ އެއްބަސްވުމުގެ ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި 08 އޮއިލް ބޫމް އާއި 08 އޮއިލް އެބްސޯބަންޓް ބޫމް އާއި 4 ކްރޭން ޓްރަކާއި ދެ ހައި ޕްރެޝާ ވޮޝަރުގެ އިތުރުން އެ ތަކެއްޗަށް ހާއްސަ ދެ ޖެނަރޭޓަރު ހިމެނެއެވެ. މީގެއިތުރުން ވެސް މޫދާއި ކަނޑުތައް ސާފުކުރުމަށް ބޭނުންކުރާ ބައެއް ސާމާނުތައް ހިމެނެއެވެ.

ޖަޕާން ސަރުކާރުން ދިވެހި ރާއްޖޭގެ ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް 43 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާ ކޮށްދިނުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ އަހަރު ޖަޕާނުގައި ކުރިއަށް ގެންދިޔަ ހާއްސަ ތަމްރީން ޕްރޮގްރާމެއްގައި ރާއްޖޭގެ ކޯސްޓް ގާޑުގެ ފަސް އޮފިސަރުން ވަނީ ބައިވެރިވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެ ގައުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅެއްގައި، އެ ތަމްރީން ކުރިއަށް ދިޔަ ސެންޓަރަށް ވަޑައިގަންނަވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް