Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރަނީގެ މައްސަލަ

ދަރަނި ނެގުމަކީ މައްސަލައެއް ނޫން، ބޭނުން ކުރަނީ ރަނގަޅަށްތޯ ބަލަންޖެހޭ: މިނިސްޓަރު ފައްޔާޒު

13 އޯގަސްޓު 2020 | ބުރާސްފަތި 18:23

ދަރަނި ދެއްކޭނެ ގޮތް ބަލަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2020 | ބުރާސްފަތި 18:23
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ

ދަރަނި ނެގުމަކީ މައްސަލައެއް ނޫން ކަމާއި، ނަމަވެސް އެ ދަރަނި ބޭނުން ކުރަނީ ރަނގަޅަށްތޯ ބަލަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަރަނި ނަގާނީ ދަރަނި އަނބުރާ ދެއްކޭނެ ގޮތަކަށްތޯ ބަލަން ޖެހޭ ކަމަށާއި، އެ ދަރަނި ނަގާގެން ބޭނުން ކުރަނީ އެންމެ ރަނގަޅަށްތޯ ބަލަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ސިނަމާލެ ބްރިޖް އެޅުމަށްޓަކައި ނަގާފައިވާ ދަރަންޏަަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ މަސައްކަތަށް ބޮޑު ފާޑު ކިޔުންތަކެއް އަމާޒުވީ ބްރިޖަށްވުރެ މާ މުހިންމު މަޝްރޫއުތައް ކުރިއަށް ނުގެންގޮސް އެ މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ ކޮރަޕްޝަންތައް ހިންގުމަށް މަގުފަހިވާ ގޮތަށް ކަމަށާއި، މިއަދު އެކަންކަން ހާމަވަމުންދާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ހައުސިން ޕްރޮޖެކްޓަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފްލެޓްތައް އަޅާފައި ހުރީ މާބޮޑެތި އަގުތަކެއްގައި ކަމަށާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ކުޑަ ކުންފުންޏަކުން ހެދި ނަމަވެސް އެ އަގަށްވުރެ ކުޑަ އަގެއްގައި އެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަރަނި ބޭނުން ކުރަނީ ދަރަނިން އިސްރާފު ނުކޮށް، އެ ފައިސާ އިން ކުރަނީ އެންމެ އެކަށީގެންވާ މަސައްކަތް ކަމަށްވާނަމަ އޭގައި މައްސަލައެއް ނެތް ކަމަށެވެ. މި ސަރުކާރުން ދަރަނި މިހާތަނަށް ނަގާފައިވާނީ ހުރިހާ ހިސާބުތަކެއް ބަލައި، ހަދަންޖެހޭ ހުރިހާ ދިރާސާތަކާއެކު ދަރަނި ދެއްކޭނެ އިންތިޒާމުތަކާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަމަށް ބަރޯސާވުން ބަދަލުކުރަން ޖެހޭ ކަމަށާއި، އެހެން ދާއިރާތައް ތައްރަގީ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި މަސައްކަތް ކުރާކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތް ކޮށްފިކަމުގައިވާނަމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތަރުކާރީ މޭވާގެ 50 އިންސައްތަ ރާއްޖޭގައި ހެއްދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް