Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19، ޓުއަރިޒަމް މިނިސްޓްރީގެ ހަރަދުތައް

ދެ އެއަރޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއް ކޮށްފައިވޭ: އޮޑިޓު ރިޕޯޓު

ކޮންސަލްޓަންސީ ފީގެ ގޮތުގައި 771,000 ރުފިޔާ ދައްކާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2020 | ހޮނިހިރު 14:17
އެއަރޕޯޓުގައި އަޅާފައިވާ ފިޔަވަޅުތައް އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ބައްލަވާލަނީ

އެއަރޕޯޓުގައި އަޅާފައިވާ ފިޔަވަޅުތައް އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ބައްލަވާލަނީ

ކޮވިޑް-19 އާއި ގުޅިގެން ދެ އެއަރޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއް ކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ބުނެފިއެވެ.

ކޮވިޑާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅިގެން އޮޑިޓަރ ޖެނަރަލްގެ އޮފީހުން ތައްޔާރުކުރި އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ތަރމަލް އިމޭޖިންގ ކެމެރާތައް ބެހެއްޓުމާ ގުޅޭ ގޮތުން މިނިސްޓްރީން ސޮއިކޮށްފައިވާ ލިއުމުގައި ވާގޮތުން، މި މަސައްކަތް ޙަވާލުކުރި އެސް.އެސް.އައި.ގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގެ ދެ އެއަރޕޯޓެއްގައި ރައްކާތެރި، ސަމަކާރަގޮތެއްގައި، ފަސިންޖަރުން ސްކްރީންކުރެވޭނެ ނިޒާމެއް ގާއިމުކުރުމާގުޅޭ ލަފާދިނުން ހިމެނެއެވެ. އެގޮތުން މިކަމަށް އެ ކުންފުނީގެ ދެ މީހަކު މިނިސްޓްރީގެ ޚަރަދުގައި ރާއްޖެ ގެނެސް، ކޮންސަލްޓަންސީ ފީގެ ގޮތުގައި 771,000 (ހަތް ސަތޭކަ ހަތްދިހަ އެއް ހާސް) ރުފިޔާ އެ ކުންފުންޏަށް ދައްކާފައިވާއިރު، މި ޚަރަދާގުޅޭ ވިތްހޯލްޑިންގ ޓެކުހަށް 85,666 (އަށްޑިހަ ފަސް ހާސް ހަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އޮޑިޓު ރިޕޯޓުގައި ބުނީ އެ ކުންފުނިން ހެދިކަމަށް ބުނާ އެސެސްމަންޓަށް މިވަރުގެ ބޮޑު ހޭދައެއް ކޮށްފައި ވީނަމަވެސް، މި މަސައްކަތުގެ ދަށުން ކުރެވުނު ކަންކަމުގެ ތަފްޞީލް އަދި މަސައްކަތުގެ ނަތީޖާއަކީ ކޮބައިކަން އެއްވެސް ލިޔެކިޔުމަކުން އެނގޭކަށް ނެތް ކަމަށެވެ. އެހެންކަމުން، އެ ކުންފުނިން ހަގީގަތުގައި ކުރީ ކޮން މަސައްކަތެއް ކަމެއް ކަށަވަރުކުރެވެން ނެތުމުން މި މަސައްކަތަކީ ކޮންމެހެން ކުރަންޖެހިގެން ކޮށްފައިވާ ކަމެއްކަން ކަށަވަރު ކުރެވެން ނެތްކަމަށެވެ.

އެސް.އެސް.އައި އަކީ މިކަމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ފަރާތް ކަމުގައިވާތީ، އެކުންފުންޏަށް ދައްކާފައިވާ ފައިސާއަކީ އޭޖެންސީ ކޮމިޝަންކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް، އެސް.އެސް.އައި މެދުވެރިނުކޮށް، ސީދާ މިނިސްޓްރީން މީގެ ކެމެރާއެއް ގަނެފައިވުމުން، މި މަސައްކަތް ކުރުމަށް އެސް.އެސް.އައި މެދުވެރިކުރަންޖެހުނު އެއްވެސް ސަބަބެއް އޮތްކަމަކަށް އޮޑިޓު އޮފީހަށް ގަބޫލުނުކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ބެލުމުގެދަށުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެމެރާތައް ބެހެއްޓުމުގެ ކަންކަމުގައި އެކުންފުންޏާ މަޝްވަރާކުރެވި އެ ކުންފުނީގެ ލަފައެއް ހޯދިކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށާއި މިފަދަ މަޝްރޫޢެއް ހިންގުމުގެ ތަޖުރިބާހުރި ދައުލަތުގެ އެހެން މުއައްސަސާއަކާވެސް މަޝްވަރާކުރިކަން އެނގެން ނެތްކަން އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު