Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންއައިސީ

އެންއައިސީއަށް ކުރިމަތިލި 17 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް

ނަންތައް އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޯގަސްޓު 2020 | ބުދަ 12:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތިން މެމްބަރުން އިސްތިއުފާދެއްވާފައިވާތީ އެމަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު 17 ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު ވަނީ އަމީން އާންމު ފާތުމަތު ނިއުޝާ މަޖިލީހުގެ ތަޅުމަށް އިއްވަވާފައެވެ. އެސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ އެންއައިސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކާމެދު މަޖިލީހުން ގޮތެއް ނިންމަވާދެއްވުމަށެވެ.

އެންއައިސީގެ 3 މެމްބަރުން އިސްތިއުފާދެއްވާފައިވަނީ އެ ތިން މެމްބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައިސް އަހްމަދު ސުލައިމާނު ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. މި ހަތަރު މެންބަރުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެމްބަރުންނެވެ.

އެންއައިސީން 3 މެމްބަރުން އިސްތިއުފާ ދެއްވިނަމަވެސް ކޮމިޝަންގެ ރައީސް ސުލައިމާން ވަކިކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުން ސުލައިމާން ވަކިކުރައްވާފައެވެ.

އެންއައިސީ އަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު ކޮމިޝަންގައި މިހާރު ހުންނަވަނީ ދާދި ފަހުން މެމްބަރަކަށް އައްޔަން ކުރެއްވި ކާނަލް (ރޓޑ) އަހްމަދުޖިހާދު އެކަންޏެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ކްރިމިނަލްކޯޓާއި ސިވިލް ކޯޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންޓަވިއު ބުދަ ދުވަހު

25 ސެޕްޓެމްބަރު 2017
ކްރިމިނަލްކޯޓާއި ސިވިލް ކޯޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންޓަވިއު ބުދަ ދުވަހު
12 ސެޕްޓެމްބަރު 2017

ފްލެޓް ލިބުނު މީހުންގެ ނަންތައް ހަމާ ނުކުރީ މަކަރާ އޮޅުވާލުންތައް ހުރީމަ: އިދިކޮޅު އިއްތިހާދު

12 ސެޕްޓެމްބަރު 2017
 ފްލެޓް ލިބުނު މީހުންގެ ނަންތައް ހަމާ ނުކުރީ މަކަރާ އޮޅުވާލުންތައް ހުރީމަ: އިދިކޮޅު އިއްތިހާދު
11 ސެޕްޓެމްބަރު 2017

ފްލެޓް ލިބުނު މީހުންގެ ނަންތައް ސިއްރުކޮށް، ފޯމް ނަމްބަރު ހިމެނުމަށްފަހު ލިސްޓް އާއްމު ކޮށްފި

11 ސެޕްޓެމްބަރު 2017
ފްލެޓް ލިބުނު މީހުންގެ ނަންތައް ސިއްރުކޮށް، ފޯމް ނަމްބަރު ހިމެނުމަށްފަހު ލިސްޓް އާއްމު ކޮށްފި
08 އޯގަސްޓު 2017

ރޮޒައިނާގެ ސުވާލު: ރިލްވާން މަންމައާ ކުރިމަތިލި ފުލުހުންގެ ހިތެއްވެސް ނެތީތަ؟

08 އޯގަސްޓު 2017
ރޮޒައިނާގެ ސުވާލު: ރިލްވާން މަންމައާ ކުރިމަތިލި ފުލުހުންގެ ހިތެއްވެސް ނެތީތަ؟
03 އޯގަސްޓު 2017

ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް

03 އޯގަސްޓު 2017
ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް
27 ޖުލައި 2017

ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ ފުލުހުން ތަހުގީގް ކުރުމުން ސުވާލު އުފެދޭ: އިބޫ

27 ޖުލައި 2017
ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ ފުލުހުން ތަހުގީގް ކުރުމުން ސުވާލު އުފެދޭ: އިބޫ
17 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކަށް އަހަރެއް، އަދިވެސް ނުނިމޭ!

17 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކަށް އަހަރެއް، އަދިވެސް ނުނިމޭ!
04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް