Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން 25 މެމްބަރުންގެ ސޮއި ހޯދައިފި

ބައެއް މެމްބަރުން ވިދާޅުވަނީ ފައްޔާޒް އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް

އަލީ ސަމާޚް
އަލީ ސަމާޚް | 13 އޯގަސްޓު 2020 | ބުރާސްފަތި 08:11
އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް

އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން 25 މެމްބަރުންގެ ސޮއި ހޯދައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި މަޖިލީސް މެމްބަރަކު ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް 25 މެމްބަރަކު ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުން ކަމެއް ވިދާޅެއް ނުވެއެވެ. ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ހޯދަން އުޅޭ ވާހަކަތައް މީޑިއާގައި ތިލަވުމާ އެކު، އޭނާގެ ދިފާއުގައި މަޖިލިސް މެމްބަރުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ޝުއޫރުފާޅުކޮށްފައެވެ.

Advertisement - newsAdvertisement

އެކަމަކު މި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް ގައި އަދި މިހާތަނަށް ރަސްމީ ސިފައެއްގައި މަޝްވަރާ ކުރެވިފައެއް ނުވާކަން ވަނީ އެނގިފައެވެ. އަދި އެފަދަ ނިންމުމެއް ނިންމާނެ ތާރީހެއް ވެސް އަދި ނޭނގެއެވެ. މައުލޫމާތު ދިން މެމްބަރު ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅު ވަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ މަޖިލީހަށް ވެއްދުމަށެވެ.

ބައެއް މީޑިއާތަކުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވެފައިވަނީ، އިތުބާރު ގެއްލޭ ފަދަ ކަމެއް މިހާތަނަށް ކުރައްވާފައިވާ ނުވާ ކަމަށެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އެމްޑީޕީން ނިންމައިފިނަމަ މި ވެގެންދަނީ މި ސަރުކާރުގައި ހިމެނޭ އެމްޑީޕީ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނަގާ ފުރަތަމަ ފަހަރަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓެވެ. އެހެންކަމުން މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ފާސްކުރެވޭނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓާ އެކުއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު