Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓްރީތަކުގެ އިހުމާލު

ބައެއް މިނިސްޓްރީތަކުން ދޮގު މައުލޫމާތު ހާމަކޮށް، ރައްޔިތުންނަށް އޮޅުވާލި މައްސަލަ މަޖިލީހަށް

އެބޭފުޅުން މަގާމުން ދުރުކުރުމަށް ގޮވާލެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2020 | ހޯމަ 11:35
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބައެއް ވުޒާރާތައް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ރައްޔިތުންނަށް އެކަމުގެ މަޢުލޫމާތުތައް ހާމަ ކުރިއިރު އެ މިނިސްޓްރީތަކުން ދޮގު މަޢުލޫމާތުތަކެއް ހާމަކޮށް، ރައްޔިތުންނަށް އޮޅުވާލާފައިވާތީ އެ ވުޒާރާތަކުގެ އިހުމާލުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށައެޅުއްވި މި މައްސަލައިގައި ވާގޮތުން ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުން ކޮވިޑާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން ހަރަދު ކުރުމުގައި ދިވެހިރާއްޖޭގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ފާހަގަ ވެފައިވާކަމަށެވެ. އަދި މިކަންކަމާއި ގުޅޭގޮތުން މިނިސްޓްރީތަކުން ދޮގު މަޢުލޫމާތުތަކެއް ހާމަކޮށް، ރައްޔިތުންނަށް އޮޅުވާލާފައިވާތީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މިފަދަ ބޮޑެތި ކަންކަން ހިނގަމުން އަންނަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ ބޮޑެތި އިހްމާލުތަކެއް ވެސް އޮވެގެން ކަމަށެވެ.

Advertisement - newsAdvertisement

މި އޮޑިޓު ރިޕޯޓުތަކުން ޓުއަރިޒަމް މިނިސްޓްރީއާއި ހެލްތު މިިނިސްޓްރީގެ އިހުމާލުގެ މައްސަލަތައް ފެންމަތިވިއިރު މި މައްސަލަ އަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވަނީ އެ ވުޒާރާތަކާއި ހަވާލުވެގެން ތިއްބެވި ވަޒީރުންނާއި ބިޑު ކޮމެޓީގެ ޗެއަރޕަރސަން ނިޝާމާ މުހައްމަދަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅާ، މަގާމުން ވަކި ކުރުމަށް ގޮވާލައްވާފައެވެ. އަދި ތެދުވެރިކަމާއި އެކު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރަމުންގެންދާ މަސައްކަތް ހުރިހާ މެމްބަރުން ވެސް ފާހަގަކުރެއްވިއެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ.

އެގޮތުން ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހުރި ވައްކަމުގެ ވާހަކަ ވެސް ދައްކަވަމުން ގެންދަވަނީ އެކަންކަން ރަނގަޅު ކުުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ލިޔެކިޔުންތަކާއި އާއްމު ލިޔެކިޔުންތައް އޮޅުވާލާފައިވާކަން އޮޑިޓުން ހާމަވާާކަން ފާހަގަކުރައްވާ އީވާ ވަނީ މި މައްސަލަ ތަހުގީގުކޮށް، ޝަރީއަތް ނިމެންދެން އިހުމާލުވި ފަރާތްތައް މަގާމުން އެކަހެރި ކުރުމަށް ގޮވާލައްވާފައެވެ.

އީވާއަށް ފަހު ވާހަކަ ދެއްކެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މިއަދު ފެނިގެން މިދަނީ ރާއްޖޭގެ ޗެކް އެންޑް ބެލެންސް ނިޒާމު ވަރުގަދަ ވެގެންދާ މަންޒަރު ކަމަށެވެ. މީކާއިލް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކު ވެންޓިލޭޓަރަށް ލާންޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި އެ ވެންޓިލޭޓަރުތަކުން ވައްކަން ކުރަން އުޅުމަށްވުރެ ހުތުރު އަމަލެއް ނުވިސްނޭ ކަމަށެވެ. އަދި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް ދޮގު މައުލޫމާތު ދެއްވާ، މާލިއްޔަތުން ވައްކަން ކުރައްވާ، ރައްޔިތުންގެ އިތުބާރު ނަންގަވާފައިވާކަން ފާހަގަކުރައްވާ މީކާއިލް ވަނީ އެކަންކަން ކުށްވެރި ކުރައްވާފައެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީއެއް އޮތް ސަރުކާރެއްގައި ހިންގި ވައްކަމެއް އެ ޕާޓީއަށް ނިސްބަތް ވެވަޑައިގަންނަވާ މެމްބަރު، އީވާގެ އެދިލެއްވުމުގެ މަތިން ހެއްދެވި ކޮމްޕަލަޔަންސް ރިޕޯޓުން ހާމަވުމަކީ ފަޙުރުވެރިވާކަމެއް ކަމަށެވެ.

މި މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުންވެސް ގޮވާލައްވަފައިވަނީ މި ފަދަ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލުވި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވީހާ ވެސް އަވަހަކަށް މަގާމުން ދުރު ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު