Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަލިން ފަސޭހަވުން

ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީއަކުން މީހަކު ބަލިން ފަސޭހަވެ ދޫކޮށްލައިފި

13 އޯގަސްޓު 2020 | ބުރާސްފަތި 03:17

ބަލިން ފަސޭހަވީ ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދިން އުމުރުން ދުވަސްވީ މީހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2020 | ބުރާސްފަތި 03:17
އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ކޮވިޑް ފެސިލިޓީތައް ވަނީ ގާއިމްކޮށްފައި

އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ކޮވިޑް ފެސިލިޓީތައް ވަނީ ގާއިމްކޮށްފައި

ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދިން އުމުރުން ދުވަސްވީ މީހަކު ބަލިން ފަސޭހަވެ ދޫކޮށްލައިފިއެވެ.

މިއީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ކޮވިޑްގެ ފެސިލިޓީއަކުން ޕޭޝަންޓަކު ފަރުވާ ހޯދާ ރަނގަޅުވި ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ބުދަ ދުވަހުގެ ރޭ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބަލިން ރަނގަޅުވި މީހުންނަށް ބަލާއިރު، ބުދަ ދުވަހު ށ. ކޮވިޑް ފެސިލީޓީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވި މީހާ ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށެވެ.

މި ކޭސްއާ ގުޅިގެން ޑރ.ނަޒްލާ ވިދާޅުވީ މިކަމުން ވެސް އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ފެސިލިޓީތަކަކީ ބަލި މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދެވޭ ފެންވަރުގެ ކެޕޭސިޓީ ހުރިތަންތަންކަން ސާބިތުވާ ކަމަށެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ވެސް އެޑްމިޓްކޮށްގެން މީހަކަށް ފަރުވާދެމުން އަންނަކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ގާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން، ލ. ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ، ފ ،ދ، ތ، ލ އަތޮޅުގެ ރަށްތަކަށެވެ. ގއ. އަދި ގދ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ނ، ރ، ބ. އަދި ޅ. ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ބ. އޭދަފުށީގައެވެ. ހއ، ހދ. އަދި ށ. ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ ށ. ފުނަދޫގައެވެ. އަދި ޏ، ސ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މި ފެސިލިޓީތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އާއި 30 އައިސޮލޭޝަން އެނދު ހުންނާނެއެވެ. އަދި މިތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި ބަލީގައި ހާލު ބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް