Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހުޅުދޫ ޓާފް ދަނޑުގެ މަސައްކަތް

ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ބިން އެއްވަރުކުރުމުގެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 2،499،258 ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2020 | ހޯމަ 09:13
އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 2،499،258 (ދެ މިލިޔަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ފަންސާސް އަށެއް) ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ.

ހޯމަ ދުވަހު އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވަށައިގެން ގާ ޖެހުމާއި، ފެން ދައުރުވާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތްތައް ވަރަށް އަވަސް މުސްތަގުބަލެއްގައި ނިންމާލެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ހުޅުދޫ ފުޓްބޯޅަ ދަނޑުގެ އިތުރުން ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އަލިފުށީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ކުރިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
26 މާރިޗު 2017

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

26 މާރިޗު 2017
ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު