Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލެކްސް އަހުމަދު ޓްވިޓަރ

"ކިތައް ފަހަރު ބުނެފިން މިއީ އަޅުގަނޑު ކެނެރީގޭ ނަޝީދުއޭ"

14 އޯގަސްޓު 2020 | ހުކުރު 18:11

"އެލެކްސް އަހުމަދު" ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެއީ ރައީސް ނަޝީދު ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޯގަސްޓު 2020 | ހުކުރު 18:11
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު- އެއީ އެއީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓްކަމަށް ބުނެފައިވޭ

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު- އެއީ އެއީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓްކަމަށް ބުނެފައިވޭ

"އެލެކްސް އަހުމަދު" ނަމަކަށް ކިޔާ ޓްވިޓަރ އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓް ކަމަށް ބުނެ އެ އެކައުންޓުން ޓްވީޓް ކޮށްފިއެވެ.

އެހެން ބުނެފައިވަނީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން އެ އެކައުންޓުން ކުރި ޓްވީޓަކަށް ދެއްވި ރައްދަކާ ގުޅިގެންނެވެ. އެގޮތުން ވެރިފައި ކޮށްފައިވާ އެކައުންޓަކުން ޓްވީޓުތައް ކުރެއްވުމަށް ބުނެ މީހަކު ވަނީ "އެލެކްސް އަހުމަދަށް" ރައްދު ދީފައެވެ.

Advertisement - newsAdvertisement

އެ ޓްވީޓަށް ރައްދުދީ "އެލެކްސް އަހުމަދު" ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެއީ ރައީސް ނަޝީދު ކަމަށާއި، އެއީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ޓްވިޓަރ އެކައުންޓުގެ އިތުރުން އެހެން ޓްވިޓަރ އެކައުންޓެއް ގެންގުޅުއްވަންތޯ ރާއްޖެޓީވީން މީގެ ކުރިން ސުވާލު ކޮށްލުމުން ރައީސް ނަޝީދު ވަނީ "ރައީސް ނަޝީދަކީ ރައީސް ނަޝީދު، އެލެކްސް އަކީ އެލެކްސް" ކަމަށް ވިދާޅުވެފައެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މީގެ ކުރިން ރައީސް ނަޝީދު ވަނީ "އެލެކްސް އަހުމަދު" ނަމަކަށް ކިޔާ ޓްވިޓަރ އެކައުންޓުގެ ބެހޭގޮތުންް ވާހަކަފުޅު ދައްކަވާފައެވެ.

21،000 މީހުންނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ އެކައުންޓަކީ ސީދާ އެމަނިކުފާނުގެ އެކައުންޓެއްތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައިނުވި ނަމަވެސް އެމަނިކުފާނު އެކަން ދޮގުކުރައްވާފައެއް ވެސް ނުވެއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެލެކްސް ފުރަތަމަ އާންމުންނަށް އެނގިގެން ދިޔައީ އެލެކްސްގެ މަންމަ އަކީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބުނި ހިސާބުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ސިޔާސީ މަސައްކަތާއި ލިޔުމުގެ މަސައްކަތް އެއީ ތަފާތު ކަމެއް ކަމަށެވެ. އެގޮތުން އެލެކްސް އަކީ އެމަނިކުފާނު ލިޔުއްވި ފޮތުގައި އުޅޭ "ހަސަން ކުރުސީގެ" ހަގު ކޮއްކޮ ކަމަށްވެސް ވެދާނެ ކަމަށް ސަމާސާ ރާގެއްގައި އެމަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް