Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސަރަހައްދުގެ ބޯހިޔާވަހިކަން

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން: ހަސަން ލަތީފްގެ 5 ސުވާލާއި އަސްލަމްގެ ޖަވާބު، މާދަމާގެ ޖަލްސާގައި!

16 އޯގަސްޓު 2020 | އާދީއްތަ 12:57

ހަސަން ލަތީފް ސުވާލު ހުށަހެޅުއްވީ، ލިޔުމުން ޖަވާބު ހޯއްދެވުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އޯގަސްޓު 2020 | އާދީއްތަ 12:57
ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް: މާލެ ސަރަހައްދުގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000އަށްވުރެ ގިނަ އާއިލާ ދިރިއުޅޭ

ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް: މާލެ ސަރަހައްދުގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000އަށްވުރެ ގިނަ އާއިލާ ދިރިއުޅޭ

މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން، 5 ސުވާލަކަށް ލިޔުމުން ޖަވާބު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވުމާއި ގުޅިގެން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ދެއްވާ ޖަވާބު އިއްވުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މިނިސްޓަރު އަސްލަމްއަށް ލިޔުމުން، މެމްބަރުން ހަސަން ލަތީފް މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފައިވާ 5 ސުވާލުގެ ޖަވާބު ލިޔުމުން ހޯއްދެވުމަށްޓަކައި، އެ 5 ސުވާލު މިނިސްޓަރ އަސްލަމް އަށް ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިދިއަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް، މިނިސްޓަރ އަސްލަމްގެ އަރިހުން ސާފުކުރެއްވުމަށް އައްސަވާ 5 ސުވާލު:

މާލެ ސަރަހައްދުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް މިހާތަނަށް ނުފަށައި އެބަހުރިތޯ އާއި އަދި އެފަދަ މަޝްރޫއުތަކެއް ހުރިނަމަ އެމަޝްރޫއުތައް ހިންގަން ފަށާނެ ތާރީހާއި ނިމޭނެ ތާރީހުގެ އަންދާޒާއެއް ދެއްވިދާނެތޯ އެވެ.

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ މަޝްރޫއުތަކެއް މިހާތަނަށް ނުފަށާހުރިނަމަ އެއީ ކޮން ސަރަހައްދުތަކެއްގައި ހިންގުމަށް ކަނޑައެޅިފައިހުރި މަޝްރޫއުތަކެއްތޯއާއި، އޭގެން ކޮންމެ މަޝްރޫއުއަކުން ކަނޑައެޅޭ ގޯތީގެ އަދަދާއި، ފްލެޓްގެ އަދަދާއި، ގޯއްޗާއި ފްލެޓްގެ ބޮޑުމިނާއި ސަރަހައްދުތައް އެނގޭނެ ގޮތަށް ވިދާޅުވެ ދެއްވިދާނެތޯ އެވެ.

މާލެ ސަރަހައްދުން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރިކޮށްދިނުމަށް ކަނޑައަޅާފައިވޭތޯއާއި، އެކަން ކަނޑައަޅާފައި ވާނަމަަ އެއީ ކިތައް ގޯތިކަން، ގޯތީގެ ބޮޑުމިނާއި، ސަރަހައްދުތައް ވަކިން އެނގޭނެ ގޮތަށް އަދޮ ކިތައް ފްލެޓްކަން، ފްލެޓްގެ ބޮޑުމިނާއި ކޮޓަރީގެ އަދަދާއި ސަރަހައްދުތައް ވަކިން އެނގޭނެ ގޮތަށް ވިދާޅުވެ ދެއްވިދާނެތޯ އެވެ.

ހިނގަމުންދާ އެއްވެސް މަޝްރޫއެއްގައި އަދި ނިމިފައިވާ އެއްވެސް މަޝްރޫއުއެއްގައި މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ބިން އަދި ފްލެޓް ހިމެނިފައިވޭތޯއާއި ހިމެނިފައިވާނަމަ، އެއީ ކިތައް ގޯތިކަން، ގޯތީގެ ބޮޑުމިނާއި ސަރަހައްދުތައް ވަކިން އެނގޭގޮތަށް އަދި ކިތައް ފްލެޓްކަން، އަދި ފްލެޓްގެ ބޮޑުމިނާއި ކޮޓަރީގެ އަދަދާއި ސަރަހައްދުތައް ވަކިން އެނގޭނެގޮތަށް ވިދާޅުވެ ދެއްވިދާނެތޯ އެވެ.

މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ މަޝްރޫއުތަކެއް ހުރިނަމަ، އެމަޝްރޫއުތަކުގެ ތެރެއިން ކޮންޓްރެކްޓް ކުރެވިފައިވާ މަޝްރޫއުތަކަކީ ކޮބައިތޯއާއި އެއީ އެކިއެކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް ކުރެވުނު، ކޮންޓްރެކްޓަރުން ވަކިވަކިން އެނގޭގޮތަށް އަދި އެމަޝްރޫއުތަކުގެ ތެރެއިން ކޮންޓްރެކްޓް ނުކުރެވިވާ، މަޝްރޫއުތަކެއް ހުރިހަމަ، ކޮންޓްރެކްޓް ވެވޭނެ ތާރީހުތަކުގެ އަންދާޒާއެެއް ވިދާޅުވެ ދެއްވިދާނެތޯ އެވެ.

ދިވެހިރާއްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ، މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވިވާ، ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވާ އެއްމައްސަލަ އެވެ.

ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު އަސްލަމް، މިދިއަ ޖުލައި މަހުގެ 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،013 އާއިލާއެއް ދިރިއުޅެމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ޓާގެޓަކީ، އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުން ކަމަށެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި، މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި އެގޮތުން 600 އަކަ ފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގެ ތެރޭގައި 21،013 އާއިލާއެއް އުޅެމުންދާ އަންނަ ކަމަށެވެ.

އަސްލަމް ވިދާޅުވެފައިވަނީ، 600 އަކަފޫޓަށްވުރެ، ކުޑަ ތަންކޮޅެއްގައި އާއިލާއެއް ދިރިއުޅޭނަމަ، އެއީ ދިރިއުޅެން ކަމުދާ ތަންކޮޅެއް ކަމަށް މި ސަރުކާރުން ނުދެކޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް