Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިއްޖެ

މައިގަނޑު 4 ކަމެއްގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވަނީ އެދިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 އޯގަސްޓު 2020 | ބުރާސްފަތި 13:15
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހޯމް މިނިސްޓަރާއި ބައްދަލުކުރެއްވުން

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހޯމް މިނިސްޓަރާއި ބައްދަލުކުރެއްވުން

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ, ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރު ކުރުމާއި ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާ ބައްދަލު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މައިގަނޑު ހަތަރު ކަމެއްގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.

އެއީ ރައީސް ޔާމީންގެ ބަލި ހާލަތުހުރިގޮތުން ޚާއްސަ އެހީއެއްގެ ދަށުން ގެއަށް ބަދަލުކޮށްދެވުމަށެވެ. މިކަމާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ރައީސް ޔާމީން ގެއަށް ބަދަލުކުރެވިދާނެ ކަމަށެވެ. އެގޮތުން ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ގެއަށް ބަދަލު ކުރުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި ނަމަވެސް ޓެސްޓްތައް ހެއްދެވުމަށް ރައީސް ޔާމީން އިންކާރު ކުރައްވާކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޕީޕީއެމް-ޕީޢެންސީން ވަނީ ރައީސް ޔާމީނަށް ޖަލުގައި ހުންނަވާއިރު ފެތޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްވެސް އެދިފައެވެ.

މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓަރ ވިދާޅުވެފަިއވަނީ މިދުވަސްވަރު މޫދުގައި ފެތޭނެ އިންތިޒާމް ހަަމަޖެހިފައިވީނަމަވެސް އޮއޮވަރު ހުރި ގޮތުން މޫދުގައި ފެތުން މިދުވަސްވަރު ރައްކައުތެރި ނޫން ކަމަށެވެ. ފަތާ ޓްރެކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފެތޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނަށް ޖަލުގައި ޓީވީ ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ އެދިފައެވެ. މިކަމާއި ގުޅޭގޮތުން ވިދާޅުވެފަިއވަނީ މިވަގުުތުވެސް ޕަބްލިކް ސާރވިސް މީޑިއާ ބެލޭނެ ކަމަށާއި ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އިތުރު ޗެނަލްތައް މިވަގުތު ނުލިބު ނަމަވެސް ވަރަށް އަވަހަށް އެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް ބައްދަލުމުގެ ބައިވެރިންނަށް ވަނީ މައލޫމާތު ދީފައެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް ވަނީ އެދިފައެވެ. ލޯޔަރުންނާއި ބައްދަލުކުުރުމަށް އޮންލައިންކޮށް ރިކުއެސްޓް ލިބިފައިވާކަމަށާއި ކަނޑައެޅިފައިވާ ތާރީހުގައި ބައްދަލުވުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ބައްދަލުވުމުގެ ބައިވެރިންނަށް މުއައްސަސާތަކުން ވަނީ މައުލޫމާތު ދީފައެވެ.

މި ބައްދަލުވުމުގެ ބައިވެރިންނާއި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ ވަނީ އެންމެ އެދެވޭގޮތަށް އޮންނަ އުސޫލުގެ ދަށުން ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު