Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯގެ 2019 ވަނަ އަހަރީ ރިޕޯޓު

މިދިޔަ އަހަރަކީ ކުންފުނީގެ ތާރީހުގައި މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު: އެސްޓީއޯ

16 އޯގަސްޓު 2020 | އާދީއްތަ 10:31

ޓެކްސްއަށް ކެނޑުމަށްފަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2020 | އާދީއްތަ 10:31
އެސްޓީއޯގެ ހެޑް އޮފީސް، ލިބުނު ކުރިއެރުމާއެކު މުއައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށްފައިވޭ

އެސްޓީއޯގެ ހެޑް އޮފީސް، ލިބުނު ކުރިއެރުމާއެކު މުއައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށްފައިވޭ

2019 ވަނަ އަހަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތާރީޚުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން 2018 ވަނަ އަހަރާ އަޅާބަލާއިރު ޖުމްލަ ފައިދާ ވަނީ 13 އިންސައްތަ އިތުރުވެފައެވެ. އެސްޓީއޯގެ 2019 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މިއީ އެ ކުންފުނީގެ ތާރީޚުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު އެއް އަހަރެވެ. ޓެކްސް އަށް ކެނޑުމަށްފަހު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުވެފައިވާއިރު، އަހަރީ ރިޕޯޓުން ދައްކާ ގޮތުން 2019 ވަނަ އަހަރު އެސްޓީއޯ ގްރޫޕު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

2019 ވަނަ އަހަރު ނިމުނުއިރު އެސްޓީއޯ ގުރޫޕުގައި 9 ސަބްސިޑަރީ ކުންފުނި ހިމެނެއެވެ. މި ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ.

އެގޮތުން ތެޔޮ ވިއްކަގެން 6،458 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 77 މިލިއަން ރުފިޔާގެ އިތުރުުވުމެކެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ވިޔަފާރިން އެސްޓީއޯ 2019 ވަނަ އަހަރު 1،359 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2018 ވަނަ އަހަރު ލިބުނު އާމްދަނީ އަޅާ ބަލާއިރު، 4 އިންސައްތަ އިތުރު އަދަދެކެވެ.

2019 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީޚުގައި ވެސް މާލީގޮތުން އެންމެ ކާމިޔާބު އެއް އަހަރަށްވާތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ މުއައްޒަފުން ބުރަ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. އަދި ވިދާޅުވީ، މިއަހަރު ވެސް ކުންފުނި ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރުމުގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް މިހާރު ދެމުންދާ މުސާރަ މުރާޖާކޮށް، މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އަމްރު ވިދާޅުވީ މިފަދަ ކާމިޔާބީއެއް އެސްޓީއޯއަށް ލިބިގެން ދިޔައީ ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

މިކުރިއެރުމާއެކު 2019 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގައި، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓް 2020 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެ ކަމަށް އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2018

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ

19 ޖެނުއަރީ 2018
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަށް ވާސިލްވެއްޖެ
22 ޑިސެމްބަރު 2017

ގޫގްލްގެ މައި ކުންފުނީގެ ޗެއަރމަން އިސްތިއުފާ ދެއްވަނީ

22 ޑިސެމްބަރު 2017
ގޫގްލްގެ މައި ކުންފުނީގެ ޗެއަރމަން އިސްތިއުފާ ދެއްވަނީ
21 ނޮވެމްބަރު 2017

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ

21 ނޮވެމްބަރު 2017
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 8.9 އިންސައްތަ އިތުރުވެއްޖެ
14 އޮކްޓޯބަރު 2017

ސެމްސަންގ ކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

14 އޮކްޓޯބަރު 2017
ސެމްސަންގ ކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް