Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިއަދު 198 މީހަކު ބަލިން ރަނގަޅުވި

މިއަދު 198 މީހަކު ބަލިން ރަނގަޅުވެ 107 މީހަކު ޕޮޒިޓިވްވެއްޖެ

މިއަދު ޕޮޒިޓިވްވި ގިނަ މީހުންގެ ތެރޭގައި 73 ދިވެހިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޯގަސްޓު 2020 | ހޮނިހިރު 17:55
މާލޭގައި ރޭންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން މަގުމަތިން ދިޔަ މީހެއްގެ ސާމްޕަލް އާރުއާރުޓީން ނަގަނީ

މާލޭގައި ރޭންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން މަގުމަތިން ދިޔަ މީހެއްގެ ސާމްޕަލް އާރުއާރުޓީން ނަގަނީ

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮނިހިރު ދުވަހު 198 މީހަކު ބަލިން ރަނގަޅުވެ، 107 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހު 107 މީހަކު ޕޮޒިޓިވްވެފައިވާއިރު، ގިނައީ ދިވެހިން ކަމަށެވެ. އެގޮތުން 73 ދިވެހިން ހިމެނޭ އިރު، ބަންގުލަދޭޝްގެ 29 މީހަކާއި، އިންޑިއާގެ ތިން މީހެއްގެ އިތުރުން ލަންކާ އަދި ފިލިޕީންސްގެ އެކަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 5679ށް އަރާފައެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވި 107 މީހުންގެ ތެރެއިން 3 މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަނެއް 104 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. މިވަގުތު ފަރުވާ ދެމުން ދަނީ 2449 މީހަކަށެވެ. އަދި މީގެ ތެރެއިން 146 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޕޮޒިޓިވްވި ދިވެހިންގެ ޖުމްލަ އަދަދަކީ 3145އެވެ. ދެވަނަ އަށް އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ. އެގައުމަށް ނިސްބަތްވާ 1998 މީހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 368 މީހަކާއި، ލަންކާއަށް ނިސްބަތްވާ 60 މީހަކާއި، ނޭޕާލްގެ 59 މީހެއް ހިމެނެއެވެ. އަދި އެންމެ ފުރަތަމަ ރިސޯޓްތަކުން ޕޮޒިޓިވްވި އިޓަލީގެ 11 ފަތުރުވެރިއަކާއި، އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 38 މީހަކު ހިމެނެއެވެ.

އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ހެމެނެނީ އެމެރިކާ، އިންގްލެންޑް، ޖަރުމަން، ކެންޔާ، ސީޝެލްސް، ސައުތު އެފްރިކާ، ތައިލެންޑް، ތުރުކީ، ޔޫއޭއީ، މިއިން ކޮންމެ ގައުމަކުން 1 ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މިސްރުގެ 3 މީހަކާއި، އިންޑޮނޭޝިއާގެ 8 މީހަކާއި، ޕާކިސްތާނުގެ 3 މީހަކާއި، ފިލިޕީންސްގެ 7 މީހަކާއި ޔޫކޭގެ 3 މީހަކު ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލީގައި 21 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 16 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 4 މީހަކާއި ފިލިޕީންސްއަށް ނިސްބަތްވާ މީހަކު ރާއްޖޭގައި ވަނީ ނިޔާވެފައެވެ.

މިވަގުތު އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތަކަކީ ހއ. ފިއްލަދޫއާއި އިހަވަންދޫ އަދި ހދ. ނާވައިދޫއާއި ހދ. ކުރިނބީ، ބ. ކަމަދޫ އަދި ބ. ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ހިންނަވަރާއި ނައިފަރު އަދި ފ. ނިލަންދޫއެވެ. މީގެ އިތުރުން ފުވައްލުމައް ސިޓީ އަދި އައްޑު ސިޓީގެ ހިތަދޫއާއި ފޭދޫން ވެސް އެކްޓިވް ކެސްތައް ވަނީ ފެނިފައެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އަތޮޅުތަކުން 52 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު