Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސެމްސަން

ސެމްސަންގ ކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ކްވޯން އިސްތިއުފާ ދެއްވިއިރު، މިދިޔަ ކުއާރޓަރގައި ސެމްސަންގވަނީ ވިޔަފާރި ރަނގަޅުކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 އޮކްޓޯބަރު 2017 | ހޮނިހިރު 01:51
އިސްތިއުފާދެއްވި ސެމްސަންގ އިލެކްޓްރޯނިކްސްގެ ސީއީއޯ

އިސްތިއުފާދެއްވި ސެމްސަންގ އިލެކްޓްރޯނިކްސްގެ ސީއީއޯ

މޮބައިލްފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ސެމްސަންގ އިލެކްޓްރޯނިކްސްގެ ސީއީއޯ ކްވޯން އޯހުޔޫން މަޤާމުން އިސްއިތުފާ ދެއްވައިފިއެވެ. ދެކުނު ކޮރެއާގެ ސެމްސަންގ ކުންފުނީގެ ސީއީއޯ އިސްތިއުފާ ދެއްވާފައި މިވަނީ އެކުންފުނީގެ މެނޭޖްމަންޓް ބޮޑެތި މައްސަލަތަކަކާއި ބަދަލުތަކެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައެވެ.

ކްވޯން ވިދާޅުވީ އޭނާ މަޤާމުން އިސްތިއުފާ ދެއްވުމާއިމެދު ވިސްނަވާތާ މިހާރު ދުވަސްކޮޅެއްވެފައިވާކަމަށާއި، މިއީ މަޤާމުން އިސްތިއުފާ ދެއްވަން ޖެހޭ ވަގުތުކަމަށެވެ. "ކުންފުންޏަށް އެތެރެއާއި ބޭރުން މީގެ ކުރިން ކުރިމަތިލާން ނުޖެހޭ ކަންތައްތަކާއި ކުރިމަތިވަމުންދާ މިދަނޑިވަޅަކީ އައު ޒުވާން މެނޭޖްމަންޓަކާއިއެކު ކުންފުނި ކުރިއަށްދާންވީ ވަގުތު. އައިޓީ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކަށް ކުންފުންޏަށް ކުރިމަތިލެވޭނީ އޭރުން"، އިސްތިއުފާ ދެއްވަމުން ކްވޯން ނެރުއްވި ބަޔާނުގައި ވެއެވެ.

އިސްތިއުފާ ދެއްވިނަމަވެސް ސެމްސަންގ އިލެކްޓްރޯނިކްސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އަންނަ އަހަރުގެ މާޗްމަހުގެ ނިޔަލަށް ކްވޯން ހުންނަވާނެއެވެ. ކްވޯންގެ ބަދަލުގައި އެމަޤާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ސެމްސަންގ ކުންފުނިން އަދި އިއުލާނެއް ނުކުރެއެވެ. އެކުންފުނީގައި ކްވޯންގެ އިތުރުންވެސް އިތުރު 2 ސީއީއޯއިން ތިބެއެވެ.

ކްވޯން އިސްތިއުފާ ދެއްވާފައިމިވަނީ މިއަހަރުގެ 3ވަނަ ކުއާރޓަރގައި ސެމްސަންގ ކުންފުންޏަށް ބޮޑު ފައިދާއެއް ވެފައިވާކަން އިއުލާންކުރާނެކަމަށް އެކުންފުނިން ބުނި ދުވަހުއެވެ. ސެމްސަންގ ކުންފުނީގެ ޗިޕް ޑިވިޝަންގެ ވިޔަފާރި ރަނގަޅުވެ، އަދި އަލަށް ބާޒާރަށް ނެރުނު ގެލެކްސީ ނޯޓް 8ގެ ވިޔަފާރި ރަނގަޅުވެ، މިދިޔަ ކުއާރޓަރގެ ފައިދާ 12.8 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭއިރު، މިއީ ލިބޭނެކަމަށް ލަފާކުރި ފައިދާއަށްވުރެވެސް ބޮޑު ފައިދާއެކެވެ.

ސެމްސަންގ ކުންފުންޏަށް ފައިދާވިނަމަވެސް، އެކުންފުނީގެ މެނޭޖްމަންޓަށްވަނީ ބޮޑެތި މައްސަލަތަކާއި ކުރިމަތިވެފައެވެ. އެގޮތުން މުޅި ސެމްސަންގ ގްރޫޕްގެ އެންމެ އިސް ވާރުތަވެރިޔާ ލީ ޖައިޔޮންގގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ، މިދިޔަ އޮގަސްޓް މަހު އޭނާވަނީ 5 އަހަރަށް ޖަލަށް ލާފައެވެ. ސެމްސަންގ ގްރޫޕަކީ 60 ވަރަކަށް ކުންފުނީގެ މައްޗަށް އެކުލެވޭ، ދެކުނު ކޮރެއާގެ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ސެމްސަންގ އިލެކްޓްރޯނިކްސްއަކީ ސެމްސަންގ ގްރޫޕްގެ އެންމެ ފައިދާވާ ކުންފުންޏެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އުރީދޫގެ ބޯޑު މެންބަރަކަށް ސްޓެލްކޯގެ ސީއީއޯ ޒުހޫރު

02 އޮކްޓޯބަރު 2017
އުރީދޫގެ ބޯޑު މެންބަރަކަށް ސްޓެލްކޯގެ ސީއީއޯ ޒުހޫރު
29 އޯގަސްޓު 2017

އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި

29 އޯގަސްޓު 2017
އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
24 ޖޫން 2017

އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ

24 ޖޫން 2017
އައިޕީއޯގެ ކާމިޔާބީން ދައްކައިދެނީ އުރީދޫ މޯލްޑިވްސްގެ ކުރިއެރުމާ މެދު އިންވެސްޓަރުންނަށް އިތުބާރު އޮތުން: ސީއީއޯ
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު